މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢިޝާ ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 542 ވަނަ ޞަފްޙާ

އެއް ކެންޑިޑޭޓެއް ނެރުމަށް ޖޭޕީ، ޑިމޮކްރެޓިކްސް އަދި އެމްއެންޕީ އެއްބަސްވުމަކަށް

އެއް ކެންޑިޑޭޓެއް ނެރުމަށް ޖޭޕީ، ޑިމޮކްރެޓިކްސް އަދި އެމްއެންޕީ އެއްބަސްވުމަކަށް

ޕްރޮގްރެސިވް ކޯލިޝަނުން ރުހިއްޖެނަމަ، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް އެއްބަސްވެއްޖެއެވެ. މިގޮތަށް އެއްބަސްވެފައި މިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ބައްދަލު ކުރެއްވުމަށްފަހުގައެވެ. ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫ...

މުޙައްމަދު އަފްރާޙް
ނަޝީދާއި ނާޒިމް އަދި ގާސިމް ގެ ބައްދަލުވުމެއް ފަށައިފި

ނަޝީދާއި ނާޒިމް އަދި ގާސިމް ގެ ބައްދަލުވުމެއް ފަށައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ގެ ބައްދަލުކުރެއްވުމެއް  ފަށައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދާނީ ޖުމްހޫރީ ޕާޓީގެ މައި ހަރުގެ މ. ކުނޫޒުގައެވެ. މި ބައްދަލުވުން ފެށީ މިއަދު 13:15 ހާއިރުއެވެ. މި […]

މުޙައްމަދު އަފްރާޙް
ކޮންމެ އުމުރާނީ މަސައްކަތަކުން ރައްޔިތުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ: ނަޝީދު

ކޮންމެ އުމުރާނީ މަސައްކަތަކުން ރައްޔިތުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ: ނަޝީދު

ކޮންމެ އުމުރާނީ މަސައްކަތަކުން ރައްޔިތުންގެ އާމްދަނީއަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ “ފަސޭހަ ވިޔަފާރި” ސިޔާސަތު ލޯންޗްކުރުމަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ތުޅާދޫ ގައި ވާހަކަފުޅުު ދައްކަވަމުންނެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ރާއްޖޭގައި މިހާރުގެންގުޅޭ އުސޫލު ގޯސްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ބޮޑެތި އުމްރާނީ މަސައްކަތްތަ...

މުޙައްމަދު އަފްރާޙް
މަޖިލީހަށް މެމްބަރުން އިތުރުކުރުމަށް ތާއީދެއް ނުކުރަން: ނާޒިމް

މަޖިލީހަށް މެމްބަރުން އިތުރުކުރުމަށް ތާއީދެއް ނުކުރަން: ނާޒިމް

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިތުރުކުރުމަށް ތާއީދު ނުކުރައްވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއުރާތަކުގެ އަދަދު އަންނައަހަރު އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވުމާއި ގުޅިގެންނެވެ. ނާޒިމް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވާ ގޮތަށް އޮންނަ އޮތުމަކީ އެއްގޮތަކަށް ވެސް...

މުޙައްމަދު އަފްރާޙް
އަމާޒު ހިފަންވީ އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތު ކުރުމަށް: ރައީސް

އަމާޒު ހިފަންވީ އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތު ކުރުމަށް: ރައީސް

ގައުމީ ތަރައްގީގެ މުޅިން އައު ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ މަތީގައި ގައުމު ބިނާކުރުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހިޖްރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެ މެސެޖުގައި ވިދާޅުވީ އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިގްތިސާދީ ގޮތުންނާއި އިޖުތިމ...

މުޙައްމަދު އަފްރާޙް
ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން މާއްޓޭ އިސްތިއުފާ ދެއްވައިފި

ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން މާއްޓޭ އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ (އެމްޑީ) ގެ މަގާމުގައި ހުންނެވި މައުރޫފް އަހްމަދު (މާއްޓޭ) އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ޕްރައިވަޓަޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑަށް ފޮނުއްވި ސިޓީ ވަނީ އާންމުވެފައެވެ. އެ ސިޓީގައި މާއްޓޭ ވިދާޅުވެފައިވަނީ މިއަދުން ފެށިގެން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމުން އިސްތިއުފާ ދެއްވައިފިން ކަމަށެވެ. އެހެންނަމަވެސް ސަބަބެއް ހާމައެއް ނުކުރައްވައެވެ. މާއްޓޭގެ ސިޓީގައި ދި...

