މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރާނަން: ޑރ. މުޢިއްޒު
މާލޭގެ މަގުތަކަކީ އަމާން މަގުތަކަށް ހެދުމަށް، ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަކީ ސިޓީ ކައުންސިލުން އިސްކަންދޭ ކަމަކަށް ހައްދަވާނެ ކަމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވެފައި މިވަނީ، މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކު ކިޑްނެޕްކޮށް، ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެފައިވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ. ޑރ. މުޢިއްޒު ވިދާޅުވީ، މާލޭގެ މަގުމައްޗަކީ އަމާން މަގުތަކަކަށް ހެދުމަށް ވަރަށް އިސްކަންދެއް...