މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,842 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 68 ވަނަ ޞަފްޙާ

މީދޫ ކައުންސިލު ރައީސްގެ ގޮނޑި ޕީއެންސީގެ ސުހާ އަށް، ރައީސްގެ ތަހުނިޔާ

މީދޫ ކައުންސިލު ރައީސްގެ ގޮނޑި ޕީއެންސީގެ ސުހާ އަށް، ރައީސްގެ ތަހުނިޔާ

ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް މިއަދު ބޭއްވި އިތުރުބުރުގެ ވޯޓުގައި އެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކުރި ހޯދައި އެ ގޮނޑި ކާމިޔާބުކޮށްފިއެވެ. ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް އިތުރުބުރެއް ބާއްވަން ޖެހުނީ  ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން 14 މެއިގައި ކުރި ހުކުމާއި ގުޅިގެންނެވެ. އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި […]

ޔުމްނާ ޢަލީ
ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ 137 ދަރިވަރަކު ސިފައިންގެ ތަމްރީނު ނިންމައި ދަސްވެނިވެއްޖެ

ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގެ 137 ދަރިވަރަކު ސިފައިންގެ ތަމްރީނު ނިންމައި ދަސްވެނިވެއްޖެ

ދިވެހި ވަޠަނީ ޚިދުމަތުގެ ދަށުން ސިފައިންގެ ޚިދުމަތާ ގުޅުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި ފުރަތަމަ ބެޗުގެ 137 ދަރިވަރަކު، ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް މިއަދު ދަސްވެނިވެއްޖެއެވެ. މި މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާ މެދުވެރިކުރައްވައި ދެއްވި މެސެޖެއްގައި ވިދާޅުވީ، މި ޕްރޮގްރާމަކީ “އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް” ސަރުކާރުން...

ޔުމްނާ ޢަލީ
މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރު ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރު ބުރުގެ ވޯޓުލުން ފަށައިފި

ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިތުރުބުރުގެ ވޯޓުލުން މިއަދު ފަށައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވާގޮތުގައި މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން 4:00 އަށެވެ. މި އިންތިޚާބަށް ތިން ފޯޓެއް ބަހައްޓާފައިވާއިރު، އިންތިޚާބުގައި ވޯޓުލުން މީދޫގައި ކުރިއަށްދާނީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ފޮށި ބަހައްޓާފައި ވަނީ ދަރުމަވަންތަ ސްކޫލުގައެވެ. ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް […]

ޝިއުނާ އާދަމް
އެމްޑީޕީ ޗެއާޕާސަން އިންތިޚާބު ''ބޮޑު ބަދަލު'' ޓީމު ކާމިޔާބުކޮށްފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު ''ބޮޑު ބަދަލު'' ޓީމު ކާމިޔާބުކޮށްފި

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރަށްވައިފިއެވެ. ”ބޮޑު ބަދަލު” ޝިއާރުގެ ދަށުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ)ގެ ޓީމާއި ނަޝީދު ޓީމު އެއް ޓީމެއްގެ ގޮތުގައި ނުކުމެ މި އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ”އިތުބާރު” ޓީމު ބަލިކޮށްގެންނެވެ. އިތުބާރު ޓީމުގެ ކެންޑިޑޭޓަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާލް އަހްމަދު […]

ޔުމްނާ ޢަލީ
އުމުރުން 100 އަހަރުގައި ނިލަންދޫ ކަތީބު ދޮންބެ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާ

އުމުރުން 100 އަހަރުގައި ނިލަންދޫ ކަތީބު ދޮންބެ ނިޔާވެއްޖެ، ރައީސްގެ ތައުޒިޔާ

ފ. ނިލަންދޫއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) އުމުރުން 100 އަހަރުގައި ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ކަތީބު ދޮންބެއަކީ ނިލަންދޫގެ ކަތީބުކަމުގެ މަގާމުގައި އެ ރަށުގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 1992 ވަނަ އަހަރު އޭނާ ވަނީ ހާސިލުކުރައްވާފައެވެ.   ކަތީބު ދޮންބެ ނިޔާވުމުން ފޮނުއްވި [...

ޝިއުނާ އާދަމް
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ވޯޓުލުމުގެ ވަގުތު އިތުރުކޮށްފި

‏މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ވޯޓުލުމުގއ ވަގުތު އިތުރުކޮށްފިއެވެ. އެ ޕާޓީން ބުނީ މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވުމާއި ގުޅިގެން، ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ. އެމްޑީޕީން މި ވޯޓުގެ ވަގުތު އިތުރުކުރޫ މިރޭ 9:00 އާއި ހަމައަށެވެ. މި އިންތިހާބު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސްރީލަންކާގައި ވެސް ކުރިއަށްދާއިރު، މި އިންތިޚާބުގައި ވަނީ ޖުމްލަ 241 ވޯޓުފޮށި ބަހައްޓާފައެވެ. މި އިންތިހާބުގެ ވޯޓުލުން […]

ޔުމްނާ ޢަލީ
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ފިޔޯރީ އާއި ފީއަލީގައި ހަމަނުޖެހުން ހިނގައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ފިޔޯރީ އާއި ފީއަލީގައި ހަމަނުޖެހުން ހިނގައިފި

މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނިކޮށް، ގދ. ފިޔޯރީ އާއި ފ. ފީއަލީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ވޯޓުލުމަށް ބުރޫއަރައިފިއެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން މިދެ ރަށުގައި ވޯޓުލުން މެދުކަނޑާލަން ޖެހުނުއިރު، ވޯޓުފޮށިތަކަށް ވެސް ވަނީ ގެއްލުންދީފައެވެ. ގދ. ފިޔޯރީގައި ހަމަނުޖެހުން އުފެދުނީ މާލޭގައި ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ މީހަކު އެ ރަށުގައި ހުރި ފޮއްޓަށް ވޯޓުލާން އުޅުމުންނާއި، ވޯޓުލާން ދިޔަ ބައެއް މީހުންގެ ނަން ލިސް...

