މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,864 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 833 ވަނަ ޞަފްޙާ

އިދިކޮޅުގެ "އައްޑަނަ" ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ

އިދިކޮޅުގެ "އައްޑަނަ" ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ ހުކުރު ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ އެ ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޝުޖާޢު ވިދާޅުވީ، ‏ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ބާއްވާ “އައްޑަނަ” ޖަލްސާ 03 ސެޕްޓެމްބަރ 2021 ވާ ހުކުރު ދުވަހުގެރޭ 08:15 ގައި މާލެ ސިޓީގެ އަލިމަސްކާނިވަލުގައި އޮންނާނެ ކަމަށެވެ. އިދިކޮޅުން ބޮޑު ޖަލްސާއެއް […]

އަލީ އާދިލް
ތުހުމަތުތަކުގައި އަސްލެއްނެތް، ބަހެއް ނުބުނީ އެހެންވެ: އަލީ ޒާހިރު

ތުހުމަތުތަކުގައި އަސްލެއްނެތް، ބަހެއް ނުބުނީ އެހެންވެ: އަލީ ޒާހިރު

ދައުރުވާ އޯޑިޔޯތަކާ އަދި އިދިކޮޅުން ކުރާ ތުހުމަތުތަކަށް ސަރުކާރުން ރައްދުދީ، ބަހެެއް ނުބުނީ އެއީ އެއްވެސް އަޞްލެއްނެތް ވާހަކަތަކަކަށް ވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު  ވިދާޅުވެއްޖެއެވެ. އަލީ ޒާހިރު މިހެން ވިދާޅުވީ، ކުރީގެ ރައީސް، އަބުދު ﷲ ޔާމީނު ޢަބުދުލްޤައްޔޫމުގެ ޝަރީޢަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްޞާކުރެއްވުމަށް ޕީޕީއެމްއާ ޕީއެންސީއަށް ނިންބަތްވާ ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމާއި މިއަދު ބައްދަލު ކުރައ...

އަލީ އާދިލް
ފަނޑިޔާރުންނަށް ނުފޫޒުފޯރުވި މައްސަލަ ޖޭއެސްސީން ބަލަނީ

ފަނޑިޔާރުންނަށް ނުފޫޒުފޯރުވި މައްސަލަ ޖޭއެސްސީން ބަލަނީ

ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ބަލާނެއް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިއްވެވި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ގާޒީއެއްގެ އޯޑިއޯއެއް ލީކުވެފައިވާތީ އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ އެ ބޭފުޅުންގެ މަސައްކަތާ ބެހޭ މައްސަލަތައް ވަރަށް ހާއްސަ ސަމާލުކަމެއް ދީގ...

ޝިއުނާ އާދަމް
ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީ ވަފުދެއް ރާއްޖެއަށް

ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީ ވަފުދެއް ރާއްޖެއަށް

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާއަށް ސައުދީގެ ވަފްދެއް ރާއްޖެ ވަޑައިގެންފިއެވެ. ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަޝްވަރާތަކަށް ރާއްޖެ ވަޑައިގެންފައި ވަނީ ރާއްޖެ ވަޑައިގެންފައިވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އައްވާދު ސަބްތީ އަލެނެޒީ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ޕްލޭނިންގ މިނިސްޓްރީގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހާއި އެކު މާދަމާ މ...

ޝިއުނާ އާދަމް
ރަސްފަރި ފަރަށް އާގު ބޯޓު އުރުނު މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް

ރަސްފަރި ފަރަށް އާގު ބޯޓު އުރުނު މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް

ކ. ރަސްފަރި ފަރަށް މުދާ އުފުލާ ކާގޯ ބޯޓެއް އުރުނު މައްސަލަ ފުރިހަމައަށް ތަޙްޤީޤުކޮށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ހުށަހަޅުއްވާފައިވާ މި މައްސަލާގައި ވިދާޅުވެފައި ވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރަމުންދިޔަ، ޕެނަމާ ބޯޓެއްކަމުގައިވާ “ނެވިއޯ އަމަރީލިސް” ނަމަކަށް ކިޔާ ބިޔަ އާގުބޯޓު، 17 އޮގަސްޓު 2021 ގައި ދިވެހިރާއްޖޭގެ...

