މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 202 ވަނަ ޞަފްޙާ

މާޅޮހުގައި އަޅާ އައު މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

މާޅޮހުގައި އަޅާ އައު މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

ބ. މާޅޮހުގައި މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ސްމީކޮށް ފަށައިފައެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 13 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހެނދުނު މާޅޮހަށް ވަޑައިގެންފައިވާއިރު، މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މި ދަތުރުފުޅުގެ ތެރެއިން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި މިސްކިތުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ […]

ޔުމްނާ ޢަލީ
ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލަން: އާތިފް

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލަން: އާތިފް

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި އޮތީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެއެވެ. ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވެފައި ވަނިކޮށް، މޭޔަރ އާޠިފް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދިވެހިންނަކީ ތަންދޮރު ނުދަންނަ ބައެއް ނޫން ކަމަށެވެ. “ބަޔަކަށް އޮޅުވާލެވެން ނެތްހާ ސާފުކޮށް މުޅި ނިޒާމު ބަލިކަށ...

ޔުމްނާ ޢަލީ
މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ބ.އަތޮޅު ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް

މާޅޮހުގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ބ.އަތޮޅު ހުރިހާ ރަށަކަށް އޭޓީއެމްގެ ޚިދުމަތް

ބ. މާޅޮހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މާޅޮހުން އޭޓީއެމްގެ ޚިދުމަތް ލިބެން ފެށުމާއެކު ބ.އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވިގެން ދިޔައީކަމަށް ސަރުކާރުން ބުންޏެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 13 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހެނދުނު މާޅޮހަށް ވަޑައިގެންފައިވާއިރު، މާޅޮހުގައި ބީއެމްއެލުން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވީ އެމަނިކުފާނ...

ޔުމްނާ ޢަލީ
ސައިކަލު ދުއްވަން ދަސްކޮށްދޭން އުޅުނީ ރާބޮއެގެން ހުރެ, 40 އެތިފަހަރުން ހައްދު ޖަހައި, ޖޫރިމަނާއެއް

ސައިކަލު ދުއްވަން ދަސްކޮށްދޭން އުޅުނީ ރާބޮއެގެން ހުރެ, 40 އެތިފަހަރުން ހައްދު ޖަހައި, ޖޫރިމަނާއެއް

ރާ ބޮއެގެން ހުރެ, މީހުންނަށް ސައިކަލުން ދުއްވަން ދަސްކޮށްދޭން އުޅުނު މީހެއްގެ ގައިގައި 40 އެތިފަހަރުން ހައްދު ޖަހައި, 7,200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ މާޗް މަހު ހުޅުމާލެއިން ދިވެހި ފިރިހެނަކު ހުއްޓުވީ އެލް ބޯޑު ނުޖަހައި ސައިކަލު ދުއްވަން ދަސްކޮށްދޭން ހުއްޓަ އެވެ. އަދި އޭނާ ހުއްޓުވިއިރު ބަނގުރާ ބޮއެގެން ހުރި ކަމަށް ޝައްކުވެގެން ފާސް ކުރިއިރު ޖީބުން ބަނގުރާ ހުރި ފުޅިއެއް ފެނުނެވެ. އަދި ހައްޔަރު ކުރުމުން ބަނގުރާ […]

ހުސައިން ހަބީބް
މާލެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފި

މާލެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފި

މާލެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފިއެވެ. މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. ހުޅުމާލޭގެ ވެސް މަދު ސަރަހައްދަކަށް ފިޔަވައި ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ޔުމްނާ ޢަލީ
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ. މާލޭގެ 34 އިންސައްތަ ކަސްޓަމަރުންނަށް ކަރަންޓްގެ ޚިދުމަތް ލިބެމުން އަންނަކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޔުމްނާ ޢަލީ
ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ދަރަވަންދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. ދަރަވަންދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި ރޭ ވަނީ ދަރަވަންދޫ އަށް ވަޑައިގެންފައެވެ. ދަރަވަންދޫ އަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވާފައިވާއިރު، އެރަށުގައި ހުންނަ ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، 8 ކުލާސްރޫމާއި، އޮފީހެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ރޭ ސޮއިކުރަށްވާފައެފެ […]

ޔުމްނާ ޢަލީ
ދަރަވަންދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ: ރައީސް

ދަރަވަންދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ: ރައީސް

ބ. ދަރަވަންދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ 12 ވަނަ މަންޒިލުގެ ގޮތުގައި ދަރަވަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ދަރަވަންދޫގައި ޤާއިމުކުރެވިފައިވާ އެއަރޕޯޓަކީ އެންމެ ކާމިޔާބު ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެއް އެއަރޕޯޓްކަމަށެވެ. ނަމަވެސް، އެއަރޕޯޓްގެ ތަރައްޤީ...

