ރާއްޖެ-ޕޮލެންޑުގެ ގުޅުން ކުރިއެރުވުމަށް ސަފީރު ދެއްވާ އަހަންމިއްޔަތުކަމަށް ރައީސްގެ ޝުކުރު!
ރާއްޖެއާއި ޕޮލެންޑުގެ ދެޤައުމުގެ ގުޅުން ކުރިއެރުވުމަށް ޕޮލެންޑުގެ ސަފީރު، ހިޒް އެކްސެލެންސީ އެޑަމް ބްރަކޮވްސްކީ ދެއްވާ އަހަންމިއްޔަތުކަމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް ޝުކުރު އަދާކުރެއްވީ އެމަނިކުފާނު، ރައިސް ސާލިހުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޕޮލެންޑުގެ ސަފީރަށް މަރުޙަބާއާ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ ކުރިޔަށް އޮތ...