އަލީ އާދިލް
އިސްލާމް ކިޔަވައިދޭން ބޭރު ޓީޗަރުން ގެންނާކަށް ނޫޅެން: އެޑިއުކޭޝަން

އިސްލާމް ކިޔަވައިދޭން ބޭރު ޓީޗަރުން ގެންނާކަށް ނޫޅެން: އެޑިއުކޭޝަން

ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެންނަން ނުވިސްނާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ރާއްޖޭގައި އިސްލާމް ކިޔަވާދޭ ކަރިކިއުލަމް ރިވިއުކޮށް އިސްލާމް ފޮތްތަކުގައި ނަފްރަތަށް މަގުފަހިވާ ގޮތަށް ހުރި ލިޔުންތައް ދެނެގަތުމުގެ މަސައްކަތްކުރާނެ ކަމަށާއި، ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި އިސްލާމް ކިޔަވާ ދިނުމަށް ރާއްޖެއިން ބޭރުން މުދައްރިސުން ގެންނަން މަޝްވަރާކުރަމުން އަންނަ ކަމ...

ޝިއުނާ އާދަމް
އުރުނު ޕެނަމާ ބޯޓު ފުންކޮށްފި

އުރުނު ޕެނަމާ ބޯޓު ފުންކޮށްފި

ކ. ރަސްފަރި ފަރަށް އުރުނު ޕެނަމާގެ މުދާ އުފުލާ ކާގޯ ބޯޓު ފުންކުރެވިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް އޮތޯރިޓީއިން ވިދާޅުވީ، ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ މި ކާގޯ އުފުލާ ބޯޓު މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފަތިހު 3:00 ހާއިރު މާލެއަތޮޅު ރަސްފަރީ ފަރަށް އަރާފައިވާ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީއާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި އަދި އުޅަނދުގެ ވެރިފަރާތާއި ގުޅިގެން ހުއްޓުމެއް ނެތި ކުރި މަސައްކަތުން މިއަދު މެނދުރު […]

ޙުސައިން ޝަހުދީ
ފެނުނު ގޮތް ނޭނގޭ އެއްޗަކީ ނުރައްކާތެރި އެއްޗެއް ނޫން: އެމްއެންޑީއެފް

ފެނުނު ގޮތް ނޭނގޭ އެއްޗަކީ ނުރައްކާތެރި އެއްޗެއް ނޫން: އެމްއެންޑީއެފް

ވެލާނާގޭ އިމާރާތުގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ތެރެއިން މިއަދު ފެނުނު ގޮތް ނޭނގޭ އެއްޗަކީ ގެއްލުމެއްވާޒާތު ނުރައްކާތެރި އެއްޗެއް ނޫންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފެނުނު ގޮތް ނޭނގޭ އެއްޗަކީ އެއްވެސް ގެއްލުމެއް ލިބޭޒާތު އެއްޗެއް ނޫންކަން ސިފައިން މިހާރު ޔަގީންކޮށްފައިވާ ކަމަށެވެ. އަދި އޭތި ވަނީ ފުލުހުންގެ ޚިދުމަތާއި ހަވާލު ކުރެވިފައި ކަމަށް ވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. ގޮތް ނޭނގޭ އެއްޗެއްސާ އޮފީސްތަކުން ހަވާލު ނުވުމ...

އަލީ އާދިލް
އެއްވެސް ކުއްޖަކު ބާކީ ނުކުރާނެކަމުގެ ޔަޤީންކަން ދެއްވައިފި

އެއްވެސް ކުއްޖަކު ބާކީ ނުކުރާނެކަމުގެ ޔަޤީންކަން ދެއްވައިފި

އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ދެއްވައިފިއެވެ. ނައިބު ރައީސް ފައިޞަލް މިމޭރުމުން ވާހަކަފުޅު ދެއްކެވީ “އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން” އަތްމަތީ ފޮތް އިފްތިތާޙު ކުރުމަށް ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕަރޕަސް ހޯލުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސް...

ޔުމްނާ ޢަލީ
ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިން ހަރަކާތްތެރި ވާންފަށައިފި

ގޮތް ނޭނގޭ އެއްޗެއް ފެނިގެން ސިފައިން ހަރަކާތްތެރި ވާންފަށައިފި

ވެލާނާގޭ އިމާރާތުގައި ހުންނަ ޓޫރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެމްއެންޑީއެފްގެ ބޮމް ސްކޮޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގޮތް ނޭނގޭ އެއްޗެއް ފެނިގެން ޓޫރިޒަމް މިނިސްޓްރީން ރިޕޯޓްކުރުމާއެކު އެއީ ކޯއްޗެއްކަން ދެނެގަންނަން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ގޮތް ނޭނގޭ އެއްޗެއްސާ އޮފީސްތަކުން ހަވާލު ނުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ބައެއް މަސްދަރުތަކުން ބުނާގޮތުން އެއީ ކޯއްޗެއް...

