މިއަހަރުގެ "ރިވެލި މަޢުރަޒު" ފަށައިފި
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ “ރިވެލި މަޢުރަޒު 2022” ފަށައިފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރާއި، އުފެންދުންތެރިކަން ޢާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީން ބާއްވާ މި މައުރަޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ، މިއަދު ހެނދުނު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖު...