މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,866 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 801 ވަނަ ޞަފްޙާ

ހިޔާ ފްލެޓްގެ ކުލި ނުނަގާ މުއްދަތު އިތުރުކޮށްދީފި

ހިޔާ ފްލެޓްގެ ކުލި ނުނަގާ މުއްދަތު އިތުރުކޮށްދީފި

ހިޔާގެ ފްލެޓްތަކުން ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ފަސްކޮށްދީފައިވާކަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. މިކަން ޢިއުލާންކުރެއްވީ، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ސަރުކާރުން ބާއްވަމުން ގެންދާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ. ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ކަށަވަރުވި ގިނަ ބަޔަކު މިހާރު އެތަންތަނަށް ބަދަލުވުމުގެ މަސައްކަތް ފަށާފައިވާއިރު ގިނަ ޢާއިލާތަކުން ވަނީ އެތަންތަނަށް ބަދަލުވެސް ވެފައެވެ. އެ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތް ކުރުމ...

ޔުމްނާ ޢަލީ
ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި މައްސަލައެއްގައި ދެ މީހަކު ހޯދަނީ

ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރި މައްސަލައެއްގައި ދެ މީހަކު ހޯދަނީ

ވެރިފަރާތަށް ނޭނގި މީހެއްގެ އެކައުންޓްއިން ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެކައުންޓް ވެރިފަރާތަށް ނޭނގި އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ ދެ މީހުން ހޯދަނީ އެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އެ ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯ...

އައިޝަތު ނަސާޔާ
ބޭރު ދުނިޔެއާއި ވީހާވެސް އޮމާން ގުޅުމެއް ޤާއިމުކޮށްގެން ތިބުމަކީ ރާއްޖޭއަށް އޮތް އެންމެ ރަނގަޅު މަގު: ޖޭޕީ

ބޭރު ދުނިޔެއާއި ވީހާވެސް އޮމާން ގުޅުމެއް ޤާއިމުކޮށްގެން ތިބުމަކީ ރާއްޖޭއަށް އޮތް އެންމެ ރަނގަޅު މަގު: ޖޭޕީ

ބޭރު ދުނިޔެއާއި ވީހާވެސް އޮމާން އަމާން ގުޅުމެއް ޤާއިމުކޮށްގެން ތިބުމަކީ ރާއްޖޭގެ ކުރިއެރުމާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުވެފައި އޮތުމަށް އޮތް އެންމެ ރަނގަޅު އަދި އެންމެ އޮމާން މަގު ކަމުގައި ދެކޭކަމަށް ޖުމްހޫރީޕާޓީ (ޖޭޕީ)އިން ބުނެފިއެވެ. އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި އެ ޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ. ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައ...

އަލީ އާދިލް
ޖުމްހޫރީ މައިދާނުގައި ހައްދަމުންދާ ‏ވިނަގަނޑަށް ނުބެލިކަމަށް ވިދާޅުވެ މޭޔަރު ކަންބޮޑުވެއްޖެ

ޖުމްހޫރީ މައިދާނުގައި ހައްދަމުންދާ ‏ވިނަގަނޑަށް ނުބެލިކަމަށް ވިދާޅުވެ މޭޔަރު ކަންބޮޑުވެއްޖެ

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާ ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް އެތަން ތައްޔާރުކުރާއިރު، އެތަނުގައި ހައްދަމުންދާ ‏ވިނަގަނޑަށް ނުބަލައި މަސައްކަތް ކުރިއަށް ގެންދާތީ ވިނަގަނޑަށް ގެއްލުންވާކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. މިރޭގެ ޖަލްސާއަށް ޖުމްހޫރީ މައިދާން ދަނީ ތައްޔާރު ކުރަމުންނެވެ. މެޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ރަނގަޅަށް ހެދެން އަދި ވަގުތު ބޭނުންވާ ކަމަށާއި، ވިނަގަނޑު ނުހ...

