އދ އަރިޔަދޫ އަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުގައި ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގައި އަރިޔަދޫ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރައިގެ ރަށެއް ކަމަށް ކަނޑައަޅާފައިވަނީ 09 މާރޗް 2025 ވީ އާދިއްތަ ދުވަހު އެވެ.

Ad
rt

މި ނިންމުން މިންމި ޖަލްސާގައި، ދިވެހިރާއްޖޭގައި ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އެ ރަށުގައި 'ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

މިގޮތުން ދިވެހިރާއްޖޭގައި ހެދެމުންްދާ އަދި ހައްދަންބޭނުންވާ މަތިވަރާއި ފެންވަރު ރަނގަޅު (ގެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަށް މި ސެންޓަރުގައި ގާއިމުކޮށް ރުކުގެ ސެޓފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް މި ސެންޓަރު މެދުވެރިކޮށް ކުރަމުންދާނެއެވެ.

މީގެ އިތުރުން ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމްކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތުމުޑުވައްތައްވެސް އެރަށުގައި އުފެއްދުމަށް ވަނީ ނިންމާފައެވެ.

އަރިޔަދޫގައި ރުކަށް ޖެހޭ ބަލިތައް ކޮންޓޮރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމަށް، ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމަށް މަސައްކަތްކަތެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފައެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ސެންޓަރ ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކަމަށް ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައި، ރަށް މެނޭޖް ކުރުމަށް ހަރަދު ހޯދާނެކަމަށެވެ.

ރާއްޖޭގައި މިވަގުތު ހުރި ރުއްތަކަކީ އުމުރުން ދުވަސްވެފައިވާ ރުއްތަކެއްކަމުން، މި މަޝްރޫ ވެގެންދާނީ ރުކުގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތަކަށް ހައްލަކަށެވެ.