ސޯޝަލް މީޑިއާ އިންފުލުއެންޒާ ފާތިމަތު ޒަޔަން (ކައިޒީން) އެމްޑީޕީއަށް ސޮއިކޮށް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއިދު ކުރަން ނިންމައިފިއެވެ. އޭނާ އެމްޑީޕީ އާ މިއަދު ގުޅުމަށްފަހު، މެމްބާޝިޕް ފޯމު ވަނީ ރައީސް ސާލިހަށް އަރުވާފައެވެ. ސޯޝަލް މީޑިއާގައި ކުރިއާ އަޅާ ބަލާއިރު، އޭނާގެ ހަރަކާތްތެރިތައް މިދުވަސްވަރު މަދުނަމަވެސް އިންސްޓަގްރާމްގައި މަޝްހޫރުކަން ހޯދި ކައިޒީންގެ 141 ލައްކަ އަށް ވުރެ ގިނަ ފޮލޯވަރުން މިހާރު ވެސް އެބަ ތިއްބެވެ. ރާއްޖޭގައި މޮޑެލް […]
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުގެ ގިނަބައެއްގެ ތާއީދު އޮތީ ޕީއެންސީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ކަން ހާމަވެއްޖެއެވެ. މިކަން ހާމަވީ އިލްމުވެރިންގެ ގުޅުމުގައި ހިމެނޭ އިލްމުވެރިންގެ މެދުގައި ނެގި ވޯޓަކުންނެވެ. މި ވޯޓުގައި 105 ދީނީ އިލްމުވެރިން ވަނީ ބައިވެރިވެފައެވެ. 150 އަށް ވުރެ ގިނަ އިލްމުވެރިން ހިމެނޭ މި ހަރަކާތަކީ ރާއްޖޭގެ އެންމެ ގިނަ ދީނީ އިލްމުވެރިންނާއި ޝައިޚުން ނިސްބަތްވާ ހަރަކާތަށްވާއިރު، މިހައިތަނަށް ވެސް ގައުމީ އަދި ދީނީ […]
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު، ދިވެހި ރައްޔިތުންގެ ޑިމިކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ. އޭނާ އެމްޑީޕީ އަށް ސޮއި ކުރައްވާ، މެމްބަރުޝިޕް ފޯމު ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށެވެ. އަމީތު، އެ ޕާޓީއަށް ސޮއި ކުރެއްވިއިރު، އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން މީގެކުރިން ވެސް ހާމަކުރައްވާފައެވެ. ޖުމްހ...
މުޙައްމަދު އަފްރާޙް
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމަށް އާދެވިއްޖެނަމަ، ޕީއެންސީގެ ސަރުކާރެއްގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކާ އެކު ރިޓަޔަމެންޓް އެލަވެންސެއް ހަމަޖައްސައިދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ލ. ގަމުގައި ބޭއްވި ކެމްޕޭން ޖަލްސާގައި އޭނާ މިކަން ކުރައްވާނެ އުސޫލެއް ގާއިމުކުރާނީ ސިނާއަތުގެ އިސްވެރިންނާއި ސްޓޭކްހޯލްޑަރުންނާއި ގުޅިގެން އެކުލަވާލާ ހާއްސަ ގާނޫނެއްގެ ތެރެއިން ކަމަށެވެ. އަދި މިކަ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ދަރަނި ނުދެއްކިއްޖެ ނަމަ، ރައްޔިތުން “ހަނާ” ވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވަން ނިންމެވީ ގައުމުގެ ސަލާމަތާއި އަމާންކަމާއި އަހުލާގު ގެއްލި، އިސްލާމް ދީނުގެ ހަމަތަކުން ނެއްޓި މުޅި ގައުމު ފަނާވަމުންދާތީ ކަމަށެވެ. އަދި މިނިވަންކަމާއި އިސްތިގްލާލް […]
މުޙައްމަދު
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މާވަރުލު އެއާޕޯޓަށް ގިނަ ފްލައިޓް ޖެއްސޭ ވަރަށް ތަރައްގީކޮށް، ސިޓީ ހޮޓަލެއް އިމާރާތް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ކެމްޕެއިންގައި އެ އަތޮޅަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ގައްދޫ އިތުރަށް ތަރައްގީވެ، ފުޅާވެގެން ދާނީ އިތުރަށް ކަންކަން ކުރެވިގެން ކަމަށާއި ގައްދު އާއި މާވަރުލު އެއާޕޯޓް ކޯޒްވޭ […]
މުޙައްމަދު އަފްރާޙް
މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް އެބައޮތް ކަމަށާއި ދެވަނަ ދައުރެއްގައި ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވާދަވެރިން ދަރަނީގެ ވާހަކަ ދެއްކެވި ނަމަވެސް ދަރަނި ދެއްކޭނެ ގޮތެއް ދެއްކިފައި ނުވާ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ދެވަނަ ދައުރުގައި އެ ދަރަނި ދައްކާ ހަލާސް ކުރައްވާނެކަމަށެވެ. އަދި ދަރަނި ދައްކަން ނިންމާފައިވާ ގޮތާއި ގުޅޭ […...
