ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރުކަމުގައި ހުންނެވި މުހައްމަދު ނިހާދު މާލީ ވުޒާރާގެ ސްޓޭޓް ވަޒީރު ކަމަށް އައްޔަން ކޮށްފި އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާއި ގުޅިގެން 24 ޑިސެމްބަރު 2024 ގައި ނިހާދު ސަސްޕެންޑްކުރިއެވެ.

Ad
rt

މާލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ނިހާދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ވުޒާރާގެ ސްޓޭޓް ވަޒީރަކަށް ޢައްޔަނުކޮށްފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ނިހާދު ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރުކަމަށް ޢައްޔަނުކުރަށްވާފައި ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީ ކޮޅުއެވެ.

ނިހާދު ސަސްޕެންޑްކުރީ ޓެރަރިސްޓް ހަމަލާއެއް ދޭން އެމްޑީޕީން ރާވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ނިހާދުގެ އެ ވާހަކައާއި ގުޅިގެން ޖެހިގެން އައިދުވަހު ޕީއެންސީން ނެރުނު ބަޔާނެއްގައި ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރުމަށް މުއައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާ ތަކާއި، ވަކިވަކި ފަރުދުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނިހާދަކީ ވެރިކަން ބަދަލުވި ފަހުން އެމްޑީޕީން ޕީއެންސީއަށް ސޮއިކުރެއްވި 13 މެންބަރުންގެ ތެރެއިން މެންބަރެކެވެ.