މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,875 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 507 ވަނަ ޞަފްޙާ

އަދުރޭ ވިދާޅުވަނީ ހަ ލަނޑު ޖަހައި، %60 ވޯޓު ހޯއްދަވާނެ ކަމަށް!

އަދުރޭ ވިދާޅުވަނީ ހަ ލަނޑު ޖަހައި، %60 ވޯޓު ހޯއްދަވާނެ ކަމަށް!

މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނީ 6-0 ގެ ނަތީޖާއަކުން ކަމަށާއި އެއީ ރައްޔިތުންގެ %60 ވޯޓު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް އެގޮތަށް ވިދާޅުވީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަކީ ފައިނަލް މެޗެއްގެ ފުރަތަމަ ހާފް ކަމަށާއި ފަހު ހާފްގައި އެމްޑީޕީ އާއި ގުޅިފައިވާ […]

މުޙައްމަދު
ނޭކުރެންދޫ ކައުންސިލްގެ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް" ގައި ބައިވެރިވާން ހުޅުވާލައިފި

ނޭކުރެންދޫ ކައުންސިލްގެ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް" ގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ” ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2023″ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފެސްޓިވަލްގައި ދެ ކުޅިވަރެއް ހިމެނެއެވެ. އެއީ ފުޓްސަލްއާއި ވޮލީ ބޯޅައެވެ. ފުޓްސަލް މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ހަތަރު ޓީމް ބައިވެރިވިނަމައެވެ. އަދި ވޮލީ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކަނޑައެޅިފައިވާ މުއްދަތުގައި ތިން ޓީމް ބައިވެރިވިނަމައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރ...

އިބްރާހިމް ޚަލީލް
އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ މަންދޫބެއްގެ ގޮތުގައި ހުންނެވި އަލީ ވަހީދު އެ ޕާޓީން ވަކިވެއްޖެއެވެ. ޖުމްހޫރީ ޕާޓީން ވަކިވިކަން ހާމަކޮށް އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް ގާސިމް އިބްރާހީމް އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުޞަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށާއި، މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަންނަވާފައިވާ ކަމަށ...

އިބްރާހިމް ޚަލީލް
މި ސަރުކާރަށް ކަމެއް ނުވަނީ ހިންގުން ދޯހަޅިކަމުން، ފީކަޅާވެގެން: މުއިއްޒު

މި ސަރުކާރަށް ކަމެއް ނުވަނީ ހިންގުން ދޯހަޅިކަމުން، ފީކަޅާވެގެން: މުއިއްޒު

މި ސަރުކާރުން ރަށްރަށުގައި މަޝްރޫއުތައް ނުހިންގިގެން އުޅެނީ ހިންގުން ދޯހަޅިކަމުން ނުވަތަ ފީކަޅާވެގެން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ނ. ފޮއްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ފަރުވާތެރިކަމާ އެކީގައި ރައްޔިތުން ބޭނުންވާ ކަންކަން އެ ބޭނުންވާ ގޮތަކަށް ފުރިހަމަކޮށް ދެއްވާނެ ކަމަށެވެ. އެކަން ކަން ކުރައްވާނީ ދައުލަތުގ...

މުޙައްމަދު
ގިނަ އަދަދެއްގެ ޑްރަގާއެކު ދެމީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ޑްރަގާއެކު ދެމީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ރޭ ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގެވި އޮޕަރޭޝަނެއްކަމަށް ފުލުހުން ވަނީ މައުލޫމާތު ހާމަކުރައްވާފައެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެގެއެއް ވަނީ ބަލާފާސްކޮށްފައެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އެޕަރޭޝަނުގައި، ހައްޔަރުކޮށްފައި ވަނީ ދެ ދިވެހި ފިރިހެނުންނެވެ....

ޔުމްނާ ޢަލީ
''އެބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ލިޔުންތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރޭ''

''އެބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ލިޔުންތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރޭ''

އެބައެއްގެ ޢިލްމީ މުއްސަނދިކަން ފެތުރުމަށްޓަކައި ލިޔުންތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ، “ޔުނިވަރސިޓީ ބުކް ރައިޓިންގ ގްރާންޓް” ގެ ދަށުން ނެރުއްވާ ފޮތްތައް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ލިޔުންތެރިކަމަކީ އެބައެއްގެ ޢިލްމީ މު...

ޔުމްނާ ޢަލީ
''ޕީއެންސީގެ ވެރިކަމެއްގައި މާފަރު ފަޅުގައި ރިސޯޓެއް''

''ޕީއެންސީގެ ވެރިކަމެއްގައި މާފަރު ފަޅުގައި ރިސޯޓެއް''

ޕީއެންސީ، ޕީޕީއެމް ވެރިކަމެއްގައި ނ. މާފަރު ފަޅުގައި ރިސޯޓެއް އަޅައިދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެރަށަށް މިއަދު ވަޑައިގެން މުއިއްޒު ވިދާޅުވީ އެރަށު ފަޅުތެރެއިން ބައެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސް ކައުންސިލްގެ ބާރު ނުހިނގާ ގޮތަށް ހަމަޖައްސާފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމަކަށްވާތީ އޭނާގެ ވެރިކަމެއްގައި އެތަން ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެެވެ. މާފަރަކީ ތަރައްގީ ކުރެވެން އޮތް ރަށ...

މުޙައްމަދު އަފްރާޙް
ފާރިސް ވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރި

ފާރިސް ވެސް އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރެއްވުމަށް އަހްމަދު ފާރިސް މައުމޫން ނިންމަވައިފިއެވެ. އެކަން އިއުލާން ކުރެއްވުމަށް ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ވާހަކަދައްކާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ މަތީން ވޯޓު ލި...

މުޙައްމަދު އަފްރާޙް
ސިވިލް ކޯޓުގެ އިސް ގާޟީ އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސް ގާޟީ އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސް ގާޟީ އަހްމަދު ނިމާލް ޖުނައިދު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ރޭގެ ދަންވަރުގެ ވަގުތެއްގައި ކުއްލިގޮތަކަށެވެ. ނިޔާވިއިރު، އުމުރުފުޅަކީ 36 އަހަރެވެ. މީގެ ހަތަރު މަސް ކުރިން ސިވިލް ކޯޓުގެ އިސް ގާޟީގެ މަގާމަށް އައްޔަނުކުރެއްވި ނިމާލް ނިމާލަކީ ގއ. މާމެންދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ. ނިމާލްގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށ...

މުޙައްމަދު އަފްރާޙް
ވިނަރެސް އާއި އެމްޕީއެލް ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭނަން: ރައީސް

ވިނަރެސް އާއި އެމްޕީއެލް ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭނަން: ރައީސް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ފްލެޓުތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވިނަރެސްއަށް ކުރިމަތިލައިގެން ފްލެޓް ލިބިފައިވާ ފަރާތްތަކުން ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑު ވާހަކައިގެ ޝަކުވާ އެމަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. ރައީސް ވިދާ...

މުޙައްމަދު
އެކުލަވާލާނީ ހިންގުންތެރި، ހީވާގި، ތައުލީމީ ކެބިނެޓެއް: މުއިއްޒު

އެކުލަވާލާނީ ހިންގުންތެރި، ހީވާގި، ތައުލީމީ ކެބިނެޓެއް: މުއިއްޒު

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެކުލަވާލާނީ ހިންގުންތެރި، ހީވާގި، ތައުލީމީ އަދި ރައްޔިތުން ފަހުރުވެރިވާ ކެބިނެޓެއް ކަމަށް  ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. “ސަންގު” ޓީވީ އާއި “ޗެނަލް 13″ ގުޅިގެން ދެއްކި “އާސްކު މުއިއްޒު” ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނަގެ ވެރިކަމެއްގައި ކެބިނެޓެއް އެކުލަވާލާއިރު ހުރިހާ ކަމަކަށްވެސް ބައްލަވާނެ ކަމަށެވެ. އަދި ކެބިނެޓްގައި ތިއްބަވާނ...

މުޙައްމަދު
މާާލޭގައި އުޅޭތާ 20 އަހަރުވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް

މާާލޭގައި އުޅޭތާ 20 އަހަރުވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް

މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކޮންމެ މީހަކަށް ގޯއްޗާއި ފްލެޓް ދިނުމަށް ވަރަށް އަވަހަށް ހައުސިން ސްކީމެއް އިއުލާން ކުރައްވާނެ ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ. ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި މާލެއަށް ހިޖުރު ކޮށްފައިވާ ރައްޔިތުންނަށް އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މާލޭގެ ރަށްވެހިންގެ ތެރެއިން...

މުޙައްމަދު
ގަރާޖު ސިޓީ ހުށަހަޅަން ޖެހޭގޮތަށް އޮތް ގަވާއިދު އުވާލައިފި

ގަރާޖު ސިޓީ ހުށަހަޅަން ޖެހޭގޮތަށް އޮތް ގަވާއިދު އުވާލައިފި

ޓެކްސީ ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް ގަވާއިދު އުވާލައިފިއެވެ. ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ބޭނުން ނުވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ. އެހެންނަމަވެސް އާ ގަވާއިދުގެ ދަށުން އެހެން ހުރިހައި ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ...

މުޙައްމަދު އަފްރާޙް
ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް ނިންމަވައިފި

ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް ނިންމަވައިފި

ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް އެލަވަންސް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ މި އެލަވަންސް ދިނުމަށް ނިންމަވާފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސް ދޭގޮތަށް ނިންމަވާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 އިންސައްތައިގެ އެލަވަންސް ދިނުމަށް ނިންމާފައިވާއިރު، އެ އެލަވަން...

މުޙައްމަދު އަފްރާޙް
މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޑިމޮކްރެޓްސް

މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޑިމޮކްރެޓްސް

ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އުފެއްދި ދަ ޑިމޮކްރެޓްސް، ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވެއްޖެއެވެ. ދަ ޑިމޮކްރެޓްސްއަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ލިބިފައިވަނީ އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ހިމެނުމާއި އެކުގައެވެ. ދަ ޑިމޮކްރެޓްސްއަށް މި ބާރު ލިބުމުގެ ކުރިން މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ޕީޕީއެމްއެވެ. އޭރު މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އެވެ....

އިބްރާހިމް ޚަލީލް