ސްޕެޝަލް އޮލިމްޕިކްސް އޮފް މޯލްޑިވްސް (އެސްއޯއެމް) އިން ނަމާދު ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ.

'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން އެސްއޯއެމްގެ ޓެެކްނިކަލް / ސްޕޯޓްސް ޑިރެކްޓަރ އިބްރާހިމް ރަމީޒު (އިބޭ) ވިދާޅުވީ މިއީ ޕީސް ފައުންޑޭޝަނާއި ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެއް ކަމަށެވެ.

Ad
rt

މި ވޯކްޝޮޕްގައި ނަމާދުގެ ހަރަކާތްތަކާއި ނަމާދުގެ އެކިއެކި ކަންކަން ކުދިންނާއި ގުޅޭގޮތުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި މިއީ އެއްވެސް ފީއެއް ނުނަގާ ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ވޯކްޝޮޕުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިއަދު މެންދުރު 2 ޖެހުމާއި ހަމައަށް ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ވޯކްޝޮޕަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރޭވިފަ އޮތް ކަމެއް. މިއީ ފުރަތަމަ އަހަރު. އިރާދަކުރެއްވިއްޔާ ކޮންމެއަހަރަކުވެސް ދެން ކުރިއަށްދާނެ." އިބޭ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކޮންމެބައިވެރިއަކު ވެސް 4 ސެޝަން ހަމަކުރަން ޖެހޭ ކަމަށާއި ކޮންމެ ދުވަހަކުވެސް އޮންނާނީ އެއްގަޑިއިރުގެ ސެޝަނެއް ކަމަށެވެ.

އެގޮތުން ފުރަތަމަ ފުރަތަމަ ސެޝަން މި އޭޕްރިލް މަހުގެ 3 އަދި 4 ގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ ކަމަށް ވެސް އިބޭ ވިދާޅުވިއެވެ.