ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 18 ދުވަހުން 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން ބުނީ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޖެނުއަރީ 1 އިން 18 އަށް 9 މިލިއަން ރުފިޔާގެ މުދާ ކްލިއަރކޮށްފައިވާ ކަމަށެވެ.
މީގެ ތެރޭގައި ހިމެނެނީ ވައިގެ މަގުން އެތެރެކުރި 9 ޝިޕްމަންޓާއި، ކަނޑުގެ މަގުން އެތެރެކުރި 3 ޝިޕްމަންޓެވެ.
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި
މީގެ ތެރެއިން ވައިގެ މަގުން އެތެރެކުރި 9 ޝިޕްމަންޓްގެ ސީއައިއެފް ވެލިއުއަކީ 882،381 ރުފިޔާއެވެ. އަދި ކަނޑުގެ މަގުން އެތެރެކުރި 3 ޝިޕްމަންޓްގެ ސީއައިއެފް ވެލިއުއަކީ، 1،040،875 ރުފިޔާއެވެ.
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައި ވަނީ 30 ޑިސެމްބަރު 2025 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!