މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 634 ވަނަ ޞަފްޙާ

ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ

ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ

ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ މާލެ އަތޮޅު ތުލުސްދޫގައެވެ. އަދި އެއީ ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއެކެވެ. ސްޕެއިނަށް ނިސްބަތްވާ މި ފަތުރުވެރިޔަކީ ފިރިހެނެއް ކަމަށާއި އޭނާ ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައީ އަނބިމީހާ އާއި އެކު ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އެ ހާދިސާ ހިނގުމާއެކު އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އެހެންނަމަވެސް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް މަޢުލޫމާތު […]

މުޙައްމަދު އަފްރާޙް
އަލީ ޞާލިޙް، ޓްރާންސްޕޯޓް މިނިސްޓްރީއަށް

އަލީ ޞާލިޙް، ޓްރާންސްޕޯޓް މިނިސްޓްރީއަށް

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރައްވައިފި އެވެ. އަލީ ޞާލިޙަކީ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރު ތަމްސީލް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 2018 ވަނަ އަހަރު އައު ސަރުކާރު ހުވާކުރުމާއެކު، އަލީ އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ އޭރުގެ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް...

ޔުމްނާ ޢަލީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފި

މިއަދު ކުރިއަށްދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ މިރޭ ޢިއުލާންކޮށްފިއެވެ. އެމްޑީޕީން މިރޭ އާންމު ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އެ ޕްރައިމަރީ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ކާމިޔާބު ކުރެއްވީ 61.10 އިންސައްތަ ވޯޓުންނެވެ. އެއީ 24،566 ވޯޓެވެ. މި އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯ...

ޔުމްނާ ޢަލީ
ކުރިމަގުގައި ވެސް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޞާލިޙް ގޮވައިލައްވައިފި

ކުރިމަގުގައި ވެސް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ޞާލިޙް ގޮވައިލައްވައިފި

ކުރިމަގުގައި ވެސް މަސައްކަތް ކުރަންވާނީ ގުޅިގެން ކަމަށާއި މި ޕްރައިމަރީއަށްވުރެ ފަސޭހަ ކާމިޔާބީއެއް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ލިބިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕްރައިމަރީއަށްފަހު، ‘ދަނޑިކޮށި’ ޖަގަހައަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ސާލިހު ވަނީ ހުރިހާ މެންބަރުން އެކުގައި މަސައްކަތް ކުރުމަށް ދައުވަތު ދެއްވައި، ޕާޓީގެ އެންމެހާ މެންބަރުން އެކުގައި މަސައްކަ...

މުޙައްމަދު އަފްރާޙް
ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ދޫނުކުރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ދޫނުކުރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ދޫނުކުރާ ވާހަކައަކީ އެ ޕާޓީން ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ހޯދަން އެދުމުން އެޑިއުކޭޝަނުން އެންމެ ސްކޫލެއް ވެސް އެޕާޓީއަށް ދޫކޮށްފައިވާ ނުވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ. ތޮލާލުގ...

މުޙައްމަދު އަފްރާޙް
ކޮންމެ ތަރިއެއް ވެސް އޮއްސޭނެ، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ: ނަޝީދު

ކޮންމެ ތަރިއެއް ވެސް އޮއްސޭނެ، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ: ނަޝީދު

ކޮންމެ ތަރިއެއް ވެސް އޮއްސޭނެ ކަމަށާއި، ދެން ބޮޑު ގޮނޑީގައި ނީނދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ބަހުގެ ހަމަލާ އަމާޒު ކުރައްވައިފިއެވެ. މޮސްޓާ، ނަޝީދަށް ބަހުގެ ހަމަލާ އަމާޒު ކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މިއަދު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބު ވެފައިވަނިކޮށް މޮސްޓާ ވިދާޅުވީ، ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިއަސް އަރައިފި ކޮންމެ ތަރިއެއްވެސް އ...

އަލީ އާދިލް
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ. އެ އިދާރާ އިން ބުނީ ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން ބޭރަށް ހިންގާނަމަ ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށާއި ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބޭރަށް ހިންގުމުގެ އަލާމާތް ނުފެންނަތާ 1 ދުވަސް ވަންދެން ކުދިން...

