މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް މާލީ އެހީތެރިކަން ދިނުމަށް ޕްރޮގްރާމެއް ފަށައިފި
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ މަގްސަދުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) އާއި އެކު ދިވެހި ސަރުކާރުން މަޝްރޫޢެއްގައި ސޮއި ކޮށްފިއެވެ. މި މަޝްރޫޢުގެ މަގުސަދުތަކުގެ ތެރޭގައި ސަރުކާރުގެ ނޫ އިގްތިސާދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުން ވެސް ހިމެނެ އެވެ. މި ފަހުމުނާމާގެ ދަށުން މަސްވެރި އުޅަނދުތަކުގައި ރެފްރިޖ...