މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 684 ވަނަ ޞަފްޙާ

އުސޫލުތަކާ ހިލާފަށް ހަނިމާދޫން ބިން ކުއްޔަށް ދިން މައްސަލައެއްގައި ތިން މީހަކަށް ދައުވާ ކޮށްދޭން އެދިއްޖެ

އުސޫލުތަކާ ހިލާފަށް ހަނިމާދޫން ބިން ކުއްޔަށް ދިން މައްސަލައެއްގައި ތިން މީހަކަށް ދައުވާ ކޮށްދޭން އެދިއްޖެ

އުސޫލާ ހިލާފަށް ހދ. ހަނިމާދޫ ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދިން މައްސަލައެއްގައި ތިން މީހަކަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް (ޕީޖީ) ފޮނުވައިފި އެވެ. މިއީ ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް އެރަށު ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރި މައްސަލައެކެވެ. ޕީޖީ އޮފިހަށް ހުށަހަޅާފައިވަނީ ހަނިމާދޫ ކައުންސިލްގެ އިދާރާއިން 2016 ވަނަ އަހަރުގެ ކޮށްފައިވާ އިއުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާ...

މުޙައްމަދު އަފްރާޙް
"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ބާއްވަނީ

"ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022" ބާއްވަނީ

“ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022” ނަމުގައި އެކްސްޕޯއެއް ބާއްވަން ނިންމައިފި އެވެ. ހަޔަރ އެޑިޔުކޭޝަނާއި ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީ ގުޅިގެން މި އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ މި ނޮވެންބަރު 18 އަދި 19 ގަ އެވެ. އަދި އެކްސްޕޯ ކުރިއަށްދާނީ މި ދެދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި […]

މުޙައްމަދު އަފްރާޙް
ރީކޯ މޫސަ އަލުން އެމްޑީޕީއަށް

ރީކޯ މޫސަ އަލުން އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަލުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފި އެވެ. އެމްޑީޕީ ގެ ކުރީގެ ޗެއަރ ޕަރސަން ރީކޯ މޫސަ އަލުން އެމްޑީޕީއަށް ސޮއިކޮށް، ފޯމް ޙަވާލުކޮށްފައިވަނީ މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. ސޮއިކުރެއްވި ފޯމާއި ހަވާލުވެވަދައިގެންނެވީ އެ ޕާޓީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް އެވެ. މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް...

އަލީ އާދިލް
ބަޖެޓާ ގުޅޭ ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް ފަށައިފި

ބަޖެޓާ ގުޅޭ ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް ފަށައިފި

އަންނަ 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރްވާ ބަޖެޓަށް ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް މަރުހަލާ މިއަދު ފަށައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އެދިވަޑައިގެންފައިވަނީ ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށެވެ. އަދި ހުސްވަގުތުތަކަށް ތަން ދެމުން ރޭގަނޑު 10 އަށް ޖަލްސާގެ ވަގުތު އިތުރުކުރުމަށެވެ. މީގެ އިތުރުން ބަހުސްގެ ތިންވަނަ ދުވަހު ވެސް ބަހުސްކުރައްވަން އެދިވަޑައިގެންފައިވާ މެންބަރުން ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށާއި ހުސްވަގުތަށް ތަން ދެމުން...

މުޙައްމަދު އަފްރާޙް
ދިވެހިންގެ ސިއްހީ ހާލަތާއިގުޅޭ އިންޒާރުގެ ރަނގަބީލެއްގެ އަޑުއިވޭތާ އަހަރުތަކެއް ވެއްޖެ: ރައީސް

ދިވެހިންގެ ސިއްހީ ހާލަތާއިގުޅޭ އިންޒާރުގެ ރަނގަބީލެއްގެ އަޑުއިވޭތާ އަހަރުތަކެއް ވެއްޖެ: ރައީސް

ދިވެހިންގެ ސިއްހީ ހާލަތާގުޅޭ އިންޒާރުގެ ރަނގަބީލެއްގެ އަޑު އިވޭތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހް ކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގައުމީ ޔުނިވަރސިޓީން ހުށަހަޅައިދިން ދިރާސާގެ ނަތީޖާ ވެސް އެ ދައްކައިދެނީ، އެ ހަގީގަތް ކަމަށެވެ. އަދި ޔުނިވަރސިޓީން ކޮށްދެއްވައިފައި އެ އޮތީ، ވަރަށް މުހިންމު ވަރަށް ބޭނުންތެރި މަސައްކަތެއް ކ...

