މުލިއާގެ ރައީސްގެ ރަސްމީގެކޮޅަށް ހަމަޖެއްސުމަކީ ނަޝީދު ގައުމަށް ޖެއްސި މުސީބާތެއް ކަމަށާއި، އެތަން ބަހައްޓަންވީ ތަރިކައެއް ގޮތުގައި ކަމުގައި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިހެންކަން ހިނގާފައިވާއިރު ރޮޒައިނާ ''އެކްސް''ގައި ވިދާޅުވީ، ތީމުގެ އަކީ ރާއްޖޭގެ ރައީސްކަން ކުރައްވާ ބޭފުޅުން ދިރިއުޅުއްވަން ރައީސް މައުމޫން ހެއްދެވި ތަނެއް ކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްފަހު، ތީމުގެ އޮފީހަަކަށް ބަދަލުކުރެއްވުމަށްފަހު، ރައީސްގެ ރަސްމީ ގެކޮޅަކީ މުލިއާގެ ކަމަށް ހަމަޖައްސަވައި، މުލިއާގެ އަކީ ރައީސްގެ ރަސްމީ ގެކޮޅު ކަމުގައި ނަޝީދު ހަމަޖެއްސެވި ހިސާބުން ފެށިގެން ކޮންމެ ވެރިކަމެއް ނިމުނުން ތީމުގެ ހަދަން ދިޔަ ޚަރަދަށްވުރެ ބޮޑު ޚަރަދެއް މުލިއާގޭގެ މަރާމާތަށް ހިނގާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، މުލިއާގެ މިހާރު ބަހައްޓަން ޖެހޭނީ ތަރިކައެއްގެ ގޮތުގައި ކަމަށެވެ. އަދި އެތަނަށް މިޒާމަނަށް ފެތޭގޮތައް ދިރިއުޅެން ކުރަންޖެހޭ ޚަރަދަކީ ބޭކާރު ޚަރަދެއް ކަމަށް ވެސް ވިދާޅުވިއެވެ.
''އަދިވެސް މާރަނގަޅުވާނެ ރައީސް ތީމުގެއަށް ބަދަލުވެވަޑައިގަތިއްޔާ، އަންނި މި ޤައުމަށް ޖެއްސި މުސީބާތެއް މި ވެސް، ދެކޮޅު ނުޖެހޭކަންތައް ކުރާނީ އަބަދު'' ޒޮރައިނާ ވިދާޅުވެފަވެއެވެ.
Theemuge akee raajjeyge raeeskan kuravvaa beyfulhun dhiri ulhen Raees Maumoon hehdhevi thaneh. Ethan ofeehakah badhalukoffa Anni gos Muliaage ah vanumuge sababun mihaaru Theemuge hedhumah dhiya haradhah vuren gina faisa eba dhey konme faharaku Muliaage maraamaathukuran! (1)
— (@Roxeyna) November 19, 2023
ރޮޒައިނާ މި މޭރުމުން ވިދާޅުވެފައިވާއިރު، މިދިޔަ ހުކުރު ދުވަހު އައު ދައުރެއް ފެއްޓެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގެއަށް ބަދަލުވެވަޑައިގަންނަވަން ނިންމަވާފައި އެތަން މަރާމާތުކޮށް ނިމުމަށްފަހުއެވެ. އެތަން މަރާމާތަށް ބޮޑު ހޭދައެއް ކުރަންޖެހޭކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރުގައި ރައީސްގެ ރަސްމީ ގެކޮޅެއް ކަމުގައި ވަނީ މުލިއާގެ ހަމަޖައްސަވާފައެވެ. ނަޝީދު ވެރިކަމުގެ ތިން އަހަރާއި، އޭގެ ފަހުން ވަޑައިގެން ޑރ. ވަޙީދުގެ ވެރިކަމުގެ ދެ އަހަރު ވެސް އެތަން ބޭނުން ކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅަށެވެ. އޭގެފަހުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދިރިއުޅުއްވީ އަމިއްލަ ގޭކޮޅުގައެވެ. މުލިއާގެ ބޭނުން ކުރެއްވީ ސިޔާސީ މަަސައްކަތްތަކަށެވެ. ނިމުނު ދައުރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް ދިރިއުޅުއްވީ މުލިއާގޭގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!