ޔުމްނާ ޢަލީ
ޕާޓީ ބަދަލު ކުރުމުގެ ވިސްނުމެއް ނުގެންގުޅެން: އަލީ

ޕާޓީ ބަދަލު ކުރުމުގެ ވިސްނުމެއް ނުގެންގުޅެން: އަލީ

ޕާޓީ ބަދަލު ކުރުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށް ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މެންބަރު ޢަލީ މިހެން ވިދާޅުވީ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި، ބައެއް މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކުރައްވަމުން ގެންދަވާ ކަމަށާއި، ޢަލީ ޙުސައިން އެ ވިސްނުން ގެންގުޅުއްވާތޯ ކުރި ސުވާލެއްގެ ޖަވާބުގައެވެ. އޭނާ ވިދާޅުވީ ޕާޓީ ބަދަލު ކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވާ ކަމަށާއި، އަދި ޕާޓީ ބަދަލު ނުކުރަން ވިސްނާ ސަބަބުތަކެއް […]

އަލީ އާދިލް
ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށާއި ބިން ދެވޭނެ އުސޫލެއް ގާއިމްކޮށްފި

ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށާއި ބިން ދެވޭނެ އުސޫލެއް ގާއިމްކޮށްފި

ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭ ގޮތަށްގަވާއިދެއް އެކުލަވާލައިފިއެވެ. މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދ...

ޝިއުނާ އާދަމް
އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނިޓަރިން އަށް ލައިފި

އައްޑޫގެ ގުޅިފައިވާ ރަށްތައް މޮނިޓަރިން އަށް ލައިފި

އައްޑޫ އަތޮޅުގެ ގުޅިފައިވާ ރަށްތައް މޮނިޓަރިން އަށް ލައިފިއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާގޮތުގައި މޮނިޓަރިން އަށް ލާފައިވާ 25 ރަށުގެ ތެރޭގައި ސ. ހިތަދޫ، މަރަދޫ، ފޭދޫ، އަދި މަރަދޫ ފޭދޫ ވެސް ވަނީ ހިމަނާފައެވެ. މިއާއެކު މި ހަތަރު އަވަށް ތެރޭގައި ވެސް އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިން އަށް ލާފައިމިވަނީ އެ ރަށްތަކުގައި ކޮވިޑް-19 ފެތުރެމުންގޮސް ކޭސްތައް އިތުރުވާން ފެށުމުންނެވެ. އެގޮތުން އެއްޑޫ އިކުއިޓޯރިއަލް […]

ޝިއުނާ އާދަމް
ކޯވިޑް ޖެހިގެން ގދ. ކޮވިޑް ފެސިލިޓީން މީހަކު ނިޔާވެއްޖެ

ކޯވިޑް ޖެހިގެން ގދ. ކޮވިޑް ފެސިލިޓީން މީހަކު ނިޔާވެއްޖެ

ގދ. އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ކޮވިޑް-19 ބަލި މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ބުނީ ނިޔާވީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ނިޔާވީ މިއަދު އިރު އޮއްސި 6:30 ހާއިރު ކަމަށެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 226 ވަނަ މީހާއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ހާލަތަށް ބަލާއިރު މޭ މަހު ހަތަރު ވަނަ ރާޅެއް ބިންދާލައި އެ ރާޅުން އަރައިގަނެވިފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ […]

ޝިއުނާ އާދަމް
މަސް ފެންގަނޑަކަށށް ވެއްޓި 11 މަހުގެ ކުއްޖަކު ނިޔާވެއްޖެ

މަސް ފެންގަނޑަކަށށް ވެއްޓި 11 މަހުގެ ކުއްޖަކު ނިޔާވެއްޖެ

އދ. އޮމަދޫގައި މަސް ފެންގަނޑަކަށް ވެއްޓި 11 މަހުގެ ކުއްޖަކު ނިޔާވެއްޖެއެވެ. އެރަށު ކައުންސިލުން މީޑިއާތަކަށް ބުނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށެވެ. ކުއްޖާ ވެއްޓުނީ އެ ކުއްޖާގެ ގޭގައި ހަދާފައިވާ މަސް ފެންގަނޑަކަށް ކަމަށާއި، އެ ފެންގަނޑުގައި ކުއްޖާ އޮއްވާ ފެނުނީ އެގޭގައި އުޅޭ އެހެން މީހަކަށް މެންދުރުފަހު 3:30 ހާއިރު ކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ކުއްޖާ ނޭވާ ނުލާތީ، ނޭވާ […]

ޝިއުނާ އާދަމް