ރިޔާސީ އިންތިހާބު: މިހައިތަނަށް 2000 އަށް ވުރެ ގިނަ މީހުން ރީރެޖިސްޓްރީކޮށްފި
މިއަހަރުގެ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ މީހެއްގެ އަމިއްލަ ރަށް ނޫން އެހެން ރަށަކުން ވޯޓުލާނަމަ، އެ ރަށަކަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވައިލުމުން މިހައިތަނަށް 2000 އަށްވުރެ ގިނަ މީހުން (ފޯމު) ރީރެޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮމިޝަނުން ވިދާޅުވީ ރީރެޖިސްޓްރޭޝަނަށް ހުޅުވައިލުމުން ފުރަތަމަ ހަތް ދުވަހު 3،400 އަށްވުރެ ގިނަ ފަރާތުން ރީ-ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ކަމަށެވެ. ރީ-ރަޖިސްޓްރީވުމަށް ފުރުސަތު މި ޖުލައި މަހުގެ 16 [...