ލޯންޗަކާއި ޓަގް ބޯޓެއް ޖެހި އެކްސިޑެންޓްވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާވެއްޖެއެވެ.
މެރިން ޕޮލިހުން މައުލޫމާތުދިން ގޮތުގައި މާލެއިން އ.ދ އަތޮޅަށް ދަތުރުކުރި ލޯންޗަކާއި މާލޭ އެމްޕީއެލް ޖެޓީއަށް ވަންނަން ދިޔަ ޓަގް ބޯޓެއް ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ.
މެރިން ޕޮލިހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު 15:30 ހާއިރުއެވެ.
މި އެކްސިޑެންޓްގައި ލޯންޗްގެ ކެޕްޓަނަށް އަނިޔާވެފައިވާއިރު، އަނިޔާވި ލޯންޗުގެ ކެޕްޓަން ވަނީ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.
މި އެކްސިޑެންޓްގައި އިތުރު އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަން މެރިން ޕޮލިސްއިން ބުނެފަވެއެވެ.
މި އެކްސިޑެންޓްގައި ލޯންޗަށް ލިބިފައިވާ ގެއްލުން ފެންނަ ދެ ފޮޓޯއެއް މެރިން ޕޮލިހުން ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ. މި ފޮޓޯތަކުން ފެންނަ ގޮތުގައި ލޯންޗް ޓަގު ބޯޓުގައި ޖެހުނުތަން ދިމާލުން ބަޔެއް ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ލޯންޗްގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައި ހުރި މަންޒަރު ވެސް ފެނެއެވެ.
މި މައްސަލައިގެ ތަޙުޤީޤު މެރިން ޕޮލިސްއިން ކުރިއަށް ގެންދާކަމަށް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!