ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާގެ ހަނދާނުގަައި ބާއްވާ ތައުބީންގެ ޖަލްސާ މިރޭ ގުރައިދޫގައި ބާއްވަން ނިންމައިފިއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ބުނީ ރިޟާގެ ތައުބީން ޖަލްސާ މިރޭ ގުރައިދޫގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ އަވަހާރަވީ 22 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ރިޟާ އަވަހާރަވީ […]
ޔުމްނާ ޢަލީ
ރޯދަމަހު އުފެދޭ ޑިމާންޑާ އެއްވަރަށް އެސްޓީއޯ އިން ތަކެތި ބާޒާރަށް ނެރޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކޮންމެ ހަފުތާއަކު ވެސް ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިއުވާން ވިދާޅުވީ ޑިމާންޑާ އެއްވަރަށް ބާޒާރަށް ތަކެތި ނެރެން އެސްޓީއޯ އިން ޖުމްލަ ހަ ޝިޕްމަންޓެއް ގެންނާނެ ކަމަށާއި އޭގެ ތެރޭގައި، ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ ފިޔާ، އަލުވި އަދި ބިސް ހިމެނޭ ކަމަށެވެ. އަދި […]
މުޙައްމަދު އަފްރާޙް
ސްޓެލްކޯގެ 4 މުވައްޒަފަކު މިއަހަރުވެސް ހައްޖާއި އުމްރާއަށް ފޮނުވަން ނިންމައި، އެ ފަރާތްތައް ގުރުއަތުން ހޮވައިފިއެވެ. އެފަރާތްތައް ހިވާފައިވަނީ ބުދަ ދުވަހުގެ ރޭ ކުޑަގިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ މިއަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށާއި، ރަމަޟާން މަހަށް މަރުހަބާ ކިއުމާއި އެ ކުންފުނިން ދޭ ހައްޖާއި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތެކެވެ. ސްޓެލްކޯ އިން ބުނީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުޞަތަށް އިޖާބަދ...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އިސްލާހު ކުރުމަށްޓަކައި ހައި ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ހުކުމް އިސްތިއުނާފްކުރަން ޔާމީންގެ ފަރާތްޕުޅުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އިސްތިއުނާފް އިސްލާހު ކުރުމަށްފަހު އަލުން ހުށަހަޅަން ޔާމީންގެ ވަކީލުންނަށް ކޯޓުން އެންގީ […]
ހުސައިން ހަބީބް
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުސައިން ރިޒާއަށް ދީފިއެވެ. ހުސައިން ރިޒާ އަކީ، އެ ދާއިރާ ތަމްސީލްކުރައްވަނިކޮށް އަވަހާރަވި މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ޕީޕީއެމްގެ މެމްބަރުންނަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލައްވާފައިވަނީ ވެސް ހުސައިން ރިޒާ އެކަންޏެވެ. ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި މިހައިތަނަށް ހުނ...
މުޙައްމަދު އަފްރާޙް
“ޤިބްލަ ހައްޖު އެންޑް އުމްރާ” ގެ ޑިސެމްބަރ މަހުގެ އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ އަގަކާއިއެކު ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖެއިން، އުމްރާ އަދި ހައްޖަށް މީހުން ގެންދާ ގްރޫޕުތަކުގެ ތެރެއިން ގިނަ ބައެއްގެ އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މި ގްރޫޕުން މިއަހަރުގެ ޑިސެމްބަރު މަހުގެ އުމްރާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 40 ޖާގައަށް އެދޭ ފަރާތްތަކުން ދައްކަޖެހެނީ 27،000 ރުފިޔާ ކަމަށް އެ ގްރޫޕުން ބުނެއެވެ. މިއީ 14 ދުވަހުގެ އުމްރާއެއް ކަމަށާއި އެ […]
މުޙައްމަދު އަފްރާޙް
މިއަހަރުގެ ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ފޭސް2 ގައި ދަރުހެއް ބާއްވަން ނިންމައިފިއެވެ. އެޗްޑީސީ އިން ބުނީ މި ދަރުސް ބާއްވަނީ “ރަމަޟާން މަހަށް އިސްތިޤްބާލު ކުރުން” މިނަމުގައި ކަމަށެވެ. އަދި ދަރުސް ދެއްވާނީ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ކަމަށެވެ. މި މާރޗު މަހުގެ 10 ވާ ހުކުރު ދުވަހުގެރޭ ހުޅުމާލެ ފޭސް 2 ގައި ހިޔާ ފިލެޓް އެޗް 12 ވަނަ ޓަވަރުގެ އުތުރުން […]
މުޙައްމަދު އަފްރާޙް
އިސްލާމިކް އިކޮނޮމިކްސްއާ ގުޅޭ ބައިނަލްއަގްވާމީ ކޮންފަރެންސް ފަށައިފިއެވެ. މި ކޮންފަރެންސް ކުރިއަށްދަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައެވެ. އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. މިނިސްޓަރ އަމީރު ވިދާޅުވީ އިސްލާމިކް ޓްރެޝަރީ މާކެޓް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށާއި އަމާޒަކީ އިސްލާމިކް ފައިނޭންސިންގެ ދާއިރާއިން ހުރި ފުރުސަތުތައް ބެލުން ކަމަށެވެ....
