މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 555 ވަނަ ޞަފްޙާ

މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން: ނަޝީދު

މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން: ނަޝީދު

މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ކުރިއަށްދާއިރު، ރިޔާސަތުގައި އިންނަވައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވާ ކަމަށް ކުރިން ވިދާޅުވިޔަސް މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. މަޖިލިސް ބަލަހައްޓަވަމުން ގެންދެވި ވިލުފުށީ ދާއިރާގެ މެންބަރު ރައީސް ސާލިހު...

މުޙައްމަދު އަފްރާޙް
އޭސީސީއަށް ހާޒިރު ކުރީ އަގުވައްޓާލާ ތާއީދު ކަނޑުވާލަން: ނާޒިމް

އޭސީސީއަށް ހާޒިރު ކުރީ އަގުވައްޓާލާ ތާއީދު ކަނޑުވާލަން: ނާޒިމް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާ ހާޟިރުކޮށްފައިވާ ކަމަށާއި، އެކަން ކޮށްފައި ވަނީ އޭނާ ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަނެފައިވާތީ އަގުވައްޓާލައި، ތާއީދު ކަނޑުވާލުމަށް ސިޔާސީ ބަޔެއްގެ ނުފޫޒުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ އޭނާ މިއަދު އާންމު ކުރެއްވި ބަޔާނެއްގައ...

ޔުމްނާ ޢަލީ
މާލޭ ސިޓީ ޑަބްލިއުޑީސީގެ ޚިދުމަތަށް ދެ އަހަރު ފުރުން ފާހަގަކޮށް 13 ބޭފުޅަކަށް ރަނި އެވޯޑު 

މާލޭ ސިޓީ ޑަބްލިއުޑީސީގެ ޚިދުމަތަށް ދެ އަހަރު ފުރުން ފާހަގަކޮށް 13 ބޭފުޅަކަށް ރަނި އެވޯޑު 

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޚިދުމަތަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޖަލްސާއެއް ބާއްވައި، 13 ބޭފުޅަކަށް ރަނި އެވޯޑު ދީފިއެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއެވެ. މި ހަފްލާގައި މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުން ބާރުވެރިކޮށް އެކަނބަލުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށް ހިތްވަރު ދިނުމަށްޓަކައި “ރަނި އެވޯޑް”ގެ ނަމުގައި އެވޯޑެއް ދީފައިވާއިރު، މި އެވޯޑު 13 ބޭފުޅަކަށް ވަ...

ޔުމްނާ ޢަލީ
މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން، ރައްޔިތުންގެ އަޑު އިއްވަން ފުރުސަތު ލިބެންޖެހޭ: ޝިޔާމް

މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން، ރައްޔިތުންގެ އަޑު އިއްވަން ފުރުސަތު ލިބެންޖެހޭ: ޝިޔާމް

ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިޔަ ނުދީ، މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން ކަމަށާއި، އެހެންކަމުން ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ބަންދުވެފައިވާތީ އެ ފުރުސަތު ލިބެންޖެހޭކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މަޖިލިހީގެ ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހަޅައި، ގޮތެއް ނުނިމި އުޅެނިކޮށް މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލަ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (...

ޔުމްނާ ޢަލީ
މޮޅަދޫގައި ބޭއްވި ވޮލީ ކޭމްޕު ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފި

މޮޅަދޫގައި ބޭއްވި ވޮލީ ކޭމްޕު ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދީފި

ހއ. މޮޅަދޫގައި ބޭއްވި ވޮލީ ކޭމްޕު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. އެރަށު ކައުންސިލާއިި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕު ބާއްވާފައިވަނީ ޖޫން 4 ން 18 ގެ ނިޔަލަށެވެ. މޮޅަދޫ ކައުންސިލުން ވިދާޅުވީ މި ކޭމްޕުގައި 37 މީހަކު ބައިވެރިވެފައިވާ ކަމަށާއި އޭގެތެރޭގައި 3 ފިރިހެނުން ފިޔަވައި ދެން މުޅިން ވެސް ހިމެނެނީ އަންހެނުން ކަމަށެވެ. އަދި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މައުމޫރު މުހައްމަދު ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
ނަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފި

ނަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ. އެޕާޓީން ވަކިވެވަޑައިގަތުމަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ މި ވަގުތު ރާއްޖޭގައި ކަންކަން ހިންގަމުންދާ ގޮތަށް ބަލައި، އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާތީ ޕާޓީން ވަކިވާ ކަމަށެވެ. އެޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވަނީ 20 އަހަރު އެމްޑީޕީއަށް ހިދުމަތްކޮށްދެއްވާފައެވެ. އެމްޑީޕީ ތަމްސީލު ކުރައް...

