ދެމެހެއްޓެނިވި މުސްތަޤްބަލަކަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ މިއަދު ފާހަގަކުރެވުނު ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި މިއަހިއަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިޢާރު ކަމުގައިވާ “ގްލޭސިއާ ޕްރިވެންޝަން” އަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ފެނުގެ ވަސީލަތްތަކުގެ މަދުކަމާއި، އަދި އިންސާނުންގެ ނާޒުކުކަމާ ދެމެދު އޮތް ގުޅުން ހަނދާ...
ޔުމްނާ ޢަލީ
ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މިރޭ ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފެށިގެން ރޭ ފުލުހުން ހާމަކޮށްފައިވާއިރު، ޝައްމާނު ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ ތަހުގީގަށް މިރޭ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައެވެ. ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެ...
ޔުމްނާ ޢަލީ
ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން މީހަކު އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އަމުރަށް ފައިސާތަކަކާއެކު ދޫކޮށްލުމުން، އެފައިސާ ހިފައިގެން ޝަމްޢާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަހްގީގަށް އިނގިފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީން އަތުން ނާޖާއިޒް މ...
ޔުމްނާ ޢަލީ
އުތުރުގެ އެއާޕޯޓްތައް ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުގައި ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓުތަކާއި، ހިންގަން ނިންމަވާފައިވާ މަޝްރޫޢުތަކަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރު ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިިފިއެވެ. މިގޮތުން ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ޤަރާރު، ރައީސް މުޢިއްޒު މިއަދު ވަނީ އިޞްލާޙުކުރައްވައި، ގެޒެޓްގައިި ޝާޢިއު ކުރަށް...
ޔުމްނާ ޢަލީ
ޔުކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް ޕުޓިންވީ ވަޢުދު ޙަޤީޤަތަކަށް ވާންޖެހޭނެ ކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލަފް ޝޯލްޒް ބުރާސްފަތި ދުވަހު ރަޝިއާއަށް ގޮވާލެއްވީ، ޔުކްރެއިންގައި އެއްބަސްވެފައިވާ ބައެއް ސަރަޙައްދުތަކުގެ ހަނގުރާމަ ހުއްޓާލުމުގެ ވަޢުދު ފުއްދުމަށެވެ. ޔޫރަޕިއަން ލީޑަރުންގެ ސަމިޓެއް ފެށުމުގެ ކުރިން ބްރަސެލްސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން، ޝޯލްޒް ވަނީ ރަޝިއާއިން ޔުކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި އެއްބ...
އަޙްމަދު ދާއޫދު
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަފުއްޓަށް ޒިޔާރަތްކުރައްވައި، ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް އިއްޔެ ބައްލަވާލައްވައިފިއެވެ. މި ޒިޔާރަތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އޭޝިއަން ޑިވެ...
ޔުމްނާ ޢަލީ
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ކުރީ ޕޮލިސް ކޮމިޝަނަރ އަޙްމަދު ފަޞީޙް މިރޭ ޢައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ފަސީހް މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރގެ ފެންވަރުގައެވެ. ފަސީހަކީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފް.ބީ.އައި ނޭޝަނަލް އެކަޑަމީއިން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ. ފަސީހަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ޕޮލިސް ކޮމިޝަނަރ އަކަށް ޢައްޔަ...
ޔުމްނާ ޢަލީ
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށްފި އެވެ. މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވިނަމަވެސް މައުލޫމާތު ލިބޭގޮތުގައި ޝައްމާނު ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ. ސަރުކާރުން ރަސްމީބަހެއް ނުބުނިމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުން އޭނާގެ ނަން ވަނީ އުނިކޮށްފައެވެ. ރައީސް ޑރ. މިހައްމަދު މުޢިއްޒު، އިމިގްރޭޝަންގެ ވެރިޔަކަށް ޝައްމާން ޢައްޔަނުކުރެއްވީ 19 ނޮވެމްބަރ 2023 ގައެވެ. އިމިގްރޭޝަން އޮފިސަރުންތަކެއްގެ ކޮރަޕްޝަން މައްސަލައެއްގެ...
ޔުމްނާ ޢަލީ
މޯލްޑިވްސް މިގްރޭޝަން އޮފިސަރުންތަކެއް ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގު ފަށަައިފިއެވެ. ފުލުހުން މިރޭ ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. މި މައްސަލާގައި 20 މާރިޗް 2025 ވަނަ ދުވަހުގެ ރޭ ގެއެއް ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މި ބަލާފާސްކުރުމުގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލ...
ޔުމްނާ ޢަލީ
ރަމަޟާން މަހުގެ ފަހު 10 ދުވަހު މަސައްކަތަށް ނުކުންނަ ސަރުކާރު މުވައްޒަފުންނަށް އިތުރު އިނާޔަތްތަކެއް ދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމާ ގުޅިގެން، ދައުލަތުގެ ޕޭ ފްރޭމްވޯކަށް ޕޭ ކޮމިޝަނުން މިއަދު އިޞްލާޙު ގެނެސް ވަނީ ގެޒެޓްކޮށްފައެވެ. މި އިޞްލާޙުގެ ދަށުން، ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން މަހުގެ ނިޔަލަށް، ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭނެއެވެ....
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަހަރުގެ ފިޠުރު ޢީދު ދުވަހު އީދު ސަލާން ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، މި އަހަރުގެ އީދު ސަލާން ކުރެއްވުން އޮންނާނީ ޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. ރައީސް ދެކަނބަލުން ވަނީ އެންމެހައި ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުނ...
ޔުމްނާ ޢަލީ
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފިއެވެ. އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި މި ހުއްދަ ދީފައިވަނީ ބޯޑް އޮފް އިންވެސްޓްމަންޓުން ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. އިޤްތިޞާދީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މަޝްރޫއު ކުރިއަށް ގެންދާނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި ކަމަށެވެ. “ޕްރޮޖެކްޓް އައިލާ” ގެ ނަމުގައި ކުރިއަށްގެންދާ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ. ހިތަދޫ/ބާޒީގެ، ޙުސައިން ޝަހީދު ޢައްޔަންކުރައްވައިފިއެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. އެއަށްފަހު މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުޢިއްޒު ވަނީ ޝަހީދާ ހަވާލުކުރައްވާފައެވެ. ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު އަދި ކްރިމިނަލް ކޯޓުގެ ފަ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދުފުޅާ އެއްގޮތަށް، 3 ނޮވެމްބަރު 1988 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ޢުދުވާނީ ޙަމަލާގައި ދިވެހިރާއްޖެ ދިފާޢު ކުރުމުގައި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން ދައްކުވައިދެއްވާފައިވާ ފަރާތްތަކަށް ޚާއްޞަ އިނާޔަތް މިއަދުން ފެށިގެން ލިބޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތުން 1988 ނޮވެމްބަރ 03 ވަނަދުވަހުގެ ޢުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާކުރަން ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. ވޭޕް މަނާކުރަން ސަރުކާރުން ނިންމި ނިންމުމާއި ރައީސް މުއިއްޒުގެ ދަރިކަލަކާ ގުޅުވައިގެން އެމްޑީޕީގެ މުޒާހަރާގައި މަންދީ ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ އާއި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ދައުވާ ކުރާނެ ކަ...
ހުސައިން ހަބީބް