އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގެންނެވި ފަހުން، އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ފައްޓަވައިފިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޝާހިދު އެންމެ ފުރަތަމަ ވަޑައިގަތީ އއ. އުކުޅަހަށެވެ. އެއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ތޮއްޑޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު ހުސެއިން ސަމީރުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށެވެ.

Ad
rt

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓު ސަމީރާއި އެމްޑީޕީގެ ކެމްޕެއިން ޓީމުން ދެންނެވި މަރުހަބާއަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. ޝާހިދު ވަނީ މިސްރާބު ހަމަ މަގަށް އެޅުވުމަށް ސަމީރަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

އުކުޅަހުން ޝާހިދުއަށާއި އެމްޑީޕީގެ ޓީމަށް މަރުހަބާ ވިދާޅުވީ ސަމީރުގެ އިތުރުން އުކުޅަސް ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމާއި ދާއިރާގެ އެމްޑީޕީ ކެމްޕެއިން ޓީމުންނެވެ. އުކުޅަށް ވަޑައިގަތުމަށް ފަހު ޝާހިދު ވަނީ އެ ރަށު ބަނދަރު މަތީގައި އެމްޑީޕީގެ ދިދަ ނަންގަވައި ދެއްވައިފައެވެ.

އަދި މިސްރާބު ހަމަމަގަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ކެމްޕެއިން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކެމްޕެއިން ޓީމާ އެކު މަޝްވަރާ ކުރެއްވިއެވެ.