ޔުމްނާ ޢަލީ
ބ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަޞީލަތް ތަރައްޤީކުރަން ހަވާލުކޮށްފި

ބ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަޞީލަތް ތަރައްޤީކުރަން ހަވާލުކޮށްފި

ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އުމްރާނީ ވަޞީލަތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ. ދަރަވަންދޫގައި ހުންނަ ބ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަ...

ޔުމްނާ ޢަލީ
ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް މަސައްކަތްކުރޭ: ރައީސް

ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް މަސައްކަތްކުރޭ: ރައީސް

ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހޯމަ ދުވަހު އެމަނިކުފާނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި ރޭ ދަރަވަންދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ ވިސްނުމަށް ޖާގަދެވި، އޭގެ ސަބަބުން ހުރަސްތ...

ޔުމްނާ ޢަލީ
ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް، ޑައިލިސިސްގެ ޚިދުމަތް މިއަހަރު ފަށާނެ

ދަރަވަންދޫގައި 30 އެނދުގެ ހޮސްޕިޓަލެއް، ޑައިލިސިސްގެ ޚިދުމަތް މިއަހަރު ފަށާނެ

ބ. ދަރަވަންދޫގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ހޯމަ ދުވަހު ރައީސް މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 12 ވަނަ މަންޒިލުގެ ގޮތުގައި މިރޭ ވަނީ ދަރަވަންދޫ އަށް ވަޑައިގެންފައެވެ. ރައީސް ދަރަވަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި،...

ޔުމްނާ ޢަލީ
މުވައްޒަފުން ހޯދައި ދޮންފަނުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ރައީސް އަންގަވައިފި

މުވައްޒަފުން ހޯދައި ދޮންފަނުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ރައީސް އަންގަވައިފި

ދޮންފަނުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ނަމަވެސް މުވައްޒަފުން ހޯދައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތުގެ ކޮންޓެކްޓަރަށް އަންގަވާފައިވާކަމަށް މިއަދު ވިދާޅުވެއްޖެއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް މުޢިއްޒު ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 11 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހަވީރު ދޮންފަނަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގޮތުގައި...

ޔުމްނާ ޢަލީ
ދޮންފަނުގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ދޮންފަނުގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. ދޮންފަނުގައި ޤާއިމުކުރި އޭޓީއެމްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް މުޢިއްޒު ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ 11 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ވަޑައިގެންނެވި ދޮންފަނުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވައި، ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ....

ޔުމްނާ ޢަލީ
ދޮންފަނުގައި ދެ މަޝްރޫޢުއެއް ހިންގަން ހަވާލުކޮށްފި

ދޮންފަނުގައި ދެ މަޝްރޫޢުއެއް ހިންގަން ހަވާލުކޮށްފި

ބ. ދޮންފަނުގެ ޢުމްރާނީ ތަރައްޤީގެ މުހިންމު ދެ މަޝްރޫޢުއްް ހިންގުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް މުޢިއްޒު ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 11 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ހަވީރު ދޮންފަނަށް ވަނީ ވަޑައިގެންފައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރައީސް މުޢިއްޒުގެ މި ޒިޔާރަތުގެ ތެރެއިން ދޮންފަނު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި މަޝްރޫޢުތަކަކީ ދޮންފަނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމ...

ޔުމްނާ ޢަލީ
''ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން މަޝްރޫޢު ނިމުމުން ރަށުގެ ތަޢުލީމީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެ''

''ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން މަޝްރޫޢު ނިމުމުން ރަށުގެ ތަޢުލީމީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެ''

ބ. ކިހާދޫގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ އަދި ގެންދަވަން ނިންމަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށުގެ ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް މުޢިއްޒު ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 10 ވަނަ މަންޒިލުގެ ގޮތުގައި މިއަދު ކިހާދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، މިއަދު ސޮއިކުރެވުނު ކިހާދޫ ސްކޫލްގެ އެކްސްޓެންޝަން އިމާރާތުގެ މަޝްރޫޢުގައި...

ޔުމްނާ ޢަލީ