މުޙައްމަދު އަފްރާޙް
ފިރިހެނުންގެ ވިސްނުން ބަދަލުކޮށް މިންތީގެ ހަމަހަމަކަމަށް ޖާގަ ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަމުގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ވެސް ކުރާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓަރު ނަހުލާ އިސްނެންގެވުމުގެ މަތީން ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. އާންމުކޮށް އަންހެނުން ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެ...
ޔުމްނާ ޢަލީ
މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ވިދާޅުވެފައިވާ ގޮތުގައި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންކުރާ ލައިސަންސްގެ މުއްދަތު ހަމަވި ނަމަވެސް މިމަހުގެ ނިޔަލަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިއީ މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު މިގޮތައް ދައްމާލި ތިން ވަނަ ފަހަރެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އެ މުއްދަތު އެ...
ޔުމްނާ ޢަލީ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވައިފިއެވެ. މިއީ 2019 ވަނަ އަހަރަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައ...
މުޙައްމަދު އަފްރާޙް
އަންހެނުން އިސްނަގާ ތަންތަނުން ކާމިޔާބީ ފެންނަމުންދާ ކަމަށް ހާރިޖީ ވަޒީރު ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވަމުން ޝާހިދު ވިދާޅުވީ މިއަދު، އަޅުގަނޑުމެން މިފާހަގަކުރަނީ، އަދުގެ ދުނިޔެ ބައްޓަންކުރުމުގައި އަންހެނުން އަދާކޮށްފައިވާ ދައުރާއި އެމީހުންގެ ކާމިޔާބީތައް ކަމަށެވެ. އަދި، ކޮންމެ އަންހެނަކަށްވެސް އެމީހެއް...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގެ ފަރާތުން ވާދަ ކުރާނީ އެރަށު ފިޔާތޮށިގެ، އަލީ އާރިފް (އާރިއްޕެ) ކަމަށް ނިންމައިފިއެވެ. އެ ޕާޓީގެ އިލެކްޝަނާއި ބެހޭ ކޮމެޓީޏް އާރިފަށް ޓިކެޓް ދިނުމަށް ނިންމީ، ގުރައިދޫ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެޕްލިކޭޝަނަަށް ހުޅުވައިލުމުން ސުންގަޑި ހަމަވިއިރު، ފޯމާއި ލިޔެކިޔުންތައް ހުށަހަޅާފައިވަނީ އޭނާ އެކަނި ކަމަށްވާތީއެވެ. އާރިފަކީ ގުރައިދޫ ސްކޫލުގައި ލީޑި...
މުޙައްމަދު އަފްރާޙް
އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ އިތުރަށް ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހެދުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫޙުގެ ފަރާތުން ގޮވައިލައިފިއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ނެރުއްވި ބަޔާނުގައި ބުނީ މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ އަންހެނުން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަކޮށް އުފާފާޅުކުރުން ކަމަށެވެ. އަދި އަންހެނުންނަށް ހުރި ގޮންޖެހުންތައް...
މުޙައްމަދު އަފްރާޙް
ގދ. ފިޔޯރީގައި ހިންގާ ތަރައްގީގެ ބައެއް ކަންކަން ލަސްވާތީ، އެކަންކަން އަވަސް ކުރުމަށް ބޭނުންވާކަމަށް އެރަށު ކައުންސިލުން، ނައިބު ރައީސް ފައިސަލް ނަސީމުގެ އަރިހުގައި ދަންނަވައިފިއެވެ. އެ ކައުންސިލުން މިގޮތަށް ދެންނެވީ ނައިބު ރައީސް އާއެކު ފިޔޯރީ ކައުންސިލް މެންބަރުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނާއި ރަށުގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ކައުންސިލް...
މުޙައްމަދު އަފްރާޙް