ރ. ދުވާފަރުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބުރާންޗުގެ ޚިދުމަތް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ލިބެންފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މި ފަދައިން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ އަދުގެ ސަރުކާރުގެ ވިސ...
ޔުމްނާ ޢަލީ
ހުރިހާ ދާއިރާއަކުން އެންމެ މަތީ ފަންތީގައި ޚިދުމަތް ލިބޭ ރަށަކަށް ރ. އުނގޫފާރު ވެގެންދާނެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މި ފަދައިން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުގައެވެ. އުނގޫފާރަކީ އާބަން ސެންޓަރު ތަކުގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ ހަތް ރަށުގެ ތެރެއިން ރަށެކެވެ. މިކަން ފާހަގަކ...
ޔުމްނާ ޢަލީ
މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ކަނޑުދަތުރުގެ ޚިދުމަތް، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޚިދުމަތް ދެން އެންމެ އަވަހަށް ޤާއިމުވެގެންދާނެ އަތޮޅަކީ ރ.އަތޮޅު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މި ފަދައިން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރު ފަތ...
ޔުމްނާ ޢަލީ
ރ. އަނގޮޅިތީމުގެ ފެނާ ނަރުދަމާގެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ، އެމަނިކުފާނު ރ.އަތޮޅުގެ 11 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރ. އަނގޮޅިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެރަށުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ފާއިތުވި އަހަރު ގިނަ ކަންތައްތަކެއް ނުކުރެވުނީ އިޤްތިޞާދީ ދަތިތަކާ ހެދިކަން ފާހަގަކުރަށްވާފައެވެ. އަދި މިއަހަރު ބަޖެޓް ފާސްވެ، ގިނ...
ޔުމްނާ ޢަލީ
ހެލްތު ސެންޓަރތަކާއި ހޮސްޕިޓަލްތަކުގައި ހުންނަންޖެހޭ އެންމެ ކޮލިޓީ މެޝިނަރީޒްތައް ބަލްކްކޮށް ގެނެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިއްޚީ ޚިދުމަތްދޭ ސަރުކާރުގެ ތަންތަނުގައި ވެސް ބެހެއްޓުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ރ.އަތޮޅުގެ 11 ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު އަނގޮޅިތީމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރަށެއްގެ ތަރައްޤީއަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ހުންނާނެކަމަށެވެ....
ޔުމްނާ ޢަލީ
ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް އަލަށް އިންތިހާބުވެވަޑައިގެންނެވި، މުހައްމަދު ވަހީދު މަގާމުގެ ހުވާކުރައްވައިފިއެވެ. މަގާމާއި ހުވާކުރެއްވުމަށް ފަހު މި ނޫހާއި ވާހަކަފުޅު ދައްކަމުން ވަހީދު ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވާނީ މަގާމުގެ މައްސޫލިއްޔަތު ފުރިހަމައަށް އްދާކުރައްވަން ކަމަށެވެ. ހާއްސަކޮށް ސަރުކާރާއި ގުޅިގެން، ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން އަތޮޅާއި ރައްޔިތުންނަށް ކުރިއެރުން ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވަހީދު ވިދާޅުވިއެވެ. ވަހީދު އިތުރަށް ވިދާޅުވ...
އިބްރާހިމް ޚަލީލް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ބައްސާމް އަދީލް ޖަލީލް ހިޔާނަތްތެރިވެ, އަމިން އެވެނިއުގެ ފްލެޓްތަކެއް ގަތް މައްސަލާގައި އަމިން ކޮންސްޓްރަކްޝަނާއި އިތުރު ދެ މީހަކަށް ދައުލަތުން ދައުވާކޮށްފި އެވެ. އެފްއޭއެމްއަށް ފީފާއިން އިން ދިން ފައިސާތައް ބައްސާމާއި އެތަނުގެ އިސްވެރިންގެ އެކައުންޓްތަކަށް ޖަމާކޮށް, އެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން އަމިން އެވެނިއުގެ ފްލެޓްތައް ބައްސާމް ގަތް މައްސަލާގައި ދައުލަތުން ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ އަމި...