މުޙައްމަދު އަފްރާޙް
އަމީން ޕީއެޗްޑީ ހާސިލް ކުރަށްވައިފި

އަމީން ޕީއެޗްޑީ ހާސިލް ކުރަށްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު އަމީން އިބްރާޙީމް ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) ހާސިލް ކުރަށްވައިފިއެވެ. ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރެއްވި އަމީން ޕީއެޗްޑީ ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް (ޔޫޑަބްލިޔުޓީއެސްޑީ) އިންނެވެ. ދިވެހި އަދަބިއްޔާތަށް ވެސް ޚިދުމަތް ކުރައްވާފައިވާ އަމީން ޕީއެޗްޑީ ހާސިލްކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. އަމީން މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އަމީނަށް ޑޮކްޓަރޭޓް ސެޓްފ...

ޔުމްނާ ޢަލީ
ވ. ތިނަދޫގެ އައު އިންޖީނުގެ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި

ވ. ތިނަދޫގެ އައު އިންޖީނުގެ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި

ވ. ތިނަދޫގެ އައު އިންޖީނުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިފިއެވެ. މި އިންޖީނުގެ އަޅާފައިވަނީ ތިނަދޫގައި ކުރިން ކަރަންޓުގެ ހިދުމަތްދެމުންގެންދިޔަ އިންޖީނުގެ އާންމުން ދިރިއުޅޭ ހިސާބެއްގައި ހުރުމުން އިންޖީނުގެ ދުމާއި، އަޑުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށާއި، އަދި ފަތުރުވެރިންނަށްވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދިއުމާއި ގުޅިގެން، އެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކަމަށް ސްޓެލްކޯ އިން ބުނެފައިވެއެވެ. ސްޓެލްކޯއިން އެ ރަށުގެ ކަރަންޓްގެ ކަންތައ...

އަލީ އާދިލް
ކުނި މެނޭޖުކުރުމަށް 30 މިލިއަން ރުފިޔާގެ އެހީ ކައުންސިލްތަކަށް ސަރުކާރުން ދީފި

ކުނި މެނޭޖުކުރުމަށް 30 މިލިއަން ރުފިޔާގެ އެހީ ކައުންސިލްތަކަށް ސަރުކާރުން ދީފި

ކައުންސިލްތަކަށް ކުނި މެނޭޖުކުރުމަށް 30 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ދީފިއެވެ. މިއީ ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލުތަކަށް ސަރުކާރުން ދޭ އެހީގައި މިއަހަރަށް ބަޖެޓުގައި ހިމަނާފައިވާ 30،800،000 ރުފިޔާއެވެ. މި އެހީ ކައުންސިލްތަކާއި ހަވާލުކުރުމަށް ތިމާވެެއްޓާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާމިންތު ޝައުނާ ވިދާޅުވީ މި އެހީގެ ސަބަބުން ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށާއި އެކަމަށް ކުރާ ހަރަދުތައް ފޫބެއްދޭނެ ކަމަށެވެ. މިއީ މިފައިސާ ފޯރ...

މުޙައްމަދު އަފްރާޙް
އެމްއެންޕީގެ ސަރުކާރެއްގައި ވިޔަފާރި ދާއިރާއަށް ޒުވާނުން ނެރެ ތަމްރީން ކުރާނަން: ނާޒިމް

އެމްއެންޕީގެ ސަރުކާރެއްގައި ވިޔަފާރި ދާއިރާއަށް ޒުވާނުން ނެރެ ތަމްރީން ކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ވިޔަފާރި ދާއިރާއަށް ޒުވާނުން ނެރެ ތަމްރީން ކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. “ވިޔަފާރި 101 ވިތް ނާޒިމް” ނަމުގައި ސަލްޓަންޕާކުގައި ބޭއްވި ހާއްސަ އިވެންޓެއްގައި އޭނާގެ ސަރުކާރެއްގައި ވިޔަފާރި ފެށުމަށް ސްޓާޓަޕް ލޯނު ދޫކުރާނެ ކަމަށާއި ވިޔަފާރި ލޯނުތައް ދޫކުރުމުގައި އެއްވެސް ތަފާތުކުރެއް ނެތި ހަމަހަކަމާއެކު އެކަން ކުރައްވާނެ ކަމަށެވެ. އަދި ސިޔާސީ ބޭފުޅުން ދޮގުހ...

