11 ކިލޯގެ މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރު ކޮށްފި އެވެ.
މިކަން ހާމަކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
އެ ޓްވީޓުގައި ވިދާޅުވެފައިވަނީ މި މީހުން ހައްޔަރު ކުރީ މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަންގައި ހުޅުމާލޭގެ 4 ތަނަކާއި މާލޭގެ ތަނެއް ބަލައި، ފާސްކޮށް، 11.26 ކިލޯގެ ކެނަބިސް އަތުލައިގަނެވުނުކަމަށް ކަމަށް ސީޕީ ވިދާޅުވި އެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ ދޭތެރެދޭތެރެއިން މިފަދަ އޮޕަރޭޝަންތައް ހިންގަމުން ނެވެ. އަދި މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރު ކުރަމުން ނެވެ.
އެ އިދާރާ އިން ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތައް ހުއްޓާނުލާނެ ކަމަށާއި އެއްވެސް މީހަކަށް ބެލުމެއް ނެތި އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!