ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ކުރީ ޕޮލިސް ކޮމިޝަނަރ އަޙްމަދު ފަޞީޙް މިރޭ ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ފަސީހް މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރގެ ފެންވަރުގައެވެ.
ފަސީހަކީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފް.ބީ.އައި ނޭޝަނަލް އެކަޑަމީއިން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ.
ފަސީހަކީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ޕޮލިސް ކޮމިޝަނަރ އަކަށް ޢައްޔަނުކުރެއްވި ބޭފުޅެކެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ނިމުނުއިރު ކޮމިޝަނަރ އޮފް ޕޮލިސް ގެ މަގާމުގައިވެސް ހުންނެވި ފަސީހް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާ ކުރައްވާފަ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަސީހް ވަނީ 2022 ވަނަ އަހަރުން ފެށިގެން މި ދައުރުގެ ކުރީކޮޅާއި ހަމައަށް ޕޮލިސް ބޯޑުގައި ވެސް ޚިދުމަތް ކުރަށްވާފައެވެ.
ފަސީހް މި މަގާމަށް ޢައްޔަނުކުރަށްވާފައި ވަނީ ކުރިން މި މަގާމްގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.
ޝައްމާން ވަކިކުރެއްވިއިރު، ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅޭ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލައެއް ތަހްގީގްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!