އިސްމާއިލް މޫސާ
ދަ ޑިމޮކްރެޓުންގެ ކެމްޕޭނު ޕޯސްޓަރުތައް ހަލާކުކޮށް، ގެއްލުންދިން މައްސަލަ އެ ޕާޓީ އިން ކުށްވެރިކޮށްފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީ އަށް ރައީސް ސާލިހު ވަޑައިގަންނަވާތީ، އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ސިޓީގެ އެއްވެސް ހިސާބެއްގައި ކެމްޕޭނު ހަރަކާތް ނުހިންގޭނެކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ޅ. ނައިފަރުގައި ބަހައްޓާފައިހުރި ޑިމޮކްރެޓުންގެ ޕޯސްޓަރުތަކަށް ސަރުކާރު ޕާޓީގެ މެންބަރުން ފުލުހުންގެ ހާޟިރުގައި ގެއްލުންދީ، ދިދަފަތި...
މުޙައްމަދު އަފްރާޙް
“މޯލްޑިވްސް ހެލްތް ލައިން” އިފްތިތާހް ކޮށްފިއެވެ. މިއީ ސިއްހީ ހިދުމަތް ހޯދަން އެއް ރަށުން އަނެއް ރަށަށް ރައްޔިތުން ކުރަމުން އައި ދަތުރުފަތުރު ހުއްޓުމަކަށް ގެނެސް، ސިއްހީ ދާއިރާގެ އިންތިޒާމްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފް ކުރި ހެލްތު ލައިނެކެވެ. މި ހެލްތް ލައިންގެ ދަށުން އެކި ދާއިރާގެ ޑޮކްޓަރުން ވަކި ޕްލޭނެއްގެ ދަށުން ގަވާއިދުން ރަށްރަށަށް ގޮސް އައުޓް-ރީޗް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ރައްޔިތުން ސިއްހީ ހިދުމަތް ހޯދަން...
މުޙައްމަދު އަފްރާޙް
ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކޯނީ ރިޕޯޓު، މިހާރުވެސް ފެންނަން އެބައޮތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ، އަދި އެއް ނައިބު ރައީސް، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން އެކުލަވައިލި ރިޕޯޓް (ކޯނީ ރިޕޯޓް) ގެއްލިގެން އެ ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ […]
މުޙައްމަދު އަފްރާޙް
ދައުލަތުން ނަގާފައިވާ ދަރަނި އަދާ ކުރުމަށް އެންމެ ވަރުގަދަ ތަސައްވުރެއް އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އެކަނި ކަމަށް ގާސިމްގެ ރަނިންމޭޓު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. އެކިއެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭއިރު، އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ގްރާންޓެއް ނޫނީ ހިލޭ އެހީ ޖުމްހޫރީ ޕާޓީގެ […]
މުޙައްމަދު
މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނޫނީ ނޫކުލައިގެ ގަލަމުން ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ. އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިންތިހާބާއި ބެހޭ ލަފާދޭ ކޮމިޓީގައި ޕާޓީތަކުން ހުށަހެޅި ފުރަތަމަ މައްސަލައަކީ ވަކި ކުލައެއްގެ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ރާވަމުން ގެންދާ ކަމުގެ ޝަކުވާ ކަމަށެވެ. އޭނާ […]
މުޙައްމަދު އަފްރާޙް
ޖަރާސީމުން ތަޣައްޔަރުވެފައިވާ ޗީޒެއް ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ. އެ އިދާރާ އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ފްރާންސްގައި އުފައްދާފައިވާ ޗީޒްގެ ބްރޭންޑެއް ކަމަށެވެ. “ލިސްޓީރިއާ މޮނޯސައިޓޯޖީންސް” ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ޗީޒެއް ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަ...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް ބޮލަކަށް ޖެހޭ ވަރު 27،000 ޑޮލަރަށް ބަދަލު ކުރާނެ ކަމަށް ގާސިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި އަމީން ވިދާޅުވީ ގާސިމަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާއި އޭނާ ވަޑައިގަންނަވަނީ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ތަސައްވުރަކާއެކުގައި […]
މުޙައްމަދު
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓު ހަދައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ފޯރިގަދަ، ބޮޑު ޖަލްސާގައި ގާސިމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އައްޑޫ ރައްޔިތުން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ […]
މުޙައްމަދު