ހައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް ސަޢުދީން ހޫނު މަރުހަބާއެއް
މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ވަޑައިގެންނެވި ޙައްޖުވެރިންނަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. މިއީ ދިވެހި ޙައްޖުވެރިންނަށް މިފަދަ ޚާއްޞަ މަރުޙަބާއެއް ދެންނެވުނު ފުރަތަމަ ފަހަރެވެ. ޖިއްދާ އެއާޕޯޓުގައި ބޭއްވުނު ޚާއްޞަ މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގެ އިސްވެރިންނާއި، ދިވެހި ޙައްޖު މިޝަންގެ މެންބަރުން، ސަޢުދީގައި ހުންނަ ދިވެހި އެމްބަސީގެ ބޭފުޅުން އަދި ޙައްޖު ކޯޕަރޭޝަންގެ އޮފ...