އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި މިރޭ ހުވާކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެމެރިކާގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް، ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވެފައެވެ.

Ad
rt

މި މެސެޖުގައި ރައީސް ވަނީ މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުކަން ފާހަގަ ކުރަށްވާފައެވެ. އަދި މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަށްވާފަވެއެވެ.

ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާކުރައްވައިފި

ރައީސްގެ މެސެޖުގައި ވަނީ ރައީސް ޓްރަމްޕަށް އެ މަނިކުފާނުގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްޢޫލިއްޔަތުތައް އަދާކުރުމެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ޑޮނަލްޑް ޓްރަމްޕަކީ އެމެރިކާގެ 45 ވަނަ އަދި 47 ވަނަ ރައީސްއެވެ. 2020 ވަނަ އަހަރު ޖޯ ބައިޑެންއާ ވާދަކޮށް ބަލިވިއިރު، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަލުން ވާދަކުރައްވައި، އެ އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ.