މާރެސް އިންވިޓޭޝަން ކަޕް ވޮލީ މުބާރާތް ފަށައިފިއެވެ. ބ. މާޅޮހުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ މާޅޮސް ރެކްރިއޭޝަން އެންޑް އެވްޔަރްމެންޓް ސޮސައިޓީ (މާރެސް) އިން އިންތިޒާމު ކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު ވަނީ 4 ޓީމަކުން ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ވައްކަރު، އަނަންތަރާ، ވެސްޓިން އަދި މާޅޮހުގެ ޓީމެކެވެ. މި މާރިޗު މަހުގެ 11 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތް ކުޅެނީ މާޅޮހު ވޮލީ ކޯޓުގައެވެ. މުބާރާތުގެ ފުރަތަމަ […]
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓް، ގުރައިދޫ، ފިޔާތޮށިގެ، އަލީ އާރިފް (އާރިއްޕެ) ތައާރަފް ކުރުމުގެ ދަތުރުތައް މިއަދު އެ ޕާޓީން ފަށައިފިއެވެ. ކެންޑިޑޭޓް ތައާރަފް ކުރުމުގެ މި ދަތުރުގައި ކެންޑިޑޭޓާއެކު ޕާޓީގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެ ޕާޓީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ. އެމްއެންޕީން ބުނި ގޮތުގައި ކެންޑިޑޭޓް […]
ޔުމްނާ ޢަލީ
މާލެ ސިޓީ ކައުންސިލްގެ “ފަންނުވެރިޔާ” ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ. ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މާލެ ސިޓީ ކައުންސިލުން މި ޕްރޮގްރާމު އިފްތިތާހު ކޮށްފައިވަނީ ސަސްކެފޭގައި ބޭއްވި ހަފްލާއެއްގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އެވެ. މި ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ނިންމާފައިވަނީ އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެކެވެ. އެއްމަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ވޯކްޝޮޕްގެ ފުރަތަމަ ބެޗުގައި މިހައިތަނަށް 45 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މޭޔަރ ވ...
މުޙައްމަދު އަފްރާޙް
ދިވެހި ނޫސްވެރިންގެ ޓީމެއް ތަމްރީނު ހޯދުމަށް އިންޑިއާއަށް ފުރައިފިއެވެ. މިއީ “އިން ސާރވިސް ޓްރެއިނިންގ އޮފް އެޓިޑާރސް އެންޑް ޖާނަލިސްޓް އޮފް މޯލްޑިވްސް” ގެ ނަމުގައި އިންޑިއާގެ “އެމިޓީ ޔުނިވަރސިޓީ (ނޮއިޑާ)” އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. 8 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެޑިޓަރުންނާއި ނޫސްވެރިންގެ ވަފުދު އިންޑިއާ އަށް ފުރީ މިއަދުއެވެ. މީޑިއާ ދާއިރާގައި މަސައްކަތްކުރާ އެޑިޓަރުންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޓްރެއިނިންގ ޕ...
އަލީ އާދިލް
އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން މީޑިއާ އަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ އޮޕްރޭޝަން ހުއްޓައިލީ 72 ގަޑިއިރަށް ފަހު ކަމަށެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164ސކމ ގެ ސަރަޙައްދެއް މިހައިތަނަށް ބަލާފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ. ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރުގެ މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށް ޚާރިޖީ އޮފީހުން ވިދާޅުވެއެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާގުޅޭއި މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ލަންޑަނަށް ވަޑައިގ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ލިބޭ ޙައްޖު ކޯޓާތަކުގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޙާއްސަ ޙައްޖު ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުންޏަށް 1444 ވަނަ އަހަރުގެ ޙައްޖަށް މީހުން ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، އެ ކުންފުނި މެދުވެރިކޮށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ، އަދި ޙައްޖު ޖާގަ ކަށަވަރުވާ ކަމަށް ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް […]
ޔުމްނާ ޢަލީ
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޤަޠަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ފުރަތަމަ ރައީސް ވަޑައިގަތީ ޤަޠަރަށެވެ. އެ ޤައުމަށް ވަަޑައިގެން އެ ޤައުމުގެ ދޯހާގައި ކުރިޔަށްދިޔަ އެކުވެރި ދައުލަތްތައް (އ.ދ)ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި އެމަނިކުފާނު ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލ...