ހުސައިން ހަބީބް
ރ. ރަސްގެތީމު ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ. މި އިމާރާތަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޕީއެސްއައިޕީގެ ދަށުން އަޅާފައިވާ ތަނެކެވެ. ރައީސް މިހާރު ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރަސްގެ ތީމަށް ވަޑައިގެންފައިވާއިރު، އެރަށު ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުއްވައި ދެއްވުމާއެކު އެރަަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީއާ...
ޔުމްނާ ޢަލީ
1 މިނިޓު
ރ. ވާދޫއަކީ އަމިއްލައަށް އިސްނަންގަވައިގެން، ބިނާކުރަނިވި ވިސްނުމެއްގައި، ގިނަ ކަންތައްތަކެއް ކުރާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސިފަކުރަށްވައިފިއެވެ. އެމަނިކުފާނު މިއަދު ވަނީ ރ.އަތޮޅަށް ދަތުރެއް ފައްޓަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ވަޑައިގަތީ ރ. ވާދޫއަށެވެ. ރައީސް މިއަދު ވާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމު އެރަށް ސިފަކުރައްވާފައި ވަނީ، އަމިއްލައަށް އިސްނަންގަވައިގެން، ބިނާކު...
ޔުމްނާ ޢަލީ
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ ޕެންޓްހައުސް އަތުލަން ހުޅުމާލޭ ކޯޓުން ނެރުނު އަމުރުގެ މައްސަލަ ނުބަލަން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމައިފި އެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން، ބައްސާމުގެ ދެ ޕެންޓްހައުސް ހަ ދުވަހުގެ ތެރޭގައި ހުސްކުރަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުލުހުން އޭނާ އަށް އެންގި އެވެ. އެ އެންގުމާ އެއްގޮތަށް ބައްސާމް އެތަން ހުސްކުރި ނަމަވެސް, ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރު […]
ހުސައިން ހަބީބް
ބޭރު މީހަކު ރާއްޖޭގަައި ރޫހާނީ ފަރުވާ އިޝްތިހާރުކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މިފަދަ މައްސަލައެއް ބަލަން ފެށިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ، “މާސްޓަރ ދުރްގާ ރާއޯ ގުރުޖީ” ނަމަކަށް ކިޔާ މީހަކު ދިވެހިރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ އިދާރާތަ...
ޔުމްނާ ޢަލީ
55 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް އިއްޔެ ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮޑުތިލަދުންމަތީގެ 16 ރަށެއް ހިމެނިއްޖެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލް އާއެވެ. މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ ރަށްތަކުގެ ލިސްޓް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، އެކްސްގައި ކުރެއްވި...
ޔުމްނާ ޢަލީ
ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ(ރ.އަތޮޅު)ގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރ.އަތޮޅުގެ އެގާރަ ރަށަކަށް ރައީސް ވަޑައިގަންނަވާނެކަމަށް ވެސް ހީނާ ވިދާޅުވެފައެވެ. މިދަތުރުފުޅާއި ގުޅިގެން ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނެ 11 ރަށަކީ، އަނގޮޅިތީމު،...
ޔުމްނާ ޢަލީ
އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި މިރޭ ހުވާކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. ޓްރަމްޕް އެމެރިކާގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް، ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވެފައެވެ. މި މެސެޖުގައި ރައީސް ވަނީ މި އަހަރަކީ އެމެރިކާއާއި ދިވ...
ޔުމްނާ ޢަލީ
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 18 ދުވަހުން 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޖެނުއަރީ 1 އިން 18 އަށް 9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ވައިގެ މަގުން އެތެރެކުރި 9 ޝިޕްމަންޓާއި، ކަނޑުގެ މަގުން އެތެރެކުރި 3 ޝިޕްމަންޓެވެ. ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި މީގެ ތެރެއިން ވައިގެ މަގުން […]
ޔުމްނާ ޢަލީ