މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,875 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 518 ވަނަ ޞަފްޙާ

ކޯނީ ރިޕޯޓު ގެއްލިގެން ފުލުހުންނަށް ހުށަހަޅައިފި

ކޯނީ ރިޕޯޓު ގެއްލިގެން ފުލުހުންނަށް ހުށަހަޅައިފި

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ ރިޕޯޓް) ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ދިވެި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ނޭކުރެންދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޯނީ ރިޕޯޓު މިހާރު ނެތް ކަމަށާއި އެ ރިޕޯޓް ވީތަނެއް ނޭނގިގެން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ […]

މުޙައްމަދު އަފްރާޙް
އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި: ޤާސިމް

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި: ޤާސިމް

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އޭނާ ޓެސްޓް ކުރަން ރައްޔިތުން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. 1976 ވަނަ އަހަރު އެންމެ 2،000 ޑޮލަރުނ...

މުޙައްމަދު އަފްރާޙް
ލ. ގަމު ކައުންސިލުގެ ނައިބު ރައީސް އާސިފް ޕީޕީއެމް އާ ގުޅިއްޖެ

ލ. ގަމު ކައުންސިލުގެ ނައިބު ރައީސް އާސިފް ޕީޕީއެމް އާ ގުޅިއްޖެ

ލ. ގަމު ކައުންސިލްގެ އެމްޑީޕީގެ ޒުވާން ނައިބު ރައީސް، އާސިފް (އައްޑޯ) އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފިއެވެ. އޭނާ ޕްރިގްރެސިވް ކޯލިޝަނާއި ގުޅުނޫ ގަމުގައި ރޭ އޮތް ޖަލްސާގައެވެ. އައްޑޯ ޕީޕީއެމް އާ ގުޅުމަށްފަހު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ލ. އަތޮޅު ގަމުން ޑރ. މުއިއްޒުއަށް މެޖޯރިޓީ ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ 12 އަހަރު އެމްޑީޕީގައި ދެމިހުރީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ކަމުދާތީ ކަމަށާއި އެހެންނަމަވެސް މިހާރު އެމްޑީޕީ […]

މުޙައްމަދު އަފްރާޙް
ފާރިސް މައުމޫނާއި ޔާމީން ބައްދަލެއް ނުކުރައްވާ: ޕީޕީއެމް

ފާރިސް މައުމޫނާއި ޔާމީން ބައްދަލެއް ނުކުރައްވާ: ޕީޕީއެމް

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި ރައީސް ޔާމީން ބައްދަލުކުރެއްވި ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ޕާޓީގެ މެންބަރުން ބައި ބައި ކުރުމަށް ހިންގާ ޖަރީމާއެއް ކަމަށެވ. “މި ކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަހްމަދު ފާރިސް މައުމޫނާއި ދެބޭފުޅު...

މުޙައްމަދު އަފްރާޙް
ލ. ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން މުއިއްޒު ވައުދު ވެއްޖެ

ލ. ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން މުއިއްޒު ވައުދު ވެއްޖެ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެނަމަ، ލ.ގަމުގައި ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން ޕީޕީއެމް/ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ އިޢުލާން ކުރައްވައިފިއެވެ. ރޭ އެރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ނޭޝަނަލް މެންޓަލް ހެލްތް ހޮސްޕިޓަލަކީ ރާއްޖޭގައި ކޮންމެހެން ހުންނަން ޖެހޭނެ ތަނެއްކަށާއި، އޭނާ ވެރިކަމެއްގައި ހުރިހާ އެންމެންގެ ވެސް މެންޓަލް ހެލްތައް ހާއްސަ އަހަމިއްޔަތު ކަމެއް ދެއްވާނެކަމަށެވެ. “އެ ހޮސްޕިޓަލް...

އިސްމާއިލް މޫސާ
އިންތިހާބާއި ގުޅިގެން ސެޕްޓެމްބަރު 10 ވަނަ ދުވަސް ސަރުކާރު ބަންދު

އިންތިހާބާއި ގުޅިގެން ސެޕްޓެމްބަރު 10 ވަނަ ދުވަސް ސަރުކާރު ބަންދު

މި މަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން ސެޕްޓެމްބަރު 10 ވަނަ ދުވަސް ސަރުކާރު ބަންދު ކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މިގޮތަށް ހަމަޖެއްސީ އެ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ދުވަސް ކަމަށްވާތީ އާއި އާދީއްތަަ ދުވަސް ވެގެން ދާނީ އިންތިހާބާ ގުޅުން ހުރި ކަންކަމުގައި ސަރުކާރުގެ މުވައްޒަފުންނާއި ގިނަ ރައްޔިތުންތަކެއް ބައިވެރިވާނެ ދުވަހެއް ކަމަށް ވާތީ ކަމަށެވެ. އެ ސަަބަބާއި ހުރެ އިލެކްޝަންސް ކޮމިޝަނުން ވެސް އެ ދުވަސް ސަރުކާރު ބަންދު […]

މުޙައްމަދު އަފްރާޙް
ކުނބުރުދޫ ކައުންސިލް މެންބަރު ޝިމާނާ އަދާލަތު ޕާޓީ އާ ގުޅިއްޖެ

ކުނބުރުދޫ ކައުންސިލް މެންބަރު ޝިމާނާ އަދާލަތު ޕާޓީ އާ ގުޅިއްޖެ

އދ ކުނބުރުދޫ ކައުންސިލުގެ މެމްބަރު ޒުލައިހާ ޝިމާނާ، ރަސްމިީކޮށް އަދާލަތު ޕާޓީ އާ ގުޅިވަޑައިގެންފިއެވެ. އަމިއްލަގޮތުން އެރަށު ކައުންސިލަށް އިންތިހާބުވެފައިވާ ޝިމާނާ އެ ޕާޓީ އާ ރަސްމީކޮށް ގުޅިފައިވާކަން ހާމަކުރައްވާފައިވަނީ އަދާލަތު ޕާޓީން ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ އަރި އަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލް މެންބަރ އަލްފާޟިލާ ޒުލައިޚާ ޝިމާނާ ޢަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި ކަމަށާއި ޝިމާނާއަކީ އަންހެނުން ބާރުވެރިކުރުވުމުގެ ދާއިރާ އާއި ސިޔާސީ ދާއިރާގައި ހަރަކާތް...

