ހައްގު މިންވަރަށް އެދެމުން ދިވެހި ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން މިއަދު ހިމޭން އިހުތިޖާޖެއް ކުރަމުން އެބަދެއެވެ.
މިގޮތުން އެ މުވައްޒަފުންގެ ޒަމާންވީ ކަންބޮޑުވުންތަކެއް ހައްލުނުވެ ހުރުމުން ބައެއް ސިވިލް ސާވިސް މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ވެސް ކަޅު ހެދުމުގައެވެ.
މިނިމަމް ވޭޖްގެ ގޮތުގައި އަސާސީ މުސާރަ ކަނޑައަޅައި ދިނުމަށާއި ލިވިން އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި، ތިޖޫރީއާއި ފައިސާ ބަލަހައްޓާ މުވައްޒަފުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސެއް ހަމަޖައްސައި ދިނުމަށާއި، ހުރިހާ މަގާމުތަކެއް ސެޓްފިކެޓް ކުރިއެރުން ލިބޭގޮތަށް ހަމަޖައްސައި ދިނުމަށާއި، ވަކި ހާއްސަ އޮނިގަނޑެއްގައި ނުހިމެނޭ މަގާމްތަކުގެ މުސާރަތައް ބޮޑުކޮށް ދިނުމަށް މުވައްޒަފުން އަންނަނީ އެދެމުން ނެވެ.
ދިވެހި ސިވިލް ސާވިސް މުވައްޒަފުން މިއަދު ކުރާ ހިމޭން އިހުތިޖާޖުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވަޒީފާ އަދާކުރާ ސިވިލް ސާވިސް މުވައްޒަފުން އަންނަނީ ބައިވެރި ވަމުންނެވެ.
ދިވެހި ސިވިލް ސާވިސްގައި 26 ހާހެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!