މައްޗަންގޯޅި ސަހަރާ ކައިރީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ މައްޗަންގޯޅި މޯނިންވިއުގެ 3 ވަނަ ފަންގިފިލާގައިކަމަށެވެ.

Ad
rt

މި ހާދިސާ ހިނގިކަން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:00 ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ފަޔާ ޓީމުން މިހާރު އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާރު އެ ސަރަހައްދުގައި ހުރި އެހެން އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތްވެސް ފުލުހުންނާއި އާންމުން ގުޅިގެން ދަނީ ކުރަމުންނެވެ.

6:04 ގައި އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާން ފެތުރުން ކޮންޓޮރޯލް ކުރެވިފައިވާކަމަށެވެ.

އަލިފާން ރޯވި ފްލޯގައި 3 މީހުން ތިބިކަމަށާއި އަލިފާން ރޯވެގެން އެމީހުން ބޭރަށް ނިކުންނަން އުޅުމުގެ ތެރޭގައި ބައެއް މީހުނަށް ކުދި ކުދި އަނިޔާ ވެފައި ވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވަ އެވެ.