މުޙައްމަދު އަފްރާޙް
ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި

ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި

ސަރުކާރުން ހުޅުމާލޭގައި ޤާއިމްކުރި، ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ މިއަދު ހެނދުނު ބޭއްވި ރައްމިއްޔާތެއްގައި ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ. ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވާފައި ވަނީ، މިހާރު އިންފެކްޝަސް ޑިޒީޒް މެނޭޖްމެންޓް ސެންޓަރުު ވެސް ހިނގަމުން އަންނަ ހުޅުމާލެ އޮރެންޖް ހިޔާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ. ޒަމާނީ ވަސީލަތްތަކާއި އެކު، މި ސެންޓަރ ހިންގަމުންދާނީ ހުޅުމާލެ ހޮ...

މުޙައްމަދު އަފްރާޙް
އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވައިގެން: އުމަރު

އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވައިގެން: އުމަރު

އިންޑިއާ ސިފައިން ބޭލޭނީ އަތުގައި ހިފައިގެން ގެންގޮސް މަތިންދާބޯޓަށް އަރުވައިގެން ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަންގު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އުމަރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ނުފައިބާނެ ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ނުރައްކަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިނިވަންކަމަށް ހިޔަނި އެޅިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ތިން ސަރުކާރެއް އައިސްފަ...

މުޙައްމަދު އަފްރާޙް
ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްނޫން: ރައީސް

ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްނޫން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއްނޫން ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ސަންގު ޓީވީ އިން ގެނެސްދިން ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޔާމީންގެ މައްޗަށް އައި ހުކުމަކީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން އައި ހުކުމެއް ނޫން ކަމަށާއި އެއީ ކޮރަޕްޝަންގެ މައްސަލައެއް ގައި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުން ކޯޓުން ނިންމާފައިވާ ނިންމުމެއް […]

މުޙައްމަދު އަފްރާޙް
ހަޅޭއްލެވިޔަކަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ، އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން: ނާޒިމް

ހަޅޭއްލެވިޔަކަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ، އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން: ނާޒިމް

މަގުމައްޗަށް ނިކުމެ ހަޅޭއްލެވިޔަސް އިންޑިއާ ސިފައިން ބޭރެއް ނުކުރެވޭނެ ކަމަށާއި އެކަން ކުރާނީ ޑިޕްލޮމަސީ ބޭނުންކޮށްގެން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަންގު ޓީވީން ކުރިއަށް ގެންދިޔަ “ރިޔާސީ ބަހުސް” ގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ގައުމީ ސަލާމަތާއި ބެހޭ ވާހަކަ ދައްކާއިރު، ބޭރު ސިފައިންގެ ވާހަކަ ދައްކައިގެން އެކަނި ނުފުދޭ ކަމަށެވެ. […]

މުޙައްމަދު އަފްރާޙް
ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ޖަމިއްޔާގެ ތާއީދު ރައީސް ޞާލިޙަށް!

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ޖަމިއްޔާގެ ތާއީދު ރައީސް ޞާލިޙަށް!

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ތާއީދު ކުރަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށް ހާމަކޮށްފިއެވެ. ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދީފައި ނުވާ މިންވަރަށް ރައީސް ސާލިހުގެ ސަރުކާރުން ވަނީ މަސައްކަތް ކޮށްދީފައި ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ވަނީ އައިއެލްއޯ އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ...

މުޙައްމަދު އަފްރާޙް
ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް

ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް

ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށާއި އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހޯއްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައި، ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު […]

މުޙައްމަދު
އަޅުގަނޑުމެން ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް

އަޅުގަނޑުމެން ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ގެންގުޅުއްވާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީ އިސްވެ، ގިނަ މީޑިއާތަކާ ގުޅިގެން މިރޭ ބޭއްވި “ރިޔާސީ ބަހުސް” ގައި ގާސިމް ވިދާޅުވީ ރައީސް މައުމޫންގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވި ގޮތް ވަރަށް ކަމުދާ ކަމަށެވެ. އަދި އިތުރު ގައުމަކާ […]

މުޙައްމަދު
ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގައުމަކަށް ޖާގައެއް ނުދޭނަން: މުއިއްޒު

ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގައުމަކަށް ޖާގައެއް ނުދޭނަން: މުއިއްޒު

ދިވެހިންގެ ދާހިލީ ކަންކަމާއި ބެހި، ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނަ އަޅައިދާކަށް އެއްވެސް ގަމުމަކަށް ޖާގަ ނުދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީގެ ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެއްވެސް ގައުމަކުން ރާއްޖޭގެ މިނިވަންކަމުގެ އިން ފަހަނައަޅައި، ރާއްޖޭގެ އިމުގެ ތެރެއަށް ވަދެ ދިވެހިންގެ ދާހިލީ ކަންކަމާ ބެހި މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށެވެ. ހަމައެހެންމެ ދިވެހިންގެ...

އިސްމާއިލް މޫސާ