''ކުންފުނިތައް ރައިޓް-ސައިޒް ކުރުމަކީ ނުފޫޒުން ބަޔަކު ވަޒީފައިން ވަކި ކުރުން ކަމުގައި ބުނާނެ ޖާގައެއް ނޯންނާނެ''
ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް-ސައިޒް ކުރުމަށް ނުވަތަ އެ ކުންފުންޏަކަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކުރާ މަސައްކަތަކީ ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފާއިން ވަކިކުރުން ކަމަށް ބުނާނެ ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުންފުނިތައް ހަރުދަނާކުރުމަށް ކުރެވޭ މި މަސައްކަތަކީ އަޚުލާޤީ ގޮތުން ވަކި ހަމ...