މުޙައްމަދު އަފްރާޙް
ޤާސިމަށް ދަތިކުރީމަ ރައްޔިތުންނާއި ގައުމަށް ވެސް ދަތިވާނެކަން ދަންނަންވާނެ: އާރިފް

ޤާސިމަށް ދަތިކުރީމަ ރައްޔިތުންނާއި ގައުމަށް ވެސް ދަތިވާނެކަން ދަންނަންވާނެ: އާރިފް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމަށް ދަތިކުރުމުން އެ ދަތިކަން ރައްޔިތުންނާއި ޤައުމު ވެސް ތަހައްމަލުކުރަންޖެހޭނެކަން އެކަންކުރާ ބަޔަކު ދަންނަންޖެހޭނެ ކަމަށް އެ ޕާޓީގެ  ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ. ޖޭޕީން ރޭ ވަނީ ވެރިރަށް މާލޭ ސަލްޓަންޕާކުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ކެމްޕޭން ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާއާއި ވައިކަރަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރުކަން ވެސް […]

ޔުމްނާ ޢަލީ
މި ވަގުތު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންގެ ބޯހިޔާވަހިކަމަށް: ރައީސް

މި ވަގުތު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސިފައިންގެ ބޯހިޔާވަހިކަމަށް: ރައީސް

މި ވަގުތުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިފައިންގެ ބޯހިޔާވަހިކަމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރުމުގެ މުނާސަބާތާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސިފައިންނަކީ ވަރަށް ބުރަ މަސައްކަ...

މުޙައްމަދު އަފްރާޙް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކު ނިޔާވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކު ނިޔާވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް 1 ހިތިގަސްމަގު، ޕްލެޓިނަމް ކައިރީ ދެ ކާރު ޖެހި، އެތަނުން އެއްކާރު ކޮންޓްރޯލު ނުވެ، ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 5:47 ހާއިރު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި 3 މީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެތަނުން އެކަކު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދ...

މުޙައްމަދު އަފްރާޙް
ފުލުހުން އެންގުމުން މަޑުނުކޮށް ދިޔަ މީހަކަށް 21,000 ރުފިޔާގެ ޖޫރިމަނާއެއް

ފުލުހުން އެންގުމުން މަޑުނުކޮށް ދިޔަ މީހަކަށް 21,000 ރުފިޔާގެ ޖޫރިމަނާއެއް

ފުލުހުންގެ ޗެކް ޕޮއިންޓަކަށް މަޑުކުރަން އެންގުމުން މަޑުނުކޮށް ސައިކަލުގައި ދިޔަ މީހަކު 21,000 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކޮށްފި އެވެ. ނ. ހޮޅުދޫ މީހެއްގެ މައްޗަށް އެ ހުކުމް އައީ އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަހަރުގެ އޭޕްރީލް މަހު ފުލުހުންނަށް މަގުމަތިން އޭނާ ފެނިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދިއުމުންނެވެ. އޭނާގެ މައްޗަށް ސާބިތުވީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެރަށު ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ...

ހުސައިން ހަބީބް
ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ހުޅަނގު އައްސޭރީގައި އޮންނަ ޖެނިން ސިޓީއަށް އިސްރާއީލު ސިފައިން އިއްޔެ ދިން ހަމަލާތައް ކުށްވެރިކޮށް ރާއްޖޭގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ވިދާޅުވީ އިސްރާއީލްގެ އެ ހަމަލާތަކުގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކަށް ކުދި އަނިޔާވެފައިވާތީ، އެކަން ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތ...

މުޙައްމަދު އަފްރާޙް
ސްޓެލްކޯ އިން ވިސްނަނީ ލިބޭ ފައިދާއަކަށް ނޫން، އިހްލާސްތެރި ހިދުމަތެއް ދިނުމަށް: ޝަރީފް

ސްޓެލްކޯ އިން ވިސްނަނީ ލިބޭ ފައިދާއަކަށް ނޫން، އިހްލާސްތެރި ހިދުމަތެއް ދިނުމަށް: ޝަރީފް

ސްޓެލްކޯ އިން ވިސްނަނީ ލިބޭ ފައިދާއަކަށް ނޫން ކަމަށާއި އިހްލާސްތެރި ހިދުމަތެއް ދިނުމަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އެ ކުންފުންޏަށް 26 އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ ސްޓެލްކޯ އިން ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެކަން ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. ޝަރީފް ވިދާޅުވީ ބޭނުން ނުކުރާ ކަރަންޓަކަށް ކުރިންވެސް، މިހާރު ވެސް އަދި ކުރިމަގުގައި ވެސް އެ ކުންފުނިން ބިލު […]

މުޙައްމަދު އަފްރާޙް
ކޭއާރްއެޗުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފި

ކޭއާރްއެޗުގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފި

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)ގައި ކީމޯތެރަޕީގެ ހިދުމަތް ފެށުމަށް ތައްޔާރުވެ، ނަންނޯޓު ކުރުމަށް ހުޅުވާލައިފިއެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ނަންނޯޓު ކުރުމަށް ހުޅުވާލައިފައިވަނީ މި ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. ކޭއާރްއެޗް ގެ މީޑިއާ އޮފިސަރ، މުހައްމަދު މޫސާ ‘ތިލަދުން’ އަށް ވިދާޅުވީ މި ހިދުމަތަށް އެދުމަށް ނަންނޯޓު ކުރުމަށް ހުޅުވައިލުމުން އެދެވޭ ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. ކެންސަރަަށް ފަރުވާ ހޯދާ ފަރާތްތަކަށް ދޭ ކީމޯތެރަޕީގެ ހިދުމަތް އެސަރަހައްދުގެ ރައްޔިތުނ...

މުޙައްމަދު އަފްރާޙް
ޕީޕީއެމްގެ ކެލާ ދާއިރާގެ ކުރީގެ ރައީސް ޣާލިބާއެކު އެޕާޓީގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީ އަށް!

ޕީޕީއެމްގެ ކެލާ ދާއިރާގެ ކުރީގެ ރައީސް ޣާލިބާއެކު އެޕާޓީގެ ގިނަ މެމްބަރުންތަކެއް އެމްޑީޕީ އަށް!

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ޣާލިބާއެކު ޕިޕީއެމްގެ ގިނަ މެމްބަރުންތަކެއް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ (އެމްޑީޕީ) އާ ގުޅިއްޖެއެވެ. ޣާލިބު އެމްޑީޕީއަށް ސޮއިކުރައްވައި ފޯމު ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު އަދި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ހާޒިރުގައެވެ. އެމްޑީޕީއާ ގުޅުނުކަން ހާމަކުރައްވައި ޣާލިބު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ އޭނާ މިއަދު އެމްޑީޕީ އަށް ސޮއި ކުރައްވާފައިވާ ކަމަށާއި ޕީޕީއެމްގައި އޭނާއާއެކ...

މުޙައްމަދު އަފްރާޙް
"ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީ"

"ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީ"

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި އެ ޙައްޤުތަކަށް ވަކާލާތުކުރުމަކީ މި ސަރުކާރުގެ އެންމެ އިސްކަންދޭ އެއް ޕޮލިސީ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. “ރީޖަނަލް ކޮންސަލްޓޭޝަން އޮފް ޗައިލްޑް ރައިޓްސް އިންސްޓިޓިއުޝަންސް އޮފް ސައުތު އޭޝިއާ” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ ރާއްޖެއިން 1991 ވަނަ އަހަރު ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (ސީ.އާރް.ސީ) ގައި ބައިވެރިވުމަށްފަހު ކުޑަކުދިންގެ ޙައ...

މުޙައްމަދު އަފްރާޙް