މުޙައްމަދު އަފްރާޙް
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަނީ

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަނީ

ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ސާވިސް ސެންޓަރު އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ ކަސްޓަމަރ ސަރވިސް ހިދުމަތްތައް ބަދަލުކޮށްފައިވަނީ ހުޅުމާލޭގެ އެޕޯލޯ ޓަވަރަށް ކަމަށެވެ. އެޗްޑީސީ ބިލްޑިންގ ގައި މީގެކުރިން ދެމުންދިޔަ ހުރިހައި ހިދުމަތެއް އައު އޮފީހުން ވެސް ލިބޭނެ ކަމަށާއި މާދަމާއިން ފެށިގެން އެ ހިދުމަތްތައް ދެމުން ގެންދާނީ އެޕޯލޯ ޓަވަރުގެ އެއްވަނަ ފަންގިފިލާގައި ހުންނަ އެކުންފުނީގެ އައު ކަސްޓަމަރ ސަރަވިސް އޮފީހުން ކަމުގައި ސްޓެލްކޯ އިން ބުނެއެވެ. ކަސްޓަމަރުންގެ ސަމާ...

މުޙައްމަދު އަފްރާޙް
ތުޅާދޫގައި ހޮސްޕިޓަލެއް ތަރައްގީ ކުރަން އެމްޓީސީސީ އަށް

ތުޅާދޫގައި ހޮސްޕިޓަލެއް ތަރައްގީ ކުރަން އެމްޓީސީސީ އަށް

މާޅޮސްމަޑުލު ދެކުނު ބުރީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. މިއީ އަތޮޅުތެރޭގެ ސިއްހީ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެ ރަށުގައި އަލަށް ތަރައްގީކުރާ ހޮސްޕިޓަލެކެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ސަތޭކަ ތޭވީސް މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި މި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް އެއް އަހަރާއި ފަސް މަހުން ނިންމާ ސަރުކާރާއި ހަވާލުކުރުމަށްވަނީ ކަނޑައާޅާފައެވެ. 3000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތުޅާދޫ...

މުޙައްމަދު އަފްރާޙް
ދިވެހި ޝެފް ޝިއުނާއަށް "ކޮންޓިނެންޓަލް ޖަޖު" ކަމުގެ ލައިސަންސް

ދިވެހި ޝެފް ޝިއުނާއަށް "ކޮންޓިނެންޓަލް ޖަޖު" ކަމުގެ ލައިސަންސް

ދިވެހި ޝެފް މަރްޔަމް ޝިއުނާއަށް “ކޮންޓިނެންޓަލް ޖަޖު” ކަމުގެ ލައިސަންސް ދީފިއެވެ. މި ލައިސަންސް އޭނާއަށް ދިނީ ދުނިޔޭގެ ޝެފުންގެ މައި ޖަމިއްޔާ، “ވޯލްޑް އެސޯސިއޭޝަންސް އޮފް ޝެފްސް ސޮސައިޓީސް” (ވެކްސް) ގެ ފަރާތުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ކަލިނަރީ ޗެލެންޖުތަކުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވުމަށް، ވެކްސްގެ ފަރާތުން އަރުވާ މި ލައިސަންސް ހޯދުމުގެ ކުރިން “ރޫކީ ޖަޖު” (އެސިސްޓެންޓް ޖަޖު) ގެ ގޮތުގައި ވަކި މުއްދަތެއްގެ ތެރޭގައި ވެކްސް އެންޑޯޒްކޮށްފައި ހުންނަ ކަލިނަރީ ޗެލެންޖުތަކުގައި [...

މުޙައްމަދު އަފްރާޙް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ގއ. ވިލިނގިލީގެ ފޮއްޓަށް ނަން ނެތް ބަޔަކު ވޯޓުލީ މައްސަލައެއް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ: ގއ. ވިލިނގިލީގެ ފޮއްޓަށް ނަން ނެތް ބަޔަކު ވޯޓުލީ މައްސަލައެއް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ކުރިއަށްދާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓާސް ލިސްޓުގައި ނަން ނެތް ބަޔަކު ވޯޓު ލާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ގއ. ވިލިނގިލީގެ އެމްޑީޕީ މެމްބަރުން ވޯޓުލާން ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ފޮށްޓަކަށެވެ. މި މައްސަލައާ ގުޅިގެން އެޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) ވިދާޅުވީ އެ ފޮށްޓަށް ލިސްޓްގައި ނަން...

މުޙައްމަދު އަފްރާޙް
ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވޯޓުލުން ހުއްޓުމަކަށް

ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވޯޓުލުން ހުއްޓުމަކަށް

މިއަދު ކުރިއަށްދާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގައި ގދ. ގައްދޫ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގައި ވޯޓުލުން ހުއްޓުމަކަށް އަތުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަރުކަޒުގައި ހަމަނުޖެހުން ހިންގައި ވަނީ ވޯޓު ކަރުދާސްތައް ވެސް ހަލާކުކޮށްލާފައެވެ. ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ހަމަނުޖެހުން ހިނގާފައި ވަނީ ބޮޑީ ކެމެރާ ބޭނުންކޮށްގެން ވޯޓުލަމުން ދިޔުމާއި ގުޅިގެން ހިނގި ނުތަނަވަސްކަމެއްގައި ކަމަށެވެ. ” ބޮޑީ ކ...

ޔުމްނާ ޢަލީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް

ވެެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ. މިއަދު ހެނދުނު 9 ޖެހިއިރު ފެށި މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. އެމްޑީޕީ އިން ބުނެފައި ވަނީ މި އިންތިޚާބުގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި މާލެއާއި އަތޮޅުތަކުގައި ބަހައްޓާފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުގައި 49 ވޯޓު ފޮއްޓާއި އަތޮޅުތެރޭގައި 194 ވޯޓު ފޮށި ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އެ […]

މުޙައްމަދު އަފްރާޙް
ބޮޑު މަންޒަރު ދައްކާލައިފި، ދެން އޮތީ ބޮޑު ނިންމުން

ބޮޑު މަންޒަރު ދައްކާލައިފި، ދެން އޮތީ ބޮޑު ނިންމުން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙް ދެން އެނބުރޭން އޮތް ގޮތުގެ ފެށުމަށް ނުވެ ނުދާނެއެވެ. މާދަމާގެ ނަތީޖާއިން ދިވެހި ރާއްޖޭގެ ސިޔާސީ ކުޅިބައި އެތުރެންފަށާނެއެވެ. އެ ނަތީޖާއިން ރާއްޖޭގެ ސިޔާސީ މަންޒަރު އަލުން ކުރެހެން ފަށާނެއެވެ. ކެމްޕެއިން ކުރުމުގެ އެންމެ ފަހު ވަގުތާއި ހަމައަށް ވެސް މި ޕްރައިމަރީގައި ވާދަކުރަށްވާ ދެ ކެންޑިޑޭޓުން ކަމަށްވާ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ، އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކ...

ޔުމްނާ ޢަލީ
މައުސޫމް ވިދާޅުވެދެއްވި ހިސާބު އަދަދުތައް: ރައީސް ޞާލިޙް ބޮޑުތަނުން ކުރީގައި

މައުސޫމް ވިދާޅުވެދެއްވި ހިސާބު އަދަދުތައް: ރައީސް ޞާލިޙް ބޮޑުތަނުން ކުރީގައި

ކުރީގެ ތިން ރައީސުންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދާއި ރައީސް ޞާލިޙް ވެރިކަމުގައި ތަރައްގީ ކުރެވުނު ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަދަދު ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރު، ޑރ. މައުސޫމް ވިދާޅުވެދެއްވައި، އެއީ ”ލައްކަވާހަކަ” ކަމަށް ވިދާޅުވެއްޖެއެވެ. މައުސޫމް މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވީ، 3 ރައީސުންގެ ވެރިކަމުގައި 10 އަހަރުގެ ތެރޭގައި ރާއްޖޭގައި ތަރައްގީ ކުރެވުނީ 521 ގެސްޓު ހައުސް ކަމަށެވެ. އަދި އެ ގެސްޓް ހައުސްތަކުގެ އެނދުތަކުގެ އަ...

ޔުމްނާ ޢަލީ