ޔުމްނާ ޢަލީ
ރާއްޖޭގައި ސަގާފީ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އޮސްޓްރޭލިއާއިން އެހީތެރިވަނީ

ރާއްޖޭގައި ސަގާފީ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި އޮސްޓްރޭލިއާއިން އެހީތެރިވަނީ

އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޑޭވިޑް ޖެސެޕް، ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އާއި ކުރައްވައިފިއެވެ. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ވަނީ ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ސަގާފަތާއި ތަރިކައިގެ ދާއިރާއިން ދެ ޤައުމަށް ލިބިފައިވާ މުއް...

ޝިއުނާ އާދަމް
ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފި

ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފި

އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ހިމަބިހި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވެކްސިން އާއި މެޑިކަލް ކޮންސިއުމަބަލްސް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަށް އިއްޔެ ހަދިޔާކޮށްފިއެވެ. މި އެހީގެ ދަށުން ހަދިޔާކުރި ތަކެތީގެ ތެރޭގައި އެމް.އާރް ވެކްސިން އާއި، ހިމަބިހި ޓެސްޓުކުރުމަށް ބޭނުންވާ ތަކެތީގެ އިތުރުން މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ބޭނުންކުރާނެ މުހިންމު ސާމާނުތައް ހިމެނެއެވެ. މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ޚާއް...

ޔުމްނާ ޢަލީ
އާސިފްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

އާސިފްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ. އާސިފް، ހއ. އުލިގަމު/ވާދީ ނިޔާވެފައި ވަނީ ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް 2026 ޖޫން 11 ވަނަ ދުވަހުގެ ރެއެވެ. އާސިފްގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ވަޅުލާފައި ވަނީ އާސަހަރާގައެވެ. ފުލުހުން ބުނިގޮތުގައި މަރުޙޫމަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށްޓަކައި، މަ...

ޔުމްނާ ޢަލީ
މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހައިފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 5،000 ރުފިޔާއެވެ. ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް ވަނީ މުދަލު ޒަކާތުގެ ފައިސާ ޖަމާކޮށްދީފައެވެ. މިގޮތުން ޖުމުލަ 13,112,000 […]

ޔުމްނާ ޢަލީ
އާސިފަކީ އިޚްލާސްތެރި ނަމޫނާ ފުލުހެއް، މަގާމުގެ ކުރިއެރުން ދީފި

އާސިފަކީ އިޚްލާސްތެރި ނަމޫނާ ފުލުހެއް، މަގާމުގެ ކުރިއެރުން ދީފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ޚިދުމަތުގެ އަގުވަޒަންކޮށް، އޭނާއަށް މަގާމުގެ ކުރިއެރުން މިއަދު ދީފިއެވެ. ފުލުހުންގެ މުއައްސަސާގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކުރި ހއ. އުލިގަމަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އާސިފަށް ދީފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކެވެ. ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް (ސާވިސް ނަންބަރު: 4702) ނިޔާވީ 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު […]

ޔުމްނާ ޢަލީ
އާސިފް އާއިލާއަށް ރައީސްގެ ތައުޒިޔާ

އާސިފް އާއިލާއަށް ރައީސްގެ ތައުޒިޔާ

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ހއ. އުލިގަމަށް ނިސްބަތްވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ރޭ ނިޔާވެފައިވާއިރު، އާސިފްގެ ޢާއިލާ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ތައުޒިޔާ މެސެޖުގައި ވިދާޅުވީ، މަޤާމުގެ ވާޖިބު އަދާކުރެއްވުމަށް ޑިއުޓީގައި ކަނޑުމަތީގައި މަސައްކަތްކުރައްވަނިކޮށް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާޞިފް ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކު ކަމަށެވެ. “މަރްޙޫމުގެ ޢާއިލާއަށް ކެތްތެެރިކަން ދެއްވުން...

ޝިއުނާ އާދަމް
ވޭވަށު ކައުންސިލްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެއްޖެ

ވޭވަށު ކައުންސިލްގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން އެމްޑީޕީގެ ކެންޑިޑޭޓަށް ކާމިޔާބުވެއްޖެ

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ ވޯޓުތަކެއްގައި ތިކިތަކެއް ހުރުމުން އެ ވޯޓުތައް ބާތިލް ކުރުމުން އެ ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ލިބިފައި ވަނިކޮށް އެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. މ. ވޭވަށު ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނިކޮށް އެ ގޮނޑި ޕީއެންސީއަށް ލިބުނީ ތިކިތަކެއް ހުރި ވޯޓު ކަރުދާސްތަކެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނިކޮށް އެ މައްސަލަ ޕީއެންސީގެ ކެންޑިޑޭޓްގެ ފަރާތުން ހައި […]

ހުސައިން ހަބީބް
އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ

އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކު ނިޔާވެއްޖެއެވެ. 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. އާސިފަކީ ހއ. އުލިގަމަށް ނިސްބަތްވާ ފުލުހެކެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. ފުލުހުން ބުނިގޮތުގައި “ޕޮލިސް ލޯންޗް 57” ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އޮފިސަރެއްކަމުގައިވާ އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. […]

ޔުމްނާ ޢަލީ