ދިވެހި ރާއްޖެ އާ މިސްރާބަކަށް ގެންގޮސްދޭނެ ކަމުގެ އުންމީދު އާކޮށް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އުމަރު ނަސީރު ނިންމަވައިފިއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމަފައިވާ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާގެ ޓީމުގެ މިސްރާބަކީ ތަފާތުކަމަށާއި، ރާއްޖޭގައި ސިޔާސީ އާ ފިކުރެއް އުފައްދާފައިވާ ކަމަށެވެ. އަދި ސިޔާސީ މަސައްކަތް ހުއްޓާނުލާ، އާ މިސްރަބަކާށް ގެންގޮސް މުޅި ގައުމު ބަދަލު ކުރައްވަނެ ކަމަށް އުމަރު ވިދާޅުވިއެވެ. “އިރާދަކ...
އިސްމާއިލް މޫސާ
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ދޭ ބޭސިކް ޕެންޝަން 5،000ރ. އިން 7،000ރ.އަށް ބޮޑުކުރަން ނިންމަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އެކަން އިއުލާނުކުރައްވައިފި އެވެ. މި އެލަވަންސަށް ބަދަލު ގެންވާނެ ކަމަށް އިޢުލާންކުރެއްވީ، މިރޭ މާވެޔޮ މަގުގައި ހުންނަ ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ 5 އަހަަރު ވެސް މިހާރުވެސް ގެންދަވަނީ ރާއްޖެއަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރައްވަމަށް ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އުޅުއްވި […]
އަލީ އާދިލް
ވެރިކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ 5 އަހަރަށް ބަހާލައިގެން މިނިވަން މުއައްސަސާ ތަކާއި، ސަރުކާރުގެ މުވައްޒުން އަދި ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ. ފުލުހުންނާ ސިފައިންގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވެފައިވުމުން “އާސްކް މުޢިއްޒު” ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ އެ ދެ މުއައްސަސާގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވި އިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު...
އަލީ އާދިލް
އިދިކޮޅު ޕީޕީއެމްގެ ތެރޭގައި އޮތީ އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހެއް ކަމަށް ވިދާޅުވެ، އަނިޔާވެރިކަން އިއާދަވިޔަ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު މިއަދު ނިންމަވައިފިއެވެ. ރައީސް ސޯލިހްއާ އެކީގައި ހުންނެވި ފޮޓޯއަކާ އެކީގައި އިލްހާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ އަދި […...
މުޙައްމަދު
ކުރިއާ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއާ މެދުވެރިކޮށް އެމެރިކާ އިން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން މިދިޔަ އޮގަސްޓު 4 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފެނިފައިވާ ކަމަށާއި ފުރަތަމަ މަރުހަލ...
މުޙައްމަދު އަފްރާޙް
ރައްޔިތުން އެދޭ ތަރައްގީ ގެނެސްދޭނީ ވަރަށް ކޮށްދޭ ހިތުން ކަމަށް ޕީއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ރ. އިންނަމާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެރަށުގެ ތަރައްގީ އަށް ކުރެވެންހުރި ހުރިހާ ކަމަކަށް ވެސް ފުރިހަމަ އިޖާބައެއް ދެއްވާނެ ކަމަށާއި އެރަށުގެ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށްދީ ޚިދުމަތ...
މުޙައްމަދު އަފްރާޙް
ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ، ފައިބެއަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު، 17 އިންސައްތަ ދަށްވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ އިދާރާގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިދިޔަ 2022 ވަނަ އަހަރުގެ އޮގަސްޓް މަހު 391 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި އަދަދުވަނީ 324 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މީގެ އިތުރުން ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް […]
މުޙައްމަދު އަފްރާޙް
ރާއްޖޭގައި މިހާރުއޮތް ވެރިކަމުގެ ނިޒާމީ ވޯޓާއި ގުޅިގެން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާއިލެކްޝަންސް ކޮމިޝަން (އީސީ) އިން ހޯދަން ފަށައިފިއެވެ. އެ ކޮމިޝަނުން މިކަން ހާމަކުރައްވައި، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤަރާރު، އެ ކޮމިޝަނަށް މިއަދު ލިބިފައިވާ ކަމަށެވެ. އެހެންވެ، މިކަމާއިމެދު، ކޮމިޝަނުން ޢަމަލު ކުރާނޭގޮތުގެ ގާނޫނީ ލަފާ މިހާރު ހޯދަމު...
މުޙައްމަދު އަފްރާޙް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލް ކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލާގައި މިއަދު މެންދުރު ފަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ. އަޑުއެހުން ކެންސަލް ކުރަން އެދުނު ސަބަބެއް ސާފެއް ނުވި އެވެ. ޔާމީންގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލާގައި އަޑުއެހުމެއް އެންމެ ފަހުން އޮތީ މި […]
ހުސައިން ހަބީބް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައި މިއަދު އެކަން ޢިއުލާންކޮށްފިއެވެ. އެ ޕާޓީން މިކަން ހާމަކުރީ މިއަދު އާންމުކުރި ޢިއުލާނެއްގައެވެ. އެ ޢިއުލާނުގައި ޑިމޮކްރެޓްސް ބުނީ އެގޮތައް ނިންމީ އެ ޕާޓީގެ ހުށަހެޅުންތަކަށް ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީން ވެސް އެއްބަސްވެފައި ނުވާތީ ކަމަށެވެ. ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް އިންތިޚާބުގެ 3 ވަނަ ލިބިފައިިވާއިރު އޭނާ ވަނީ 15839 ވޯޓު ހޯދާފައެވެ. އެހެންކަމުން ޑިމޮކްރެޓިސްގެ ނި...
ޔުމްނާ ޢަލީ
މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނިންމާ ގޮތެއް މިރޭ އިއުލާން ކުރައްވާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ. ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އުމަރު ނަސީރު ދިޔައީ ތިން ވަނައަށެވެ. އުމަރު ނަސީރު ވަނީ 6،343 ވޯޓު ހޯއްދަވައިފައެވެ. އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ […]
މުޙައްމަދު
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ. ރިޔާޒް ރަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހާއްސަ މަޖިލިހުގައި އާއި ރައްޔިތުންގެ މަޖިލިހުގައި އޭނާއާއެކު އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސް ސޯލިހަށް މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ. ރިޔާޒް ރައީސް ސޯލިހަށް ތާއީދު...
މުޙައްމަދު
ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެއްޖެ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން މިގޮތަށް ވިދާޅުވެ، ނޫސްބަޔާނެއް ނެރުނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރުންގެ މުސާރަ ކުޑަވެ، މުވައްޒަފުންގެ މެދުގައި އެކަމާ މެދު ކަންބޮޑުވުންތައް ހުރިކަމަށް ބުނެ ބައެއް މީޑިއާތަކުގައި އޮޅުންއަރާ ގޮތަށް ޚަބަރުތައް ފަތުރަމުންދާތީއެވެ. އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ޕޭ ހާމަނައ...
މުޙައްމަދު އަފްރާޙް
މި ސަރުކާރަށް އާމްދަނީ ލިބޭ ކަމަށާއި އެކަމަކު ފައިސާ ބޭކާރުކޮށް އިސްރާފުކުރަނީ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް ރ. ވާދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ނުގަވާއިދުން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އެތައް ކަމެއް ކުރަމުންދާ ކަމަށެވެ. އަދި ރަށްރަށުގައި އެއް ޕްރޮޖެކްޓެއް އެތައް ކުންފުންޏަކަށް ވެސް ދޭ ކަމަށެވެ. […]
މުޙައްމަދު އަފްރާޙް
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލަން ހަދާ “ތިލަމާލެ ބްރިޖު” މަޝްރޫއު ނިންމާނީ އޭނާގެ ސަރުކާރެއްގައި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މުއިއްޒު ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ […]
މުޙައްމަދު