ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ތާއީދު ކުރަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށް ހާމަކޮށްފިއެވެ.

ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދީފައި ނުވާ މިންވަރަށް ރައީސް ސާލިހުގެ ސަރުކާރުން ވަނީ މަސައްކަތް ކޮށްދީފައި ކަމަށެވެ.

Ad
rt

އެގޮތުން ރައީސް ސޯލިހު ވަނީ އައިއެލްއޯ އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގުޅުން ބަދަހިކުރައްވައި، މިނިމަމް ވޭޖް ކަނޑައަޅައި ރިސޯޓުތަކުގެ މުވައްޒަފުންނަށް މުސާރައިގެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އުސޫލެއް ނެތި ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށް މި ސަރުކާރުން ގަވާއިދު އެކުލަވާލައި ރިސޯޓު މުވައްޒަފުން އެދުނު ގޮތަށް ސްކޫލް ޗުއްޓީ ވެސް ވަނީ ބަދަލުކޮށްފައި ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަމިއާއެކު މި ސަރުކާރުން ރިސޯޓުގައި މަސައްކަތްކުރާ ވަގުތު ފިޔަވައި ހުސް ވަގުތުތަކުގައި އެއްވެސް ހުއްދައެއް ހޯދުމެއް ނެތި ރިސޯޓުން ފޭބޭނެ ގޮތަށް ބަދަލުކޮށްފައިކަން ފާހަގަކޮށް ބުނެފައިވަނީ މަސައްކަތު މާހައުލު ސަލާމަތާއި ރައްކާތެރިކަމުގެ ބިލް މަޖިލީހަށް ހުށަހަޅައި، އިންޑަސްޓްރިއަލް ރިލޭޝަން ބިލަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ރައީސް ސާލިހު ވަނި ކުރިއަށް އޮތް ދައުރުގައި ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށްގެން ވައުދުތަކެއް ވެސް ވެވަޑައިގެންފައެވެ.