ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ޢައްޔަންކުރެއްވި މުޙައްމަދު އާޒާދަށް ރުހުން ހޯއްދެވުމަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އޭނާގެ ނަން މަޖިލީހަށް ހުށަހެޅުއްވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހެވެ.

Ad
rt

އާޒާދު، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލަރސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާއިރު، އޭނާއަކީ ސީއެފްއޭ ޗާޓަރ ހޯލްޑަރއެއއްވެސް މެއެވެ.

ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ މަޤާމާއި އެސްއޯއީ ފައިނޭންޝިއަލް ކޮންސަލްޓަންޓްގެ މަގާމު ވެސް ފުރުއްވާފައިވާ އާޒާދު ވަނީ ޚަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައެވެ.

މީގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑު މެމްބަރުކަމުގެ މަގާމު ވެސް ފުރުއްވާފައި ވެއެވެ.

ހަމަމިއާއެކު އެކައުންޓަންޓް ޖެނެރަލްގެ މަގާމު ފުރުއްވަމުންދާ އާޒާދުގެ އެކައުންޓަންޓް ޖެނެރަލްގެ މަސްއޫލިއްޔަތުގެ ތެރޭގައިި ދައުލަތުގެ ފައިސާ އާއި ހިސާބުތައް އަދި ހިސާބުތަކާއިގުޅޭ ލިޔެކިޔުންތައް ހިންގައި ބެލެހެއްޓުން ހިމެނެއެވެ.

އާޒާދުގެ ނަންފުޅު ދިރާސާކުރެއްވުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށެވެ.