އީދު ކުޅިވަރު ކުޅެންގޮސް މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ބަލަނީ
އީދު ކުޅިވަރު ކުޅެން ރ. މީދޫ އަށް ދިޔަ އަންހެނަކު އެރަށު މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ރ. މީދޫގައި އީދު ޝޯވ ދޭން ތިބި ގްރޫޕެއްގެ އަންހެން މެންބަރެއް އެރަށު މިސްކިތެއްގައި ”ޓިކްޓޮކް” ކުޅުނު މައްސަލަ އެއް އެ އިދާރާއިން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަހަރު ވަރަށް ކުލަގަދަކޮށް އީދު ފާހަގަކޮށްފައިވާއިރު، މީދޫ […]