މާލޭގެ ހެންވޭރު ގެއަކުން ވަގަށްނެގި ތަކެތި ހޯދައި، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މިދިޔަ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މި
މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ ތަނެއް ބަލައި ފާސްކޮށްފައެވެ. މި ބަލައި ފާސްކުރުމުގައި، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ހޯދާފައެވެ.
މީގެ ތެރޭގައި ކަރަންޓު ބުރުމާތަކަކާއި، މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން، ލ. މާވަށް / ޖަމީލާމަންޒިލް އާދަމް ޙުސައިން (48އ) ވަނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!