ލޭ ހަދިޔާކުރާ ފަރާތްތަކަކީ އިންސާނީ މަތިވެރި ޞަދަޤާތެއް ކުރާ، ޝަރަފުވެރި ބައެއް: މެޑަމް ސާޖިދާ
ލޭ ހަދިޔާކުރައްވާ ފަރާތްތަކަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ޚާއްޞަ ޝަރަފުވެރި ބައެއްކަމަށާއި، އެއީ އިންސާނީ މަތިވެރި ޞަދަޤާތެއް ކުރާ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވ...