މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 553 ވަނަ ޞަފްޙާ

އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް ރައީސް އެދިވަޑައިގެންފި

އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް ރައީސް އެދިވަޑައިގެންފި

ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި އެމަނިކުފާނު ވަނީ އީދުގައި އުފާ ފާޅުކުރާއިރު، މައިންބަފައިންނާ ބައްދަލުކޮށް، އިޙްތިރާމާއި އޯގާތެރިކަމާއެކު ޢީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށް އެދިވަޑައިގެންފައެވެ. އަދި އަނބިދަރިންނަށް ހަދިޔާ ދީ ލޯތްބާއި ކުލުނާއެކު އީދުގެ އުފާ ފާޅުކުރުމަށް ވެސް އެދިވަޑައިގެންފަަ...

މުޙައްމަދު އަފްރާޙް
"އެކި ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ސަފުތައް ރޫޅާލަން ކުރާ މަސައްކަތާ މެދު ސަމާލުވާން ޖެހޭ"

"އެކި ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ސަފުތައް ރޫޅާލަން ކުރާ މަސައްކަތާ މެދު ސަމާލުވާން ޖެހޭ"

އެކި ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ސަފުތައް ރޫޅާލަން ކުރާ މަސައްކަތާ މެދު ސަމާލުވުމަށް ހައްޖު ޚުތުބާގައި ގޮވައިލައިފިއެވެ. އަރަފާތު ބިމުން މިއަދުފެނިގެންދާ އެއްބައިވަންތަކަމާއި އެކުލުންތެރިކަމަކީ މުސްލިމު އުއްމަތުގެ އެއްބައިވަންތަކަން ރަމްޒު ކޮށްދޭ އަލިގަދަ ހެއްކެއްކަން ހުތުބާގައި ފާހަގަކުރައްވާފައިވާއިރު، ހައްޖުވެރިން، ހައްޖުގެ ރުކުންތައް އަދާކުރަމުންދާ އިރު، އެއްބައިވަންތަކަމާ އެކުގައި ހުރިހާ ކަމެއް ކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ. މީގެ އިތުރުން އުންމަތުގެ އެއްބައިވަންތަކަމަށް މަސ...

މުޙައްމަދު އަފްރާޙް
މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވަން ފަށައިފި

މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވަން ފަށައިފި

މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވަން ފަށައިފިއެވެ. އެ ކައުންސިލުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއަދު މެންދުރުފަހުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވަން ފަށާފައިވާ ކަމަށެވެ. ސްމާޓް ސްޓްރީޓް ލައިޓުތަކުން ތަކުބީރު އިއްވުމަށް ނިންމާފައިވަނީ މިއަދު ހަވީރު 4:15 ން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8:15 ން 10 ޖަހަންދެނެވެ. މާދަމާ ހެނދުނު 6 ން 7:25 އަށް އަދި 8:15 ން […]

މުޙައްމަދު އަފްރާޙް
ޖެންޑާ މިނިސްޓްރީއަށް މޭ މަހު 306 މައްސަލަ ރިޕޯޓުކޮށްފައިވޭ

ޖެންޑާ މިނިސްޓްރީއަށް މޭ މަހު 306 މައްސަލަ ރިޕޯޓުކޮށްފައިވޭ

މިއަހަރުގެ މޭ މަހު 306 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ. ކޮންމެ މަހަކު ވެސް ނެރޭ ތަފާސް ހިސާބުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 132 މައްސަލަ މޭ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަ ކަމަށާއި އެގޮތުން މިބާވަތުގެ 31 މައްސަލަ މޭ މަހު ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ. މީގެ […]

މުޙައްމަދު އަފްރާޙް
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރު ރޭވުމަށް ކޯސްޓު ގާޑުން އިލްތިމާސްކޮށްފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރު ރޭވުމަށް ކޯސްޓު ގާޑުން އިލްތިމާސްކޮށްފި

މޫސުމަށް ސަމާލުވެ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިގެން ދަތުރުކުރުމަށް، އެމް.އެން.ޑީ.އެފްގެ ކޯސްޓު ގާޑުން އިލްތިމާސް ކުރައްވައިފިއެވެ. އެ އިދާރާ އިން މިގޮތަށް އިލްތިމާސް ކޮށްފައި މިވަނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި، ޗުއްޓީ ދުވަސްވަރުކަމަށްވާތީ ގިނަ ބަޔަކު އެކި ރަށްރަށަށް ކަނޑުމަގުން ދަތުރުކުރަމުން ދާތީއެވެ. ދައުލަތުގެ މީޑިއާގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމް.އެން.ޑީ.އެފް ކޯސްޓު ގާޑްގެ ފަސްޓް ސާޖަންޓް އިބްރާހިމް ނިޝްރީން ވިދާޅުވީ މި ދުވަސްވަ...

މުޙައްމަދު އަފްރާޙް
މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ ސަަރަހައްދުތައް ބަންދުކުރަނީ

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ ސަަރަހައްދުތައް ބަންދުކުރަނީ

މިއަހަރުގެ އަޟުހާ އީދު ނަމާދު މާލޭގައި ބޮޑު ޖަމާއަތުގައި ކުރާ ސަރަހައްދުތައް ބަންދު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމަވައިފިއެވެ. އެ އިދާރާއިން ވިދާޅުވީ މާދަމާ ހެނދުނު 6 ން 8:30 އަށް ބޮޑު ޖަމާއަތުގައި ނަމާދުކުރާ ސަރަހައްދުތަކުން ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުތައް އަންގައިދޭ ޗާޓެއް ނެރުއްވާފައިވާއިރު، އެ ޗާޓުގައި ފިިރިހެނުންނަށް ހާއްސަ ސަރަހައްދާއި އަންހެނުންނަށް ހާއްސަ ސަރަހައްދާއި ވެހިކަލް ޕާކު ކުރެވޭނެ ސަރަހައްދާއި ޕާކު ނުކުރެވޭނެ ސަރަހައްދު ވެސް ފާހަގަކު...

މުޙައްމަދު އަފްރާޙް
''މާފަރުން ފެނުނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން''

''މާފަރުން ފެނުނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން''

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދުން ޖަނަވާރެއް ފެނިގެން އިއްޔެ އާންމުވި ވީޑިއޯއިން ފެންނަނީ މިނިކާވަގެއް ފަދަ ޖަނަވާރެއްނޫން ކަމަށް މާފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. މާފަރު ކައުންސިލުން މިއަދު ވިދާޅުވީ، އެރަށު އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދުން މިނިކާވަގެއް ފަދަ ޖަނަވާރެއްކަމަށް ބެލެވޭ އެއްޗެއް ފެނިގެން ސިފައިން ބެލިބެލުމުން މިހާތަނަށް މިނިކާވަގެއްފަދަ ޖަނަވާރެއް ފެނިފައެއް ނުވެއެވެ. އަދި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގެއްލުންދެނިވި ޖަނަވާރެއް ކަމަށް ނުބެލެވޭ ކަމަށް ސިފައިނ...

ޔުމްނާ ޢަލީ
ގޯތި ލިބޭ މީހުން ޢިއުލާން ކުރީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އިދިކޮޅު

ގޯތި ލިބޭ މީހުން ޢިއުލާން ކުރީ އިންތިޚާބަށް ނުފޫޒު ފޯރުވަން: އިދިކޮޅު

ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްކަމަށާއި، މިސަރުކާރުގެ 20000 ފްލެޓްގެ ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ވެސް ނެތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިހެން ބުނީ “ބިންވެރިޔާ ސްކީމް”ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ މީހުންގެ ވަގުތީ ލިސްޓު އާންމުކުރުމުން ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް، މާލޭ ސަރަޙައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް...

މުޙައްމަދު އަފްރާޙް
"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރެފި

"ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރެފި

“ބިންވެރިޔާ ސްކީމް”ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުން ހިމެނޭ، ވަގުތީ ލިސްޓް ސަރުކާރުން މިއަދު ޢާންމު ކުރައްވައިފިއެވެ. މި ވަގުތީ ލިސްޓް މިހާރު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19858 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައިކަމަށް ސަރުކާރުން މިއަދު ވަނީ ވިދާޅުވެފައެވެ. ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅައިފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފު...

ޔުމްނާ ޢަލީ
ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިފަހަރު 10314 މީހަކަށް ގޯތި ލިބޭނެ: ސަރުކާރު

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިފަހަރު 10314 މީހަކަށް ގޯތި ލިބޭނެ: ސަރުކާރު

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މިފަހަރު 10314 މީހަކަށް ގޯތި ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކުރުމުގެ މައުލޫމާތު ހިއްސާކުރުމަށް މިހާރުކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރާ ފަރާތްތަކުގެ ވަގުތީ ލިސްޓު...

