ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށްފި އެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވިނަމަވެސް މައުލޫމާތު ލިބޭގޮތުގައި ޝައްމާނު ވަނީ އިއްޔެ މަގާމުން ވަކިކޮށްފައެވެ.

Ad
rt

ސަރުކާރުން ރަސްމީބަހެއް ނުބުނިމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުން އޭނާގެ ނަން ވަނީ އުނިކޮށްފައެވެ.

ރައީސް ޑރ. މިހައްމަދު މުޢިއްޒު، އިމިގްރޭޝަންގެ ވެރިޔަކަށް ޝައްމާން ޢައްޔަނުކުރެއްވީ 19 ނޮވެމްބަރ 2023 ގައެވެ.

އިމިގްރޭޝަން އޮފިސަރުންތަކެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގު ފަށަައިފި

އިމިގްރޭޝަން އޮފިސަރުންތަކެއްގެ ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގު ފަށަައިފި

ޝަމްޢާން މަގާމުން ވަކިކޮށްފައިވާއިރު، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ވަނީ މިރޭ ބުނެފައެވެ.

ފުލުހުން ވަނީ މި މައްސަލާގައި 3 މީހަކު ހައްޔަރު ވެސް ކޮށްފައެވެ.