ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މުސާރަ ނުލިބޭ ގޮތަށް ދެ ހަފުތާއަށް ސަސްޕެންޑްކޮށްފި އެވެ. ޖޭއެސްސީން ސުލޫކީ ފިޔަވަޅެއްގެ ގޮތުން އަލީ އާދަމް ސަސްޕެންޑްކުރީ ގިނަ މައްސަލަތަކަކާ ގުޅިގެންނެވެ. އެއީ އޭނާ އިސްވެ ހުންނަވައިގެން ޖަމްއިއްޔާއެއް އުފެއްދުމާއި އެ ޖަމްއިއްޔާގެ ކަންކަމުގައި ބައިވެރިވުމާއި އެ ޖަމްއިއްޔާއިން ހިންގި ސިޔާސީ ހަރަކާތެއް ކަމަށް ބެލެވިދާނެ ހަރަކާތެއްގައި އޭނާ ބައިވެރިވުމެވެ. ތަފްރީގު ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށް ދިނުމުގައި ފަރުވާ ކުޑަކުރުން ވެސް އޭނާގެ މައްސ...