އިތުރު ކުންފުނިތަކެއްވެސް އުމްރާގެ އުސޫލާ ޚިލާފުވެއްޖެ، ފިޔަވަޅު އަޅަނީ
އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ޚިލާފުވި އިތުރު ކުންފުނިތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުންފުނިތަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭގޮތުން ގެޒެޓްކޮށްފައިވާ އުސޫލާ އެއްގޮތަށް ޢަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަކުރެވިފައިވާތީ، އުސޫލަށް ޢަމަލުނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑުމިނަށް ބަލައި، އަންނަ ހަފުތާގައި އުސޫލުގައިވާ ގޮތުގ...