ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާ ޚިލާފުވި މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި 22 ޑިސެމްބަރ 2024 ވަނަ ދުވަހުގެ ނިޔަލަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނާ ޚިލާފުވި ނުވަ މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ.
މި ނުވަ މީހުން ޖޫރިމަނާކުރި އަދަދުގެ ޖުމްލައަކީ 50،000 ރުފިޔާއެވެ.
މި ނުވަ މީހުންގެ ތެރެއިން އެކަކު ވަނީ ސައިކަލު ދުއްވަމުން އިލެކްޓްރޯނިކް ސިގިރެޓެއް ބޭނުންކުރުމާ ގުޅިގެން 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ޖޫރިމަނާތައް ކޮށްފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އިޞްލާޙާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ގުޅޭ ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާވެ، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމާމެދު ހުރި ހަރުކަށި ފިޔަވަޅުތައް އިތުރަށް ވަރުގަދަވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!