މުޙައްމަދު އަފްރާޙް
ޑިމޮކްރެޓުންގެ "ފަސޭހަ ވިޔަފާރި ސިޔާސަތު" ލޯންޗު ކުރަން 36 ރަށަކަށް

ޑިމޮކްރެޓުންގެ "ފަސޭހަ ވިޔަފާރި ސިޔާސަތު" ލޯންޗު ކުރަން 36 ރަށަކަށް

“ދަ ޑިމޮކްރެޓްސް”ގެ “ފަސޭހަ ވިޔަފާރި” ސިޔާސަތު މިއަދު 36 ރަށެއްގައި އިފްތިތާހުކުރުމަށް ނިންމައި، ޓީމުތައް އެރަށްތަކަށް ދަތުރު ފަށައިފިއެވެ. މި ދަތުރުގައި މިމަހު 13 ވަނަ ދުވަހު އެ ޕާޓީއަށް ސޮއި ކުރެއްވި ރައްޔިތުންގެ މަޖިލިސްގެ ރައީސް، އެމްޑީޕީގެ ކުރީ ރައީސް މުޙައްމަދު ނަޝީދު ވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންމެވެ. މިގޮތުން ނަޝީދު މިހާރު ގެންދަވަނީ ބ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. ދަ ޑިމޮކްރެޓްސްގެ “ފަސޭހަ ވިޔަފާރި” ސިޔާސަތު އިފްތިތާހުކުރުމުގެ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައ...

ޔުމްނާ ޢަލީ
ފުއްގިރި މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން ސިޔާމާއި މައުރޫފް ދެކޮޅު ހަދައިފި

ފުއްގިރި މައްސަލާގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދޭން ސިޔާމާއި މައުރޫފް ދެކޮޅު ހަދައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީނާއި ސަން ކުންފުނީގެ މައްޗަށް ކުރާ ދައުވާގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ހެކިބަސް ދެއްވަން ދެކޮޅު ހައްދަވައިފި އެވެ. ފުއްގިރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މި މައްސަލާގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާކުރެ އެވެ. މި މައްސަލާގައި […]

ހުސައިން ހަބީބް
ގާސިމާއި ނާޒިމްގެ ބައްދަލުވުމެއް

ގާސިމާއި ނާޒިމްގެ ބައްދަލުވުމެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރ، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ބައްދަލު ކުރައްވައިފިއެވެ. ޤާސިމާއި ނާޒިމަކީ ވެސް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންގެ ނުރަސްމީ ކެމްޕޭން ވެސް ވަނީ މިހާރު ފަށާފައެވެ. މި ދެ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ޤާސިމްގެ ވިލާ ޕާކު (ސަން އައިލެންޑު ރިސޯޓު) […]

ޔުމްނާ ޢަލީ
ރަނިންމޭޓް ކަމަށް ފަޔާގެ ޝައުގެއް ނެތް

ރަނިންމޭޓް ކަމަށް ފަޔާގެ ޝައުގެއް ނެތް

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް (ފަޔާ) މިއަދު ވިދާޅުވެއްޖެއެވެ. ފަޔާ މިހެން ވިދާޅުވީ، ”ރައީސް ސޯލިހުގެ ރަނިންމޭޓު ހޮވަން މި ފަހަރު ވެސް ގަދަ ހިފުމަކަށް” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާކުރައްވަމުންނެވެ. އެ ޚަބަރުގައި ރައީސް ޞާލިޙް ރަނިން ރަނިންމޭޓަކަށް ނަންގަވާފާނެ ކަމަށް ލަފާކުރެވޭ...

ޔުމްނާ ޢަލީ
ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް

ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް

ށ. ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އަދި އެގްރޯނެޓް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިކަމާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން ޅައިމަގު އެސިސްޓެންޑް ކައުންސިލް އެގްޒެކެޓިވް އަހްމަދު ޝިނާން ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށްދާނީ މިޖުލައި މަހުގެ 22 ން ފެށިގެން 27 ގެ ނިޔަލަށް ކަމަށެވެ. އަދި މިއީ އެއްވެސް ފީ އެއް ނެގުމަކާއި ނުލާ ކުރިއަށް...

މުޙައްމަދު އަފްރާޙް