އެމީހެއް ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ފިކުރަކީ ހަމައެކަނި ހައްގު ކަމަށް ދެކިއްޖެނަމަ އެމީހަކު ވަނީ ހައްގުމަގުން އެއްކިބާވެފައިކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ ތިމާ ޤަބޫލުކުރާ ސިޔާސީ ޕާޓީގެ ފިކުރަކީ އެއީ ހަމައެކަނި ހައްޤުކަމުގައި ޤަބޫލުކޮށްފިނަމަ އެމީހަކު ވަނީ ޙައްޤުގެ މަގުން އެއްކިބާ ވެފައި ކަމަށެވެ.
ސިޔާސީ ފިކުރު އިސްކޮށް، ޙައްޤު މަގުން އެއްކިބާވެ ތިބެ އެމީހަކު ނިސްބަތްވާ ޕާޓީގެ މޮޅުވާހަކަ ދެއްކުމަށް މީހާގެ ދުލުން ބޭރުކުރާ ކޮންމެ ބަހަކާއި ބެހޭގޮތުން ޖަވާބު ދާރީވާންޖެހޭނެ ކަމަށް ސެއިޚް ވިދާޅުވިއެވެ. އަދި އެ ގޮތަށް ދުލުން ބޭރުކުރާ ކޮންމެ ބަހަކާއި ބެހޭގޮތުން ޖަވާބު ދާރީވާންޖެހޭ މަޙްޝަރު ދުވަހަށް ބިރުވެތިވުމަށް ސެއިޚް ވަނީ އިލްތިމާސް ކުރަށްވާފައެވެ.
"ތިމާ ޤަބޫލުކުރާ ސިޔާސީ ޕާޓީގެ ފިކުރަކީ އެއީ ހަމައެކަނި ހައްޤުކަމުގައި ޤަބޫލުކޮށްފިނަމަ އެމީހަކު ޙައްޤު މަގުން އެއްކިބާ ވެއްޖެއެވެ. ޙައްޤު މަގުން އެއްކިބާވެ، ޕާޓީގެ މޮޅުވާހަކަ ދެއްކުމަށް މީހާގެ ދުލުން ބޭރުކުރާ ކޮންމެ ބަހަކާއި ބެހޭގޮތުން ޖަވާބު ދާރީވާންޖެހޭ މަޙްޝަރު ދުވަހަށް ބިރުވެތިވާށެވެ." -އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން-
ދިވެހި ރާއްޖޭގައި ސިޔާސީ އޮއިވަރު ދެމިގަތްފަހުން އެ ފިކުރުގެ ތެރެއަށް ގިނަ ބަޔަކު ވަނީ ޣަރަގުވެފައެވެ. އަދި އެފަދަ މީހުން ތިބެނީ އެމީހެއްގެ ސިޔާސީ ފިކުރަށް ނިސްބަތްވާ ވެރިން ދައްކާ ކޮންމެ ވާހަކައެއް އެއީ ތެދެއްކަމަށްދެކި ޤަބޫލުކޮށްގެންނެވެ. އެއީ ކިތަންމެ ބޮޑު ދޮގެއް ކަމަށް ވިޔަސް އެއީ ތެދުކަން ދައްކައި، އެ މީހުންގެ ސިޔާސީ ފިކުރާ އެއްގޮތަށް ވަކާލާތު ކުރެއެވެ.
ސިޔާސީކަންކަމުގައި ދޮގާއި، މަކަރާއި އޮޅުވާލުން އިންތިހާއަށް އޮންނަކަން އެނގިތިބެ ވެސް ބައެއް މީހުން އެބައެއްގެ ސިޔާސީ ޕާޓީ މޮޅުކޮށް، ސަޕޯޓް އިތުރުކުރަން ވަކާލާތު ކުރުމުގައި ދެމިތިބެއެވެ.
ދޮގު ހެދުމާއި، ފިތުނަ އުއްދުމާއި، ދެބައޮޑުވުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ނަހީކުރަށްވާފައިވާ ކަންކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!