މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 273 ވަނަ ޞަފްޙާ

ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މިއަދު އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ހާމަކުރި ގޮތުގައި، ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. ކަސްޓަމްސްއިން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރޭގައި މެތަމްފެޓަމިން، ކެޓަމިން އަދި ހެރޮއިން ހިމެނެއެވެ. ކަސްޓަމްސްއިން ދިން މަޢުލޫމާތުގައިވާ ގޮތުން، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތަފްސީލަކީ: – މެތަމްފެޓަމިން: 2,138 ގްރާމ...

ޔުމްނާ ޢަލީ
އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް ބަލަނީ

އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް ބަލަނީ

އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް ސަމާލުކަމަށް އައިސްގެން ބަލަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ އިސްލާމިކް ނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ކަމަށެވެ. އެހެންވެ އެ މިނިސްޓްރީގެ ކަމާ ބެހޭ ޔުނިޓްގެ ފަރާތުން މައްސަލަ ބަލަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ”އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅ...

ޔުމްނާ ޢަލީ
31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

31 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހ. ބްލޫލޫން / މާލެ އަށް ނިސްބަތްވާ 31 އަހަރުގެ ޙައްވާ ޙަސަން އެވެ. ފުލުހުންގެ ޚިދުމަތުން ބުނެފައިވާ ގޮތުގައި ޙައްވާ ޙަސަން ގެއިން ދިޔަގޮތަށް ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ (8 މާރިޗު 2025) އެވެ. […]

ޔުމްނާ ޢަލީ
އައިޔޫއެމްގެ "މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446" ޕްރޮގްރާމް ފަށައިފި

އައިޔޫއެމްގެ "މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446" ޕްރޮގްރާމް ފަށައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާއިން އިންތިޒާމުކޮށްގެން ބާއްވާ “މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446” ޕްރޮގްރާމް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ބޭއްވުނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ތިން ދަރިވަރަކާއި، މިޞްރުގެ ޤާރީއެއްގެ ޤުރުއާން ކިޔެވުނ...

ޔުމްނާ ޢަލީ
ރައީސްގެ ދެކަނބަލުން ބޭރުގެ ޑިޕްލޮމެޓުންނަށް ރޯދަވީއްލުމެއް

ރައީސްގެ ދެކަނބަލުން ބޭރުގެ ޑިޕްލޮމެޓުންނަށް ރޯދަވީއްލުމެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އިސްވެރިންނަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ރޯދަވީއްލުން ބޭއްވިފައިވަނީ އިއްޔެ މުލީއާގޭގައެވެ. މި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިން ވަނީ ރައީސްގެ ދެކަނބަލުންނަށް އިޙްތިރާމް އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާ...

ޔުމްނާ ޢަލީ
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއަށް އދ.އަރިޔަދޫ ދީފި

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއަށް އދ.އަރިޔަދޫ ދީފި

އދ އަރިޔަދޫ އަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުގައި ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުގައި އަރިޔަދޫ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރައިގެ ރަށެއް ކަމަށް ކަނޑައަޅާފައިވަނީ 09 މާރޗް 2025 ވީ އާދިއްތަ ދުވަހު އެވެ. މި ނިންމުން މިންމި ޖަލްސާގައި، ދިވެހިރާއްޖޭގައި ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އެ ރަށުގައި ‘ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ” އެއް ގާއިމުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. މިގޮތުން ދިވެހިރާއްޖޭގައި...

އައިޝަތު އައިނީ އާމިރު
ޑްރަގާއި ޑްރަގް ވިއްކައިގެން ހޯދި ފައިސާއާއިއެކު ތިން މީހަކު ހައްޔަރުކޮށްފި

ޑްރަގާއި ޑްރަގް ވިއްކައިގެން ހޯދި ފައިސާއާއިއެކު ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދި ކަމަށް ބެލެވޭ ފައިސާއާއިއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި ތިން މީހަކު ހައްޔަރުކޮށްފައި ވަނީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައެވެ. މި ހިނގާ މާރިޗު މަހުގެ 9 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހުންނަކީ ވެސް ދިވެހީންނެވެ. އެ މީހުންނަކީ، ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ) އާއި މއ. ވިންޑްސްޓަ...

ޔުމްނާ ޢަލީ
މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި

މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފިއެވެ. ނަރީޝްވަނީ އިސްތިއުފާދެއްވުމަށްފަހު، އިސްތިއުފާގެ ސިޓީ މީސް މީޑިއާގައި ހިއްސާ ކުރަށްވާފައެވެ. އެ ސިޓީގައި އޭނާ ވަނީ މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. އިސްތިއުފާގެ ސިޓީ ހިއްސާކުރަށްވަމުން ނަރީޝް ވިދާޅުވެފައި ވަނީ، އޭނާ އިސްތިއުފާދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަ...

ޔުމްނާ ޢަލީ
ކުޑަކުދިންތަކެއް ތޫނި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި

ކުޑަކުދިންތަކެއް ތޫނި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި

ހުޅުމާލެ ފޭސް 2 ގައި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މާރާމާރީ ހިނގާފައި ވަނީ މިރޭ 10:00 ހާއިރުއެވެ. މި މާރާމާރީގައި އެތަނުން އެއް ކުއްޖަކަށް ޒަޚަމްވެފައިވާއިރު، މި މައްސަލައާ ގުޅިގެން 2 ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރު 4 ކުދިން ހިފަހައްޓާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ފުލުހުން ވަނީ […]

ޔުމްނާ ޢަލީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު އަލުން ވިސްނުމަށް އަނބުރާ މަޖިލީހަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ހިމަނާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު، އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. މި އިޞްލާހުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑިޔާރުންގެ އަދަދު 7 އި...

ޔުމްނާ ޢަލީ
ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުން ހޮވައިފި

ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުން ހޮވައިފި

ދިވެހި ސަރުކާރުގެ ހަރަދުގައި މިއަހަރު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ މީހުން ހޮވުމަށް ގުރުއަތުލައި 50 މީހުން ހޮވައިފިއެވެ. އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ގުރުއަތު ނަގާފައި ވަނީ ފަގީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައެވެ. ހައްޖަށް ގެންދާ 50 މީހުންގެ ތެރެއިން އެއްވެސް ސަބަބަކާއިހުރެ މީހަކަށް ބައިވެރިނުވެވޭނަމަ އެ ޖާގަ ދެން ދިނުމަށް ވެސް އިތުރު 10 ފަރާތެއް ވަނީ […]

އިބްރާހިމް ޚަލީލް
އަނަސް މަރާލުމުގެ ދައުވާލިބޭ މީހުން ބަންދެއް ނުކުރެވޭނެ: ހައިކޯޓް

އަނަސް މަރާލުމުގެ ދައުވާލިބޭ މީހުން ބަންދެއް ނުކުރެވޭނެ: ހައިކޯޓް

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދުކުރަން ހައި ކޯޓުން ދެކޮޅު ހަދައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. އެއީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން […]

ހުސައިން ހަބީބް
މަނަދޫ މީހަކު ގެއްލިގެން ހޯދަނީ

މަނަދޫ މީހަކު ގެއްލިގެން ހޯދަނީ

ނ.މަނަދޫ މީހަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ނ. މަނަދޫ، އަބްދުﷲ ޝިހާދު 37، އެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާއަކީ މާލޭގައި ދިރިއުޅޭ މީހެކެވެ. އެންމެ ފަހުން އޭނާގެ ހަބަރެއް އާއިލާއަށް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:50 ހާއިރުކަމަށްވެއެވެ. އެހެންވެ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ. އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ […]

އިބްރާހިމް ޚަލީލް
މޫސުން ގޯސްވާނެތީ ހއ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ހުދު ސަމާލު

މޫސުން ގޯސްވާނެތީ ހއ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ހުދު ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 6:30 އިން ފެށިގެން ހެނދުނު 11:30 އާއި […]

ޔުމްނާ ޢަލީ
ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި

ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންނާއި، ދިވެހި ސިފައިން ގުޅިގެން ރޭ ހިންގަން ފެށި އޮޕަރޭޝަންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ރޭ އެގާރަ ޖަހަން ކައިރިވެފައި ވަނިކޮށް ސަލާމަތީ ބާރުތައް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފެށިކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ. މި އޮޕަރޭޝަން ފެށިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓް ކުޑައިރުކޮޅެއްތެރޭ ފުލުހުން ވަނީ ނަގާފައެވެ. އަދި ފަހުން މައުލޫމާތު ހާމަކުރާނެކަމަށް ބުނެ މީޑިއާތަކަށް މެސެޖެއް ފޮނުވިއެވެ. އެއަށްފަހު މެންދަމު 2:15 ހާއިރު އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ...

ޔުމްނާ ޢަލީ