އަލީ އާދިލް
ކޮމަންޑޫ ދާއިރާއަށް ވާދަކުރަން އަދި ވަކިގޮތެއް ނުނިންމަން: ޖޭޕީ

ކޮމަންޑޫ ދާއިރާއަށް ވާދަކުރަން އަދި ވަކިގޮތެއް ނުނިންމަން: ޖޭޕީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރުމަށް އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ. ބައި އިލެކްޝަންގައި ވާދަކުރުމަށް އީސީން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އިންތިޚާބުގައި ޖޭޕީން ވާދަކުރޭތޯ އޮޅުން […]

އަލީ އާދިލް
ޚިދުމަތްތައް ދިނުމުގައި ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށް ވިސްނަންޖެހޭ: ނައިބު ރައީސް

ޚިދުމަތްތައް ދިނުމުގައި ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށް ވިސްނަންޖެހޭ: ނައިބު ރައީސް

ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދިނުމުގައި ވީހާވެސް ލުއި ފަސޭހަ ގޮތްތައް އިޙްތިޔާރު ކުރުމަށް ވިސްނަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭގައި ހިރިޔާ ސްކޫލްގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވާހަކަފުޅުގައި ޚިދުމަތްތައް ދިނުމުގައި، އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭންޖެހޭ ޚިދުމަތެއްކަމުގައި ވަނީނަމަ އެމީހަކީ ކޮންމެ މީހަކ...

އައިޝަތު ނަސާޔާ
އާސަންދައިން ހޯދި ހުރިހާ ހިދުމަތެއް ބެލޭނެ މޯބައިލް އެޕެއް

އާސަންދައިން ހޯދި ހުރިހާ ހިދުމަތެއް ބެލޭނެ މޯބައިލް އެޕެއް

އާސަންދައިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލު ބެލޭނެ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފި އެވެ. އެ އެޕްލިކޭޝަން އިފްތިތާހްކޮށްދެއްވީ އާސަންދަ ކުންފުނީގެ 10 ވަަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. “އާސަންދަ މޯބައިލް އެޕްލިކޭޝް” މެދުވެރިކޮށް އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ހިދުމަތުގެ ތަފްސީލް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭނެ އެވެ. އެ ހިދުމަތަށް ރެޖިސްޓްރީވުމުން އެމީހަކު ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީ...

ޔުމްނާ ޢަލީ
އޭޕީ ބައިވެރިވާ ސަރުކާރެއްގައި، ދިވެހިންގެ މިނިވަންކަމަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ

އޭޕީ ބައިވެރިވާ ސަރުކާރެއްގައި، ދިވެހިންގެ މިނިވަންކަމަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ

ޢަދާލަތު ޕާޓީ ބައިވެރިވާ ސަރުކާރެއްގައި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެކަމަށް ޢަދާލަތު ޕާޓީގެ މެންބަރުންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްއަރުވާކަމަށް އެޕާޓިން ބުނެފި އެވެ. އެޕާޓީން މިހެން ބުނެފައިވަނީ ”އިންޑިއާ އައުޓް“ ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އިސްވެ ހިންގަވާ ހަރަކާތާގުޅޭ ގޮތުން އެޕާޓީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ އަވަށްޓެރިންނާއި ދިވ...

އަލީ އާދިލް
އަންނަ އަހަރުން ފެށިގެން ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އަޅަން ޖެހޭނެ

އަންނަ އަހަރުން ފެށިގެން ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އަޅަން ޖެހޭނެ

އަންނަ އަހަރުން ފެށިގެން ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އަޅަންޖެހޭނެކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ބުނެފި އެވެ. އެއިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދު (2021/R-131) ގެ 19 ވަނަ މާއްދާގެ (ރ) ގައި ވާ ފަދައިން، 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ ފަރާތް 01 ޖަނަވަރީ 2022 […]

އިބްރާހިމް އަސްވާޤް
"ވާންވީ އިންޑިއާ އައުޓެއް ނޫން، އިންޑިއާ މިލިޓަރީ އައުޓް": ޔާމީން

