ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން މާލެ ފައިބާތީ ޓްރެފިކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ރާއްޖެ އައުމަށް ހަމަޖެހިފައިވާ ޕަސެންޖަރ ލައިނަރ އަކުން ގިނަ އަދަދެއްގެ ފަތުރުވެރިން 2025 ޖަނަވަރީ 9 އަދި 10 ވަނަ ދުވަހު މާލޭގެ 1 ނަންބަރު ޖެޓީ އާއި 2 ނަންބަރު ޖެޓީން މާލެއަށް އަރާ ފޭބުމަށް ހަމަޖެހިފައިވާކަމަށެވެ.
އެހެންވެ އެސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވާނެކަމަށް ބެލެވޭކަމަށް ފުލުހުން ބުންޏެވެ.
‘’އެހެންކަމުން އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަން ދެއްވައި، އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރެއްވުމަށް އިލްތިމާސްކުރަން’’ ފުލުހުން ބުންޏެވެ.
އާ އަހަރާއި ދިމާކޮށް ވެސް ޕަސެންޖަރ ލައިނަރ ތަކަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ މާލެ ފައިބާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!