މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad
rt

މެޓް އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 6:30 އިން ފެށިގެން ހެނދުނު 11:30 އާއި ހަމައަށެވެ.

މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެއެވެ. އަދި ވިލާގަނޑުގައު ގަޑިއަކު 40 މޭލަށް ވައި ގަދަވާނެއެވެ.

ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ، ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅަށް ރީނދޫ ސަމާލު!

މެޓް އޮފީހުން އިއްޔެ ވަނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭނެކަމަށް ލަފާކުރެވޭތީ 11 އަދި 12 މާރިޗް ގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީވާކަމަށް ބުނެފައެވެ.

އެހެންވެ އާންމުކޮށް ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލު ވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.