މުޙައްމަދު އަފްރާޙް
ފަނޑިޔާރުންނަކީ ވެސް ގަރުދިޔައާއި ބަތާއި ކައިގެން ބޮޑެތިވި ބޭފުޅުން: ޔާމީން

ފަނޑިޔާރުންނަކީ ވެސް ގަރުދިޔައާއި ބަތާއި ކައިގެން ބޮޑެތިވި ބޭފުޅުން: ޔާމީން

ރާއްޖޭގެ ފަނޑިޔާރުންނަކީ ވެސް ގަރުދިޔައާއި ބަތާއި ކައިގެން ބޮޑެތިވި ބޭފުޅުން ކަމަށާއި، އެހެންކަމުން ބޭފުޅުން ޢަމަލުކުރައްވާ ގޮތުގައި ވެސް ޤާނޫނާއި ރައްޔިތުންނަށް ޤަބޫލުކުރެވޭ އިންސާފުގާއިމުވާންޖެހޭނެކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ރޭގައި އިދިކޮޅުން ބޭއްވި ”އަފިރިން ޔާމީން” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރުޢީ ދާއިރާގެ އިސްލާހަށް ގޮވައިލާ އެމްޑީޕީން ކުރިން ވާހަކަ ދެއްކި ކަމަށާއި، ނަމަވެސް ވެރިކަން ލިބުމުން...

އަލީ އާދިލް
ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އިން ވިދާޅުވީ އެމީހާ އަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ. ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހެއް ކަމަށެވެ. އެ ފިހާރައިން އެކި ދުވަސްމަތިން މުދާ ގަނެފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މި ނޮވެމްބަރ 1 ވަނަ ދުވަހު ކޯޓު އަމުރެއްގެ...

މުޙައްމަދު އަފްރާޙް
މާލޭ ސިޓީގައި ޑިޖިޓަލް ބޯޑް ހަރުކުރުމުގެ ފުރުޞަތު

މާލޭ ސިޓީގައި ޑިޖިޓަލް ބޯޑް ހަރުކުރުމުގެ ފުރުޞަތު

މާލޭގެ އެކިއެކި ސަރަހައްދު ތަކުގައި އަމިއްލަ ޚަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން ވިދާޅުވެފައި ވަނީ މާލޭ ސިޓީ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން އެ ސިޓީގެ އެކިއެކި ސަރަޙައްދު ތަކުގައި، އަމިއްލަ ޙަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، ވުމާއިއެކު އެކަމަށް އެދި އަގު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައް...

އިބްރާހިމް ޚަލީލް
ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްގީކުރަން ހަވާލުކޮށްފި

ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްގީކުރަން ހަވާލުކޮށްފި

ކ. ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފި އެވެ. މި ވެވުނު އެއްބަސްވުމުގެ ދަށުން، 27 މަސް ދުވަހުގެ ތެރޭގައި ޕޮލިޓެކްނިކް ތަރައްޤީކޮށް ހިންގަން ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި އެއްބަސްވުން އެކުލަވާލެވިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ. ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ހާއްސަކޮށްފައިވީނަމަވެސް ތަފާތު އެހެނިހެން ދާ...

މުޙައްމަދު އަފްރާޙް
ޖަލަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށް

ޖަލަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށް

ދޫނިދޫ ޖަލަށް ވަގަށް ފޯނު ވައްދަން އުޅުނު ފުލުހަކު ފަސް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިއީ މިފަދަ މައްސަލައެއްގައި ފުލުހެއްގެ މައްޗަށް ޖަލު ހުކުމެއް އައި ފުރަތަމަ ފަހަރެވެ. މި މައްސަލާގައި ޖަލަށްލީ ޕޮލިސް ކޮންސްޓަބަލް ލ. ދަނބިދޫ ނާއިސް، އަނަސް އަލީގެ މައްޗަށެވެ. އަނަސްގެ މައްޗަށް އެ ހުކުމް އައީ 2020 ވަނަ އަހަރު ދޫނިދޫގައި އޭނާ އުޅެނިކޮށް، ޖަލަށް ފޯނު ވައްދަން އުޅޭކަމަށް މައުލޫމާތު ލިބިގެން އޭނާގެ ހަށިގަނޑު ފާސް […]

ހުސައިން ހަބީބް
ފިރާޟް އަށް މަޖިލީހުން ރުހުން ދީފި

ފިރާޟް އަށް މަޖިލީހުން ރުހުން ދީފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައިވާ، މުޙައްމަދު ފިރާޟް އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީން ދިރާސާ ކުރުމަށްފަހު، ކޮމެޓީން ވަނީ އޭނާ އަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެއަށްފަހު އޭނާ އަށް ރުހުން އޮތްތޯ ބަލަން މަޖިލީހުގެ ތަޅުމު...

ޔުމްނާ ޢަލީ
މަރިޔަމް ނިޝާ ޖޭޕީ ދޫކޮށް އެމްޑީޕީ އަށް

މަރިޔަމް ނިޝާ ޖޭޕީ ދޫކޮށް އެމްޑީޕީ އަށް

ރާއްޖޭގެ ލެޖެންޑަރީ ފިލްމީ ތަރި މަރިޔަމް ނިޝާ، ވެރިކަންކުރާ މައިޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކޮށްފިއެވެ. އޭނާ އެ ޕާޓީއަށް ސޮއިކޮށްފައި މިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރިތާ މަދު ދުވަސްކޮޅެެއްގެ ތެރޭގަ އެވެ. އޭނާ ޖޭޕީއަށް ސޮއި ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. ނިޝާ އެމްޑީޕީއަށް ސޮއިކުރިކަން ހާމަކުރީ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާރސަން (އިދާރީ) އިބްރާހިމް ވަހީދު (އިބުރޭ) އެވެ. ނިޝާ، […]

މުޙައްމަދު އަފްރާޙް
ބަޖެޓުގެ ބަހުސް މާދަމާ ފަށަނީ

ބަޖެޓުގެ ބަހުސް މާދަމާ ފަށަނީ

އަންނަ 2023 ވަނަ އަހަރަށް ސަރުކާރުން ލަފާކުރައްވާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަން މާދަމާ ފެށުމަށް ނިންމައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޝެޑިއުލްގައިވާގޮތުން އަންގާރަ ދުވަހާއި ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއެކު ބަޖެޓު ބަހުސް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ފަށައިގެން ރޭގަނޑު 10 ޖަހަންދެން ކުރިއަށް ގެންދާނެ ކަމަށާއި އެކަމަކު ބުރާސްފަތި ދުވަހު ރޭގަނޑު 10 ޖަހާއިރު ބަހުސް […]

މުޙައްމަދު އަފްރާޙް
ގެމަނަފުއްޓާއި ރަތްމަންދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ގެމަނަފުއްޓާއި ރަތްމަންދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ގއ. ގެމަނަފުއްޓާއި މ. ރަތްމަންދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ. އެގޮތުން ގެމަނަފުށީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމަށާއި ރަތްމަންދޫ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ވަނީ ހަވާލުކުރައްވާފަ އެވެ. ގެމަނަފުށީ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ލައިކަންސް އިންވެސްޓްމަންޓާ އެވެ. 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މި މަސައްކަތަށް 4،461،159.84 (ހަތަރު މިލިޔަން ހަތަރުސަތޭކަ ފަސްދޮޅަށް އެއް ހާސް ސަތޭކަ ފަންސާސ...

މުޙައްމަދު އަފްރާޙް
އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އިހުތިޖާޖު މިއަދުވެސް ކުރިއަށް!

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އިހުތިޖާޖު މިއަދުވެސް ކުރިއަށް!

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އިހުތިޖާޖު މިއަދުވެސް ކުރިއަށް އެބަގެންދެ އެވެ. މިއީ އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް، އެ މަގާމުން ދުރުކުރުން ކުރާ އިހުތިޖާޖެކެވެ. ބެލެނިވެރިން މިއަދުގެ އިހުތިޖާޖު ކުރަމުން ގެންދަނީ ވެލާނޭ ބިލްޑިންގ ކައިރީގަ އެވެ. މިއަދު ހެނދުނުން ފެށިގެން ކުރަމުން ދާ މި އިހުތިޖާޖު ގައި ގިނަ ބެލެނިވެރިން އަންނަނީ ޝުއޫރު ފާޅު ކުރަމުން ނެވެ. އަދި އެމީހުން ތިބީ އެކި ޝުއޫރުފާޅުކޮށްފައިވާ ލިޔުންތައް ވެސް ހިފައިގެން ނެވެ. އަރަބިއްޔާގެ ބެލެނިވެރިން […]

މުޙައްމަދު އަފްރާޙް