"ވާންވީ އިންޑިއާ އައުޓެއް ނޫން، އިންޑިއާ މިލިޓަރީ އައުޓް": ޔާމީން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިސްވެ ހިންގާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕެއިންގެ ދަށުން ގޮވާލަމުން ދަނީ “އިންޑިއާ އައުޓް” ނޫންކަމަށާއި، ގޮވާލަމުން ދަނީ “އިންޑިއާ މިލިޓަރީ އައުޓްވާން” ކަމަށް އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ގޮވާލައްވައިފިއެވެ. އިދިކޮޅުން އިސްވެ ހިންގާ މި ކެމްޕޭންގެ ދަށުން ރައީސް ޔާމީން މިހާރު އަތޮޅުތަކަށް ދަތުރު ފައްޓަވާފައިވާއިރު މިއަދު އެ މަނިކުފާނު ވަނީ ފ. ނިލަންދޫއަށް ވަޑައިގެން މި ކެމްޕެއިން ހަރަކާތްތައް އެރަށުގައި […]

އަލީ އާދިލް
"ބައިނަލްއަޤްވާމީ މައިދާންތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރު"

"ބައިނަލްއަޤްވާމީ މައިދާންތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރު"

އ.ދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ދިވެހިރާއްޖެއާއި، ބަންގްލަދޭޝްއިން ވެސް ތައްޔާރަށް އޮތްކަމަށް މިއަދު ހާމަކުރަށްވައިފިއެވެ. މިކަން ހާމަކުރަށްވާފައި ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިއަދު ދެއްވިގުޅިފައިވާ ބަޔާނުގައެވެ. ގުޅިފައިވާ ބަ...

ޝިއުނާ އާދަމް
ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއް

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއް

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 4 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީ...

ޔުމްނާ ޢަލީ
ޝާހިދު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ޝާހިދު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ޝާހިދު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރަށްވާފައި ވަނީ ދާދި ދެންމެއަކު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ޝާހިދު ވިދާޅުވީ އެމަނިކުފާނު މިވަގުތު ހުންނެވީ އައިސޮލޭޝަންގައި ގޭގައި ކަމަށެވެ. އަދި ބަލީގެ އަލާމަތްތައް ފެންނަނީ ކުޑަކޮށް ކަމަށް ވެސް ވިދާޅުވިއެވެ. ކޯވިޑްއިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ އިތުރުން ބޫސްޓާ ޑޯޒްވެސް އޭނާ ޖ...

ތިލަދުން
ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ، ޑިންގީ އަޑިއަށް

ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓްވެ، ޑިންގީ އަޑިއަށް

ޑިންގީއަކާއި ލޯންޗެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 18:50 ހާއިރު ވިލިމާލޭ ދެކުނު ފަރާތު ކަނޑުތެރެއިން ކަމަށެވެ. މި އެކްސިޑެންޑްގައި ޑިންގީއާއި ލޯންޗް މުޑިއެރުމުގެ ސަބަބުން ޑިންގީ ވަނީ އަޑިއަށް ގޮސްފައެވެ. އަޑިއަށް ގޮސްފައިވަނީ ކ. ގުރައިދޫގައި ދުއްވާ ޑިންގީއެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި ދެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ. އެ ދެ މީހުން މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް...

ޔުމްނާ ޢަލީ
ދޫނިދޫ ކަސްޓޯޑިއަލްގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމަށް އެޗްއާރުސީއެމްގެ ޒިޔާރަތެއް

ދޫނިދޫ ކަސްޓޯޑިއަލްގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމަށް އެޗްއާރުސީއެމްގެ ޒިޔާރަތެއް

ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގެ މާއްދީ ޙާލަތާއި ޢާއްމު ޙާލަތު ދެނެގަތުމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މޮނިޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ. މި ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގެ އިސްވެރިންނާއި، މުއައްޒަފުން އަދި ބަންދުގައި ތިބިފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ. އެޗްއާރުސީއެމްއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޒިޔާރަތުގެ މައިގަނޑު މަޤްޞަދަކީ، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ތަހުޤީޤަށް ބަންދުކުރެވޭ މީހު...

އަލީ އާދިލް