މުޙައްމަދު އަފްރާޙް
"ބިންވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާ ކުރުން މިއަދު ހަވީރު

"ބިންވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާ ކުރުން މިއަދު ހަވީރު

“ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު އާންމުކުރައްވާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ “ބިންވެރިޔާ” މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތީގެ މައުލޫމާތު ހިއްސާކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު އޮންނާނެ ކަމަށެވެ. މިއަދު ހަވީރު 4 ޖަހާއިރު، ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތޫ ހިއްސާ ކުރައްވާނީ ގެދޮރުވެރިކަމާއި ބެހޭ ވަޒީރު މުހައްމަދު އަސްލަމް އާއި ގެދޮރުވެރިންގެ ކޮމިޓީގެ މެންބަރުން ކަމަށް ވެސް ވިދާޅުވެއެވެ. އެހެންނަމަވެސް އިތުރ...

މުޙައްމަދު އަފްރާޙް
ފުޓްބޯޅައިގެ ވަސީލަތްތައް ގާއިމުރަން ކުރިން އެއްވެސް ބަޔަކު ނުކުރާހާ މަސައްކަތް ކޮށްފިން: މަހްލޫފް

ފުޓްބޯޅައިގެ ވަސީލަތްތައް ގާއިމުރަން ކުރިން އެއްވެސް ބަޔަކު ނުކުރާހާ މަސައްކަތް ކޮށްފިން: މަހްލޫފް

ބަންގްލަދޭޝްއަތުން ރާއްޖެ ބަލިވުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، ކަން އެހެން ދިމާވި ނަމަވެސް ފުޓުބޯޅައިގެ ވަސީލަތްތައް ޤާއިމުކުރުމަށް މީގެކުރިން އެއްވެސް ބަޔަކު ނުކުރާ މަސައްކަތް މިސަރުކާރުން ވާނީކޮށްފައި އަދި އެދަނީ ކުރަމުން ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ބަންގަބަންދު ޗެމްޕިއަންޝިޕް 2023 ގައި ރާއްޖޭން ކުޅުނު ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ބަންގްލަދޭޝް އިން ފަހަތުން އަރައި 3-1 އިން ވަނީ ރާއްޖެ ބަލިކޮށްފައެވެ. މި ނަތީޖާއާއި […]

ޔުމްނާ ޢަލީ
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން ދީފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން ދީފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ. އެ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމް.ޑީ.ޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދު...

މުޙައްމަދު އަފްރާޙް
ޖާބިރު އެމްޑީޕީއަށް ސޮއި ކޮށްފި

ޖާބިރު އެމްޑީޕީއަށް ސޮއި ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެމްޑީޕީ އަށް ސޮއި ކުރެއްވީ މިއަދުއެވެ. އަދި މެމްބަރުކަމުގެ ފޯމު، ހަވާލުކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއެވެ. ޖާބިރު އެމްޑީޕީއަށް ސޮއި ކުރައްވަން ވަޑައިގެންނެވިއިރު، ޒުވާން ގްރޫޕަކުން ބޮޑު ބެރު ޖެހުމުގެ ހަރަކާރެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޖާބިރު އެމްޑީޕީއަށް ސޮއި ކުރައްވާފައި މިވަނީ، އެ ޕާޓީއަށް ވަނުމަށް އެމްޑީޕީގެ ޗެއާޕާސަ...

މުޙައްމަދު އަފްރާޙް
އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭން ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއްފަހަރާ މައާފުކޮށްދޭނަން: ގާސިމް

އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭން ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއްފަހަރާ މައާފުކޮށްދޭނަން: ގާސިމް

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވެޖެނަމަ ހުޅުމާލޭން ރައްޔިތުންނަށް ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއްފަހަރާ މައާފުކޮށްދެއްވާނެ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޤާސިމްގެ ވާހަކާގައި ހުޅުމާލޭގައި ހިންގަމުންދާ ބޯހިޔާވަހި ކަމުގެ މަޝްރޫޢުއާއި ގުޅޭގޮތުން ވިދާޅުވީ، އެއް ބަޔަ...

ޔުމްނާ ޢަލީ