ޔުމްނާ ޢަލީ
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ”އިންޑިއާ ފަސްޓް” ޕޮލިސީ އަކީ ދިވެހި ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށް މުހިންމު ސިޔާސަތެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ޚިޔާލު ފާޅު ކުރައްވަމުން ޝަރީފް ވިދާޅުވީ، ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންވާން ޖެހޭނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ އެ ގޮތައް ކަމަށް ވ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓް ދޭނެ އެ ޕާޓީގެ މެންބަރަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ، ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް ކާމިޔާބު ކޮށްފިއެވެ. މިއަދު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވެރިރަށް މާލޭގެ އިތުރުން ގުރައިދޫ ދާއިރާގެ ތިން ރަށް ކަމުގައިވާ ގުރައިދޫ، މާފުށި އަދި ގުޅީ ގައިވެސް ވޯޓު ފޮށި ބެހެއްޓިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 5:00 އާއި ހަމައަށް ކުރިއަށް […]
ޔުމްނާ ޢަލީ
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު)ގެ ފަރުމާ ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތުގައި އެންމެ މޮޅު ފަރުމާއެއް ހުށަހެޅި ‘އެންކްރިއާ ޕްރައިވެޓް ލިމިޓެޑް’ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ޑީއެންއާރު އިން ވިދާޅުވިގޮތުގައި، އައި.ޑީ ކާޑު ފަރުމާ ކުރުމަށް އެ ޑިޕާޓްމަންޓުން ކުރި އިޢުލާނާ ގުޅިގެން އެއްވަނައަށް ހޮވިފައި ވަނީ “އެންކްރިއާ ޕްރައިވެޓް ލިމިޓެޑް” އެވެ. އަދި އެ ކުންފުންޏާއެކު އެކަމުގެއެއްބަސްވުމުގައި ސޮއިކޮށްފައިވާ...
ޔުމްނާ ޢަލީ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަފުދެއް ހއ. އަތޮޅުގެ ބައެއް ރައްތަކަށް ދަތުރެއް ފަށައިފިއެވެ. އިއްޔެ ފެށި މި ދަތުރުގައި އެމްޑީޕީގެ ވަފުދުގައި އިސްކޮށް ތިއްބެވީ އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނެވެ. މިގޮތުން މިވަފުދުގައި ހިމެނޭ މެންބަރުންގެ ތެރޭގައި އިހަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އާއި، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ އާއި، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބުދުﷲ ޝަހީމް އަބުދުލްޙަކީމް އާއި، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު […...
ޔުމްނާ ޢަލީ
ދިވެހި ރާއްޖޭގެ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ސަރުކާރުން ފަށާފައިވާ ސްކޮލާޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައި 17 ޕްރިންސިޕަލަކު ޚިދުމަތާއި ގުޅިއްޖެއެވެ. ޕްރިންސިޕަލުންނަށް ހިންގި މި ސްކޮލާޝިޕް ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޕްރިންސިޕަލުން ތަމްރީނުކުރުމުގެ މަޤްޞަދުގައި 2022 ވަނަ އަހަރު ސަރުކާރުން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މެލޭޝިއާގެ މަލާޔާ ޔުނިވާސިޓީގައި ކުރިޔަށްގެންދިޔަ “މާސްޓަރސް އޮފް އެޑިޔުކޭޝަނަލް މެނޭޖްމަންޓް” ކޯސް ފުރިހަމަކޮށް މި ޕްރޮގްރާމުގެ ފުރަތަމ...
ޔުމްނާ ޢަލީ
މާދަމާ އިސްލާމިކް ޔުނިވާސިޓީ ގައި ބާއްވާ އެމްއައިބީ އައިފެމް (މޯލްޑިވްސް އިސްލާމިކް ބޭންކް އިސްލާމިކް ފައިނޭންސް އެގްޒިބިޝަން އޮފް މޯލްޑިވްސް) އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށް އައިޔޫއެމް އިން ބުނެފިއެވެ. މި ދަތުރު ސްޕޮންސާކޮށްފައި ވަނީ ޔަލަމްލަމް ހައްޖް އެންޑް އުމްރާ ގްރޫޕްގެ ފަރާތުންނެވެ. މިއީ އިސްލާމިކް ފައިނޭންސަށް ޚާއްސަކޮށްގެ ރާއްޖޭގައި މިފަދަ އެގްޒިބިޝަނެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި އެގްޒިބިޝަން އޮންނާނީ އައިޔޫއެމްގެ ހޯލްގަ...
އަލީ އާދިލް
“ވެހޭތާ ފެން ނަގާށޭ” ބުނާ ފަދައިން ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. “ޝަޢުބާން މަހުގައި ހެޔޮ ޢަލަމުކުރުން” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ވަނީ ހެޔޮ އަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތް ކުރުމަށް ވެސް ނަސޭހަތްތެރިވެފައެވެ. އަދި ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ ގަސްދަކާއި ނުލާ ކުރެވޭ ފާފަތަކުން މާތްﷲ އަހަރެމެން ސަލާމަތް ކުރައްވާނެ ކަމެއްކަންވެސް ވަނީ ހަނދާން ކޮށްދީފައެވެ. މީގެ އިތުރުން މިފަދަ ބަރަކާތްތެރި މޫސުމެއްގައި...
މުޙައްމަދު އަފްރާޙް