ދިވެހިރާއްޖެއިން މިސް ޔުނިވަރސް މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވާން ނިންމައިފިއެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާނީ މަރްޔަމް ޝައިނާ ނަސީމް ކިޔާ ޒުވާނެކެވެ.

Ad
rt

އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީގެ ކޮންސަލް ޑިއެގޯ ޕެރެޒް ވަނީ މިސް ޔުނިވަރސް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ މަރްޔަމް ޝައިނާ ނަސީމަށް އެ އިވެންޓް އޮންނަ މެކްސިކޯއަށް ދަތުރުކުރުމަށް ވީސާ ދޫކުރިކަން ހާމަކޮށްފައެވެ.

އެ އެމްބަސީން ވަނީ މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރުކަމަށް ހާމަކޮށް ޝައިނާ އަށް ކާމިޔާބަށް އެދިފައެވެ.

މިސް ޔުނިވަރސް 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ މެކްސިކޯގައެވެ. މި މުބާރާތުގެ ތާރީޚުގައި ވެސް ދިވެހިރާއްޖެއިން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ.